ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 1

ޤަވާޢިދު: النَّسْخُ جَائِزٌ عَقْلًا، وَوَاقِعٌ سَمْعًا މި ޤަވާޢިދުގެ ތަރުޖަމާ: {ނަސްޚުވުމީ ބުއްދީގެ ގޮތުން ބަލާއިރު ވުން އެކަށީގެންވާ ކަމެއް، އަދި ސަމްޢީ ގޮތުން ބަލާއިރު ހިނގާ ކަމެއް} މި ޤަވާޢިދުގެ މުރާދު: ނަސްޚުވުމަކީ، ޝަރުޢީ ޙުކުމަކަށް ޝަރުޢީ ގޮތަކުން ނިމުން އަތުވުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޝަރުޢީ ޙުކުމްތައް ނަސްޚުވުމީ، ބުއްދީގެ ނަޒަރުން ބަލާއިރު ވުން އެކަށީގެންވާ ކަމެއް ކަމުގައެވެ. އެ ކަން ހިނގުން ބުއްދީގެ ގޮތުން ބަލާއިރު މަނައެއް ނޫނެވެ. […]
އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 12

ޤަވާޢިދު: الـمُجْتَهِدُ إِذَا رَجَعَ عَن قَوْلٍ لَا يَجُوزُ الأَخَذُ بِهِ މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާ އެ ބޭފުޅާގެ ބަސްފުޅަކުން ރުޖޫޢަވެއްޖެނަމަ އޭގައި ހިފުން ހުއްދަވެގެން ނުވޭ} މި ޤަވާޢިދުގެ މުރާދު: ދިމާވި މައްސަލައަކާ ގުޅޭގޮތުން މުޖުތަހިދު ޢިލްމުވެރިޔަކު އިޖުތިހާދުކުރައްވައި ޙުކުމަކާ ހަމައަށް ވާޞިލުވެވަޑައިގެންފައި، ދެން މާފަހުން އެ ބޭފުޅާގެ ކުރީގެ އިޖުތިހާދު ބަދަލުކުރައްވައި ކުރިން ވާޞިލުވެވަޑައިގެންނެވި ޙުކުމް ދޫކުރައްވައި އެހެން ޙުކުމެއްގައި ހިއްޕަވައިފިނަމަ، ކުރިން އެ ބޭފުޅާއަށް ވާޞިލުވެވަޑައިގެންނެވުނު ޙުކުމް ވާހުށީ […]