سورة الزلزلة ގެ ތަފްސީރު 3
يَصْدُرُ النَّاسُ أَشْتَاتاً “އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ.” ތަފާތު ޖަމާޢަތްތަކަކަށެވެ. ކޮންމެ ބަޔަކުވެސް މިސްރާބުޖަހާނީ އެބަޔަކަށް ކަނޑައެޅިފައިވާތަނަކާ ދިމާއަށެވެ. ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ނަރަކައާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ލަވަމުން ގަދަކަމުން އެނަރަކައާ ދިމާއަށް ގެންދެވޭނެއެވެ. އަމިއްލަ އިޚްތިޔާރުގައި ދާން ބޭނުންނުވިކަމުގައި ވިޔަސްމެއެވެ. ގަދަކަމުން ގެންދެވޭނެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَـٰنِ وَفْدًا ﴿٨٥﴾ وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا […]