ހަތަރު ކަލިމައިގެ މާތްކަން (2)
ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އިރު އޭގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ (އެބަހީ؛ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ) އެކަލޭގެފާނުގެ އަރިހުގައި މި ހަތަރު ކަލިމައިގެ ލޮބުވެތިކަން ބޮޑުވެގެންވާކަމުގެ ޚަބަރު ދެއްވާފައެވެ.