އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 9
އަދި ﷲ ތަޢާލާ އެދިވޮޑިގަންނަވާ ކޮންމެކަމެއް އެކަލާނގެ ކުރައްވާނެ ކަމާމެދުވެސް އަހުރެން އީމާންވަމުއެވެ. ވަޙީކުރައްވަނީ ﴿فَعَّالٌ لِمَا يُرِيدُ ﴾ [البروج: ١٦ ] މާނައީ: “އެކަލާނގެއީ އެދިވޮޑިގަންނަވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.” ﷲ ތަޢާލާ ކުރައްވާ އިރާދަ ދެބަޔަކަށް ބެހިގެންވެއެވެ. އެއީ އިރާދާ ކައުނިއްޔާ އާއި އިރާދާ ޝަރުޢިއްޔާ އެވެ. އިރާދާ ކައުނިއްޔާގެ ދަށުން ހިނގާ ކޮންމެ ކަމަކީ އެކަލާނގެއަށް ލޯބިވެތިވެގެންވާކަމެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. އަދި މިދެންނެވި އިރާދާ މަޝީއަތުގެ މާނައިގައިވެސް ބޭނުންކުރެވެއެވެ. […]
އޯޑިއޯ: ޢަރަބި ގަޑި 4
ޢަރަބި ގަޑި 4