ދެމަފިރިންއެކު ނަމާދެއް ކުރުން

ކައިވެނިކޮށް ނިމުމަށްފަހު ދެމަފިރިން އެކުގައި ދެ ރަކުޢަތް ނަމާދެއްކުރުން މުސްތަޙައްބުވެގެންވެއެވެ. އެއީ އަޞްޙާބު ބޭކަލުންގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ކަމެކެވެ. އަބޫޙުރައިޒް ކިޔާމީހަކު ޢަބްދުﷲ ބުން މަސްޢޫދުގެ އަރިހުގައި ދެންނެވިއެވެ.