ފާފަ ފުއްސެވޭކަންތައްތައް – 4
ﷲ ޙަރާމް ކުރެއްވި ކަމެއް ކުރެވުމުން توبة ވުމަށްވުރެ ﷲ އަމުރު ކުރައްވާފައިވާ ކަމެއް ދޫކުރެވުމުން توبة ވުން މާބޮޑަށްވެސް މުހިއްމު ވެގެންވެއެވެ. ޝައިޚުލްއިސްލާމު އިބުނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މީސްތަކުންގެ ތެރެއިން ގިނަމީހުން توبة ވަނީ ހަމައެކަނި އެމީހުންނަށް ފާޙިޝް ޢަމަލެއް ކުރެވުމުން ނުވަތަ އެފަދަ ކަމަކަށް އަރައިގަނެވޭފަދަ ކަމެއް ކުރެވުމުން ނުވަތަ އަތުންނާއި ދުލުން އަނިޔާވެރި ކަމެއް ކުރެވިއްޖެ ކަމުގައިވާނަމައެވެ. އެހެން ނަމަވެސް އެމީހެއްގެ އީމާންކަމާއި ގުޅިފައިވާ ފާޅުވެގެންވާ ނުވަތަ ވަންހަނާވެގެންވާ، ފާޙިޝްކަންތައްތަކަށްވުރެ ބޮޑެތި، ﷲ […]