[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! (1)

ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. މީސްތަކުން އުޅެންވީ ގޮތް ތަފުޞީލުކޮށް އެފޮތުގައިވަނީ ބަޔާންކުރެވިފައެވެ. އެފޮތަށް ފުރިހަމައަށް އީމާންވެ، ދީނީ ޢިލްމު ޙާޞިލުކޮށް އެޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހަކު ދުވަހަކުވެސް އަބާއްޖަވެރިވެގެން ނުދާނެއެވެ.

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 20

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަނަސް ރަޟިޔަ ﷲ ޢަންހު ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިން އެއްޗެއް މައްޔިތާގެ ފަހަތުން އާދެއެވެ: އޭނާގެ ގާތްތިމާގެ މީހުންނާއި، އޭނާގެ މުދަލާއި، އޭނާގެ ޢަމަލުތަކެވެ. ފަހެ ދެ އެއްޗެއް އެނބުރި ދެއެވެ.

ޞަޙާބީންގެ ތެދުވެރި އީމާންކަމާއި ކިޔަމަންތެރިކަން (2)

ކުރީގެ ލިޔުމާއި ގުޅޭ… އޭބޭކަލުންނީ ﷲ ތަޢާލާ ބާވައިލައްވާ  ވަޙީބަސްފުޅުތަކަށް ކަނުލާ އަޑުއަހައި އެއާއި އެއްގޮތަށް ޢަމަލުކުރުމުގައި މުޅި އުއްމަތަށްހުރި ނަމޫނާއެކެވެ. އެބޭކަލުންގެ މަޖްލީސްތަކުގައި ﷲ ތަޢާލާގެ ވަޙީބަސްފުޅު ކިޔޭވޭހިނދު މުޅި މަޖިލީހުގައި ގިސްލުމާއި ރުއިމުގެއަޑު ގަދަވެގެންދެއެވެ. އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަރަށް ބަލާޣާތްތެރި ޚުތުބާއެއްދެއްވެެވިއެވެ. އިރުބާޟު ބިން ސާރިޔަތު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ( لو تعلمون ما أعلم لضحكتم قليلاً ولبكيتم كثيراً، وما تلذذتم بالنساء على الفرش، ولخرجتم إلى […]