ފަތުވާ: ނިޔަތް ދުލުންކިޔުމުގެ ޙުކުމަކީ ކޮބާ؟

ނިޔަތްގަނެވޭ ތަނަކީ ހިތެވެ. ދުލުންކިޔާކަށް ނުޖެހޭނެއެވެ. ތިބާ ވުޟޫކުރުމަށް ތެދުވުމަކީ ނިޔަތެކެވެ. ޢަމަލެއްކުރުމަށް މަޖުބޫރުކުރެވިފައިނުވާ، ބުއްދިހުރި އިންސާނަކަށް ނިޔަތް ނުގަނެ އެއްވެސް ކަމެއް ނުކުރެވޭނެއެވެ.