[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެއް

އިސްލާމްދީނުގައި އަންހެނުން އަދާކުރާ ދައުރަކީ ފިރިހެނުން އަދާކުރާ ދައުރަށްވުރެ ކުޑަދައުރެއްނޫނެވެ. އަނބިމީހާއަކީ ގޭގެ އޮޅިގަނޑެވެ. އެހެންކަމުން، މުޖްތަމަޢުގެ އޮޅިގަނޑަކީ އަންހެނުންނެވެ. ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމެއްގެ ބިންގަލަކީ ދީންވެރި، ހެޔޮލަފާ، ޞާލިޙް އަންބެކެވެ. ޢާއިލާއެއްގެ އުފާވެރިކަމާއި ހަމަޖެހުން ބިނާވެފައިއޮންނާނީ އަނބިމީހާގެ ސުލޫކާއި އަޚްލާޤުގެ މައްޗަށެވެ.

ދަރީން ތަރުބިއްޔަތުކޮށް، ރަނގަޅު އަޚްލާޤާއި ސުލޫކު އެކުދީންގެ ކިބައިގައި އަށަގަންނުވައި އެކުދީން މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ އިސްލާމްދީނުގައި މައިމީހާގެ އެންމެ މުހިއްމު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަންކުރެވޭނީ ފުރިހަމަ އިސްލާމީ ތަރުބިއްޔަތު އެކުދީންނަށް ދީގެންނެވެ. މިއީ ނުހަނު ބުރަ މަސްއޫލިއްޔަތެކެވެ. އެހެންކަމުން، ދަރީން އިސްލާމްދީނުގެ ބިންގަލުގެ މަތީގައި ތަރުބިއްޔަތު ކުރުމަށްޓަކައި އަނބިމިހާއަކީ އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ ގަހަނާއިން ޒީނަތްތެރިވެފައިވާ މީހަކަށްވުމީ ކޮންމެހެން ބޭނުންކަމެކެވެ. އޭނާގެ ކިބައިގައި ނެތް ޞިފައެއް ދަރީންގެ ކިބައިގައި އަށަގެންނެވުމަކީ ވަރަށް އުނދަގޫކަމެކެވެ. އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެކެވެ. ތިމާގެ ދަރީންނަށް އިސްލާމްދީނުގައި ކަންތައްތައް އޮންނަ ގޮތް އޮޅުންފިލުވައިދީ ދީން އުނގަންނައި ދެވޭނީ ތިމާއަށް ދީން ފަހުމް ވެގެންނެވެ. އެހެންކަމުން، ތިރީގައި މިބަޔާންކުރަނީ މުސްލިމް އަންހެނާގެ ދިރިއުޅުން ޒީނަތްތެރިކުރުމަށް ބޭނުންކުރެވިދާނެ ގަހަނާތަކެވެ. މިތަޞައްވުރަށް ޢަމަލުކުރުމުން އެކަމުގެ ފޮނި މޭވާ ލިބޭނެކަމާމެދު ޝައްކެއްނެތެވެ. އުފާވެރިކަމާއި ހިތްހަމަޖެހުންވަނީ އިސްލާމްދީނަށް ޢަމަލުކުރުމުގައެވެ.

އަންހެނުންނަކީ މުޖްތަމަޢުގެ ޒީނަތްތެރިކަމެވެ. އަނބިމީހާއަކީ އާޢިލާގެ ގަހަނާއެވެ. އަހަރެމެން ޒީނަތްތެރިވާން ގެންގުޅޭ ރަންފަށް، އަނގޮޓި، އުޅާ، ހާރުފަދަތަކެތި ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ އައުއެއްޗެއް ގަނެވިދާނެއެވެ. ގެއްލުން ފޫބެއްދިދާނެއެވެ. އެހެންނަމަވެސް، ޢިއްފަތްތެރި، ޤަދަރުވެރި، ތެދުވެރި، ތަޤްވާވެރި، ކިޔަމަންތެރި، ޞާލިޙް އަންބެއް ބީވެގެން ހިނގައްޖެނަމަ އެއީ ފޫބެއްދޭ ވަރަށްވުރެ ބޮޑު ގެއްލުމެކެވެ.

މުޖްތަމަޢުގެ މުތްތައް ފުރަތަމަ ބައި

(ނުނިމޭ)