[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٢ – ފުރަތަމަ ފަޞްލު (މުތަރުޖިމުގެ ބަސް، 1 ވަނަ ފިލާވަޅު)

މުތަރުޖިމުގެ ބަސް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

މިދަރުސް ތަކަކީ ސުޢޫދީ އަރަބިއްޔާގެ ތަޢުލީމާއި ތަރުބިއްޔަތު މިނިސްޓްރީގެ ފަރާތުން އެޤައުމުގެ ސްކޫލު ތަކުގައި “ތައުޙީދު” ކިޔަވައިދޭން ތައްޔާރުކުރައްވާފައިވާ ބައެއް ފޮތްތައް އަސްލެއްކަމަށް ބަލައި، ތައްޔާރު ކުރެވޭ ދަރުސްތަކެކެވެ. ތައުޙީދު (މާތް ﷲ އެއްކައުވަންތަކަން) އަކީ އިސްލާމްކަމުގެ ބިންގަލަށް ވާއިރު ކުޑަކުދިންނަށް މިބިންގާ ހެޔޮ ގޮތުގައި އަޅައިދިނުމަކީ މައިން ބަފައިންގެ ކޮނޑުގައި އެޅިފައިވާ ނުހަނު ބޮޑު މަސްއޫލިއްޔަތެކެވެ. ފަހެ މިދަރުސްތަކަކީ ދިވެހިރާއްޖޭގެ ލޮބުވެތި ކުޑަކުދިންނަށް ތައުޙީދު ދެނެގަތުމަށް ހުޅުވާލެވުނު މަގެއް ކަމުގައި ﷲ ތަޢާލާ ލައްވާށި! އާމީން.

މިފޮތާ ބެހޭ ގޮތުން ފާހަގަ ކޮށްލަން ޖެހޭ ބައެއް މުހިއްމު ނުކުތާތައް:

1 މިފޮތްތައް އެކުލަވާލަން ގަސްދުކުރެވިފައިވަނީ ގްރޭޑް 6 އާ ހަމައަށެވެ.

2 ކޮންމެ ގްރޭޑެއްގެ ފިލާވަޅުތައް ނިމުމުން، ސުވާލު ތަކުގެ ރަނގަޅު ޖަވާބު ހިމެނޭ ޞަފްޙާއެއް ޝާޢިއު ކުރެވިފައިވާނެއެވެ. އެއީ އުނގަންނަވައިދެއްވާ ބޭފުޅުންނަށް ފަސޭހައަކަށާޓަކައި އަޅުގަނޑު ތައްޔާރު ކޮށްފައިވާ ޞަފުޙާއެކެއެވެ.

3 ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ، އުނގަންނައިދެއްވާ ބޭފުޅުންނަށް ބޭނުންވާ “މުދައްރިސުންގެ ލުއިފޮތެއް” ތައްޔާރުކުރެވުމުން ޝާޢިއުކުރެވޭނެއެވެ.

ދުޢާއަކީ ﷲ ތަޢާލާ މިމަސައްކަތް ޤަބޫލުކުއްވާ އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވުމެވެ.

___________________________________________

ފުރަތަމަ ފިލާވަޅު

ކުރިން ކިޔަވާފައިވާ ބައިތަކުގެ ހަނދާން އާ ކޮށްލުމުގެގޮތުން މި ފިލާވަޅުގައި މި ވަނީ މާއްދަތުއް ތައުޙީދު 1 ގައި ކިޔަވާފައިވާ ފިލާވަޅުތަކުގެ މުރާޖަޢާއެވެ.

**************************************************

ފުރަތަމަ ފިލާވަޅު ޑައުންލޯޑް ކުރައްވާ: ލިންކް

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ