[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (ސަތާރަވަނަ ދަރުސް)

 

ސަތާރަވަނަ ދަރުސް (ޝިރުކާއި ފާފައިގެ ވައްތަރުތަކުން އިންޒާރުދިނުން)

 

ޝިރުކާއި ފާފައިގެ ވައްތަރުތަކަށް ރައްކާތެރިވެ އެއިން އެއްކިބާވުމަށް އިންޒާރުދޭންވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

 • المُوبِقَاتُ (ހަލާކުކުރަނިވި) 7 ފާފަވެއެވެ. އެއީ:
 1. ﷲ އަށް ޝިރުކުކުރުން،
 2. ސިޙުރުހެދުން،
 3. ﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލާ ޤަތުލު ކުރުން،
 4. ރިބާ ކެއުން،
 5. ޔަތީމުންގެ މުދާ ކެއުން،
 6. ހަނގުރާމައިގައި ދުޝްމަނުންނާއި ބައްދަލުވާ ވަގުތު ހަނގުރާމައިގެ މައިދާނުން ފިލުން،
 7. ޢިއްފަތްތެރިކަމަށް ރައްކާތެރިވެ ބަދުއަޚުލާޤީ ފާފަތަކުން ޣާފިލުވެފައިތިބި މުޢުމިން އަންހެނުންނަށް ޤަޛްފުކުރުން.

އަދިވެސް އޭގެ ތެރޭގައި ހިމެނޭ ކަންކަމުގައި:

 • މައިންބަފައިންނަށް ނުކިޔަމަންތެރިވެ ހެޔޮކޮށް ނުހިތުން،
 • ރަޙިމުގެ ގުޅުން ކެނޑުން،
 • ދޮގުހެކި ދިނުން،
 • ދޮގުހުވާ ކުރުން،
 • އަވަށްޓެރިންނަށް އުނދަގޫކުރުން،
 • މީސްތަކުންގެ ލޭއޮހޮރުވާ އެބައިމީހުންގެ މުދަލާއި ޢިއްޒަތަށް އަރައިގަނެ އަނިޔާވެރިވުން،
 • ރާބުޔުން،
 • القمار ކުޅުން: އެއީ ޖުވާކުޅުން،
 • ޣީބަބުނުން،
 • ދެބައޮޑުވުން،

އަދި މިނޫނަސް ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ނަހީ ކުރައްވާފައިވާ އެންމެހާ ކަންތައްތަކެވެ.

(ފާފަތަކާއި ބެހޭގޮތުން އިތުރަށް ވިދާޅުވުމަށް މި ލިންކަށް ވަޑައިގެން ބައްލަވާށެވެ.)

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް