[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (ފަނަރަވަނަ ދަރުސް، ސޯޅަވަނަ ދަރުސް)

ފަނަރަވަނަ ދަރުސް (ކޮންމެ މުސްލިމެއްވެސް ޒީނަތްތެރިވާންޖެހޭ ރިވެތި އަޚްލާޤީ ސިފަތައް)

 

ކޮންމެ މުސްލިމެއްވެސް ޒީނަތްތެރިވުން ޝަރުޢުވެގެންވާ ރިވެތި އަޚްލާޤީ ސިފަތަކުގެ ތެރޭގައި ހިމެނޭ ބައެއް ސިފަތަކަކީ:

ތެދުވެރިކަން، އަމާނާތްތެރިކަން، ޢިއްފަތްތެރިކަން، ލަދުވެތިކަން، ހިތްވަރުގަދަކަން، ދީލަތިކަން، ވަފާތެރިކަން، ﷲ ޙަރާމްކުރެއްވިކަންތައްތަކާއި މުޅިން ދުރުހެލިވުން، އަވަށްޓެރިންނަށް ހެޔޮކޮންހިތުން، އެމީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން ބޭނުންޖެހިފައިވާ މީހުންނަށް އެހީވުން، އަދި މިނޫނަސް ޤުރުއާނާއި ސުންނަތުން ޘާބިތުވާ ރިވެތި އަޚްލާޤުގެ ސިފަތަކެވެ.

 


ސޯޅަވަނަ ދަރުސް (އިސްލާމީ ރިވެތި އަދަބުތަކުން ސިފަ ލިބިގަތުން)

 

އިސްލާމީ ރިވެތި އަދަބުތަކުގެތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

 • ސަލާމްކުރުން،
 • މީހަކާ ބައްދަލުވާ ހިނދު ހިނިތުންވެ އުފާވެރި މޫނަކާއެކު ބައްދަލުކުރުން،
 • ކަނާއަތުން ކެއުމާއި ބުޔުން،
 • [ކާންފަށާއިރު] ﷲ ގެ އިސްމުފުޅުން ފެށުމާއި އަދި ނިންމާއިރު ޙަމްދުކުރުން،
 • ކިނބިހި އެޅުމުން ((الْحَمْدُ لِلّٰهِ)) ކިޔުން،
 • ކިނބިހި އެޅިމީހާ ((الْحَمْدُ لِلّٰهِ)) ކިޔުމުން [އެއަޑުއިވޭމީހާ] ((يَرْحَمُكَ اللهُ)) ކިޔުން،
 • ބަލިމީހުންނަށް ޒިޔާރަތް ކުރުން،
 • ކަށުނަމާދުކުރުމަށް ޖަނާޒާގެންދެވޭއިރު ފަހަތުން ދިޔުމާއި ވަޅުލުމުގައާއި ނަމާދުގައި ބައިވެރިވުން،
 • މިސްކިތަށް ވަނުމާއި ނުކުތުމުގެ އަދަބުތަކާއި، ގެއަށްވަނުމާއި ނުކުތުމުގެ އަދަބުތަކާއި، އަދި ދަތުރުގެ އަދަބުތައް.
 • މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނަށް އަދަބުވެރިވުން،
 • ކުއްޖަކު އުފަންވުމުން ތަހުނިޔާކިޔުން،
 • ކައިވެނިކުރާ ދެމީހުނަށް ބަރަކާތްލެއްވުން އެދި ދުޢާކުރުން،
 • މުޞީބާތް ޖެހިފައިވާ މީހުންނަށް ތައުޒިޔާކިޔުން،

އަދި މިނޫނަސް ހެދުންލުމާއި ބޭލުމާއި ފައިވާނަށް އެރުމާއި މިފަދަ  ކަންކަމީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް