[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (ހަތްވަނަ ދަރުސް، އަށްވަނަ ދަރުސް)

ހަތްވަނަ ދަރުސް (ނަމާދުގެ ރުކުންތައް)

 

ނަމާދުގެ 14 ރުކުނެއްވެއެވެ.

އެއީ:

 1. ކުޅަދާނަވެގެންވާމީހާ ޤިޔާމަށް ހުރުން.
 2. ޙަރަމް ބަން ތަކުބީރުކިޔުން.
 3. ސޫރަތުލް ފާތިޙާ ކިޔެވުން.
 4. ރުކޫޢުކުރުން.
 5. ރުކޫޢުކުރުމަށްފަހު އިޢްތިދާލުގައި ހުރުން.
 6. ހަތް ގުނަވަނުގެ މައްޗަށް ސަޖިދަކުރުން.
 7. ސަޖިދައިން ތެދުވުން.
 8. ދެސަޖިދަ ދެމެދު އިނުން.
 9. ކޮންމެ ރުކުނެއްގައިވެސް ހަމަޖެހިލާ މަޑުވެލުން.
 10. ރުކުންތައް ތަރުތީބުންކުރުން.
 11. ފަހު އައްތަޙިއްޔާތު ކިޔުން.
 12. ފަހު އައްތަޙިއްޔާތަށް އިށީނުން.
 13. ރަސޫލާصلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން.
 14. ދެ ސަލާމްދިނުން.

އަށްވަނަ ދަރުސް (ނަމާދުގެ ވާޖިބުތައް)

 

ނަމާދުގެ 8 ވާޖިބެއްވެއެވެ. އެއީ:

 1. ޙަރަމް ބަން ތަކުބީރު ފިޔަވާ އެހެން ތަކްބީރުތައް ކިޔުން.
 2. އިމާމްވެ ނަމާދު ކުރާމީހާ އާއި އެކަނި ނަމާދުކުރާމީހާ ވެސް((سَمِعَ اللهُ لِمَنْ الحَمِدَهُ)) ކިޔުން.
 3. ((رَبَّنَا وَلَكَ الْحَمْدُ))އެންމެން (އިމާމްވެ ނަމާދު ކުރާމީހާ، މައުމޫމުމީހާ އަދި އެކަނި ނަމާދު ކުރާމީހާ)  ކިޔުން.
 4. ރުކޫޢުގައި((سُبْحَانَ رَبِّيَ الْعَظِيمِ)) ކިޔުން.
 5. ސަޖިދައިގައި((سُبْحَانَ رَبِّيَ الْأَعْلَى)) ކިޔުން.
 6. ދެސަޖިދަ ދެމެދު((رَبِّ اغْفِرْ لِي)) ކިޔުން.
 7. ފުރަތަމަ އައްތަޙިއްޔާތު ކިޔުން.
 8. ފުރަތަމަ އައްތަޙިއްޔާތަށް އިށީނުން.

 

(ނަމާދުގެ ރުކުންތަކާއި ވާޖިބުތަކުގެ އިތުރު ތަފްސީލް ވިދާޅުވުމަށް މި ލިންކަށް ވަޑައިގެން ބައްލަވާށެވެ.)

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް