މިއީ 23 ޖުމާދަލްއާޚިރާ 1442 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ عبد المحسن بن محمد القاسم – حفظه الله –
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
إنَّ الحمد للَّه، نحمده ونستعينه ونستغفره، ونعوذ باللَّه من شرور أنفسنا ومن سيِّئات أعمالنا، من يهده اللَّه فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلَّا اللَّه وحده لا شريك له، وأشهد أنَّ محمداً عبده ورسوله، صلى اللَّه عليه وعلى آله وأصحابه وسلَّم تسليماً كثيراً.
* މުޙައްމަދު ﷺ ނަބީކަމައިގެން ފޮނުއްވުމަކީ ﷲ ތަޢާލާ ޚަލްޤުތަކުންނަށް ދެއްވި ނިޢުމަތެކެވެ. އެކަލޭގެފާނުގެ ރިސާލަތަކީ މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރާއި ކާފިރުންނަށް އިންޛާރުކުރެއްވުން ޖަމާވެގެންވާ ރިސާލަތެކެވެ.
يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا ﴿٤٥﴾ وَدَاعِيًا إِلَى اللهِ بِإِذْنِهِ وَسِرَاجًا مُّنِيرًا ﴿٤٦﴾ [سورة الأحزاب]
މާނައީ: “އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުނިމުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. [45] އަދި ﷲ ގެ ދީނަށް، އެއިލާހުގެ އިޛުނަފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެބައިމީހުންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ. [46]”
އެކަލޭގެފާނަށް އެއިލާހު ދެއްވި ރިސާލަތަކީ އެންމެ ފުރިހަމަ ރިސާލަތެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ [سورة التوبة]
މާނައީ: “ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު، ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި ރަޙުމު ހުރި ބޭކަލެކެވެ.”
* ޢަޤީދާގެ ތެރެއިން ނަބިއްޔާ ﷺ އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގެންނެވި ކަމަކީ ދެއްކުންތެރިކަމެވެ. އެހެން މީހުންނަށް ދެއްކުމަށްޓަކައި އަޅުކަންތައް ޒީނަތްތެރިކުރުމެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ» قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: «الرِّيَاءُ». [رواه أحمد (23630)، وصححه الألباني في سلسلة الأحاديث الصحيحة (951)]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވަނީ ކުޑަ ޝިރުކަށެވެ.” (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ކުޑަ ޝިރުކަކީ ކޮބާ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(އެއީ) ދެއްކުންތެރިކަމެވެ.”
އަދި ކިއެއް ހެއްޔެވެ. މަސީޙުއް ދައްޖާލުގެ ފިތުނައަށް ވުރެ ބޮޑަށް، މިކަމަށް އެކަލޭގެފާނު އުންމަތަށް ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«أَلَا أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ؟» قَالَ: قُلْنَا: بَلَى، فَقَالَ: «الشِّرْكُ الْخَفِيُّ، أَنْ يَقُومَ الرَّجُلُ يُصَلِّي، فَيُزَيِّنُ صَلَاتَهُ، لِمَا يَرَى مِنْ نَظَرِ رَجُلٍ» [رواه ابن ماجه (4204)، وحسنه الألباني في مشكاة المصابيح (5333)]
މާނައީ: “މަސީޙުއް ދައްޖާލުގެ ފިތުނައަށް ވުރެވެސް ތިޔައިބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވާ ކަމެއްގެ ޚަބަރު ދެއްވަން ހެއްޔެވެ؟” (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ޚަބަރު ދެއްވާށެވެ.)” ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ފޮރުވިފައިވާ ޝިރުކެވެ. ފަހެ އެއީ (ނުވަތަ އޭގެ މިޘާލަކީ) ތިޔަބައިމީހުން ކުރެ މީހަކު ނަމާދުކުރުމަށް ތެދުވެފައި މީހަކު ބަލާތީވެ އެނަމާދު ރިވެތިކުރުމެވެ.”
* ކުޑަ ޝިރުކާމެދު އެކަލޭގެފާނުގެ އުންމަތަށްޓަކައި އެހާ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވާއިރު، ބޮޑު ޝިރުކާމެދު ބިރުފުޅުގެން ވަޑައިގަންނަވާނެ މިންވަރު ވިސްނަވާށެވެ. އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“ތައުޙީދަކީ (ﷲ އެއްކައުވަންތަކުރުމަކީ) އެންމެ ނާޒުކު އެންމެ ސާފު ޠާހިރު އެއްޗެވެ. ފަހެ ކުޑަކަޑަ ކަމެއްގެ ސަބަބުންވެސް އޭގައި ކޫރު އެޅި ހަޑިވެއެވެ. އެއީ ހުދު ހެދުމެއް ފަދަ އެއްޗެކެވެ. ކިތަންމެ ކުޑަ އެއްޗެއްގެ ސަބަބުންވެސް އެއަށް އަޘަރުކުރުވައެވެ. އަދި އެއީ ވަރަށް ސާފު ލޯގަނޑެއް ފަދަ އެއްޗެކެވެ. ކިތަންމެ ކުޑަ އެއްޗެއްގެ ސަބަބުންވެސް އެއަށް އަޘަރުކުރުވައެވެ.” [الفوائد لابن القيم (ص: 282)]
* އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު ޝަރީޢަތް އެހެން ޝަރީޢަތްތަކުގެ މައްޗަށް ޚާއްޞަވެގެންވަނީ އޭގެ ފުރިހަމަކަމާއި ލުއިފަސޭހަކަމުގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يُرِيدُ اللَّهُ بِكُمُ الْيُسْرَ﴾ [سورة البقرة 185]
މާނައީ: “ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވައެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވައެވެ.”
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«بُعِثْتُ بِالْحَنِيفِيَّةِ السَّمْحَةِ». [رواه أحمد (22291)، وصححه الألباني في سلسلة الأحاديث الصحيحة (2924)]
މާނައީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ (ޝިރުކުން އެއްކިބާވެ ތައުޙީދާ ދިމާއަށް ލެނބިފައިވާ އިބްރާހިމްގެފާނުގެ މިއްލަތުކަމުގައިވާ) ޙަނީފިއްޔަތާއި ލުއިފަސޭހަކަމާއިގެންނެވެ.”
* ފަރުޟުތައް ގިނަވެ މީސްތަކުންނަށް ބުރަކަމަކަށް ވެދާނެކަމަށްޓަކައި ނުވަތަ އަމުރުފުޅުތައް ގިނަވެ އެކަންކަން ކުރުމަށް މީސްތަކުން ފަރުވާކުޑަކޮށްފާނެކަމަށްޓަކައި އުންމަތުގެ މައްޗަށް ނަބިއްޔާ ﷺ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އިސްރާއާއި މިޢުރާޖުގެ ރޭ 50 ނަމާދު ފަރުޟުކުރެއްވުމުން، 5 ނަމާދަށް މަދުކުރައްވަންދެން އެކަން ލުއިކޮށްދެއްވުން އެދި އެކަލޭގެފާނު، ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިއެވެ.
* މީސްތަކުންގެ މައްޗަށް ފަރުޟުކުރައްވާފާނެކަމަށް ބިރުފުޅުގެން ވަޑައިގެން، ބައެއް ހެޔޮ ޢަމަލުތައް މީސްތަކުންނާއެކު ކުރެއްވުން ނަބިއްޔާ ﷺ ދޫކޮށްލެއްވިއެވެ. ފަހެ ރަމަޟާން މަހުގެ ރޭތަކުގައި އެކަލޭގެފާނުގެ މިސްކިތްކޮޅުގައި މީސްތަކުންނާއެކު ޖަމާޢަތުގައި ދަމުނަމާދުކުރައްވަން ފެއްޓެވިއެވެ. ތިން ރޭ އެފަދައިން ދަމުނަމާދު ކުރެއްވިއެވެ. އެއް ރެއަށް ވުރެ އަނެއް ރޭ މީސްތަކުންގެ ޢަދަދު އިތުރުވިއެވެ. ނަމަވެސް އެކަލޭގެފާނު މީސްތަކުންނާއެކު ޖަމާޢަތުގައި ދަމުނަމާދުކުރެއްވުން ދޫކޮށްލެއްވީ މީސްތަކުންގެ މައްޗަށް އެކަން ފަރުޟުކުރައްވަފާނެކަމަށްޓަކައެވެ. ހަތަރުވަނަ ރޭ އެކަލޭގެފާނު މީސްތަކުންނާއެކު ޖަމާޢަތުގައި ދަމުނަމާދުކުރަން ނުކުމެވަޑައިނުގަންނަވައެވެ. އަދި އެރޭ ފަތިސްނަމާދަށް ފަހު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«خَشِيتُ أَنْ تُفْرَضَ عَلَيْكُمْ، فَتَعْجِزُوا عَنْهَا» [رواه البخاري (924) ومسلم (178 – (761))]
މާނައީ: “ތިޔަބައިމީހުންގެ މައްޗަށް (އެ ކަން) ފަރުޟުކުރެވިދާނެ ކަމަށްޓަކައި ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގެންނެވީއެވެ. ފަހެ، (އޭރުން) އެކަން ކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަ ނުވުން އެކަށީގެންވެއެވެ.”
* ފާފައަކަށް ނުވާ ކަންކަމުގައި އެކަލޭގެފާނު އަމިއްލަ ނަފްސުފުޅަށާއި އެކަލޭގެފާނުގެ އުންމަތަށް ޚިޔާރުކުރެއްވީ ލުއިފަސޭހަ ގޮތެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
«مَا خُيِّرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَيْنَ أَمْرَيْنِ إِلَّا أَخَذَ أَيْسَرَهُمَا، مَا لَمْ يَكُنْ إِثْمًا، فَإِنْ كَانَ إِثْمًا كَانَ أَبْعَدَ النَّاسِ مِنْهُ» [رواه البخاري (3560) ومسلم (77 – (2327))]
މާނައީ: “ރަސޫލުﷲ އަށް ދެ ކަމެއްގެ މެދުގައި އިޚްތިޔާރުދެއްވިއްޖެނަމަ، ފާފައަކަށް ނުވާ ކަންކަމުގައި އެ ދެކަމުގެ ތެރެއިން އެންމެ ފަސޭހަ ކަންތައް މެނުވީ ނުނަންގަވައެވެ. ފަހެ އެކަމުގައި ފާފައެއްވާނަމަ އެކަލޭގެފާނު ވެވަޑައިގަންނަވަނީ މީސްތަކުންގެ ތެރެއިން އެކަމާ އެންމެ ދުރުގައި ހުންނަވާ ބޭކަލެއްކަމުގައެވެ.”
* މީސްތަކުން އިސްލާމްދީނާ ދުރަށް ގޮސްދާނެތީ ނަބިއްޔާ ﷺ ބިރުފުޅުގެން ވެވަޑައިގެންނެވިއެވެ. އިބްރާހީމުގެފާނު ކަޢުބާ ބިނާކުރެއްވި ގޮތަށް، ކަޢުބާ އަލުން ބިނާ ނުކުރައްވާ އެކަލޭގެފާނު ދޫކޮށްލެއްވީ އެ ސަބަބަށްޓަކައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«مَخَافَةَ أَنْ تَنْفِرَ قُلُوبُهُمْ» [رواه مسلم (406 – (1333))]
މާނައީ: “އެއީ މީސްތަކުންގެ ހިތްތައް (އިސްލާމްދީނާ މެދު) ނުރުހިދާނެތީއެވެ.”
* ﷲ ތަޢާލާވަނީ ދުނިޔެ ޒީނަތްތެރިކުރައްވާ، އެއީ އާޚިރަތަށްޓަކައި މަސައްކަތްކުރަން އޮތް ތަނެއްގެ ގޮތުގައި ލައްވާފައެވެ. ދުނިޔޭގެ ޒީނަތަށް ހެއްލި، އާޚިރަތަށްޓަކައި މަސައްކަތްކުރުމުން ދުރުވެ، ފިތުނަވެރިވެދާނެކަމަށް ނަބިއްޔާ ﷺ އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ބިރުފުޅުގެން ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّ أَكْثَرَ مَا أَخَافُ عَلَيْكُمْ مَا يُخْرِجُ اللَّهُ لَكُمْ مِنْ بَرَكَاتِ الأَرْضِ» قِيلَ: وَمَا بَرَكَاتُ الأَرْضِ؟ قَالَ: «زَهْرَةُ الدُّنْيَا» [رواه البخاري (6427)]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ގިނައިން ބިރުފުޅުގެން ވަޑައިގަންނަވަނީ ﷲ، ތިޔަބައިމީހުންނަށްޓަކައި ބިމުން ނެރުއްވާފައިވާ ބަރަކާތާމެދުގައެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. “ބިމުން ނެރުއްވާފައިވާ ބަރަކާތަކީ ކޮބާ ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ދުނިޔޭގެ ޒީނަތާއި އުފާވެރިކަމެވެ.”
* އަދި ފަގީރުކަމަށް ވުރެ ބޮޑަށް، ދުނިޔަވީ ކަންކަމުގައި އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ކުރިއަރާ ދިއުމަށްޓަކައި ވާދަކޮށް އުޅެދާނެކަމަށްޓަކައި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ނަބިއްޔާ ﷺ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«فَوَاللَّهِ مَا الفَقْرَ أَخْشَى عَلَيْكُمْ، وَلَكِنِّي أَخْشَى أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا، وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ» [رواه البخاري (4015) ومسلم (6 – (2961))]
މާނައީ: “ﷲ ގަންދީ ޙަދީޘްކުރައްވަމެވެ. ފަގީރުކަމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. އެކަމަކު ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވަނީ ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ދުނިޔަވީ ތަނަވަސްކަން ލެއްވުނު ފަދައިން ތިޔަބައިމީހުންނަށްޓަކައިވެސް ދުނިޔަވީ ތަނަވަސްކަން ލެއްވިދާނެ ކަމަށްޓަކައެވެ. ފަހެ، އެބައިމީހުން އެކަމުގައި ކުރިއަރާ ދިއުމުގައި ވާދަކުރި ފަދައިން ތިޔަބައިމީހުންވެސް ވާދަކޮށްފާނެތީއެވެ. އަދި އެބައިމީހުން ހަލާކުވެ ދިޔަފަދައިން ތިޔަބައިމީހުންވެސް ހަލާކުވެދާނެތީއެވެ.”
* ދުނިޔެވީ ޙަޔާތަކީ ފިތުނަތަކާއި އިމްތިހާނުގެ ގޮވައްޗެވެ. އެންމެހާ އަޅުތަކުންވެސް އެކި ވައްތަރުގެ ފިތުނަތައް މެދުވެރިކޮށް އިމްތިހާނު ކުރައްވާނެއެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
«تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا» [رواه مسلم (231 – (144))]
މާނައީ: “ދަނޑިން ވިޔެފައި ހުންނަ ކުނަލެއްގެ ދަނޑިތައް ވިދިވިދިގެން ހުންނަ ފަދައިން ހިތަށްވެސް ފިތުނަތައް (ވިދިވިދިގެން) ހުށަހެޅެމުން ދެއެވެ.”
އައްނަވަވީ رحمه الله ވިދާޅުވިއެވެ.
“أَيْ تُعَادُ وَتُكَرَّرُ شَيْئًا بَعْدَ شَيْءٍ”. [شرح النووي على مسلم (2 / 171)]
މާނައީ: “އެބަހީ: އެނބުރި އައިސް އެއްކަމަކަށް ފަހު އަނެއްކަމެއް ތަކުރާރުވުމެވެ.”
ފިތުނަތައް ވަރަށް ގިނަވާނެކަމުގެ ޚަބަރު ނަބިއްޔާ ﷺ ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި ބޮޑެތި ފިތުނަތަކާއި ކަނޑުގެ ރާޅު ފަދައިން އަންނަ ފިތުނަތައް ވެއެވެ. މި އުންމަތުގެ މީހުން ފިތުނަތަކުގެ ތެރެއަށް ވަދެ، އޭގެ އަސަރު އެބައިމީހުންނަށް ކޮށްފާނެތީ އެކަމުގެ މައްޗަށް ނަބިއްޔާ ﷺ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّ مِمَّا أَخْشَى عَلَيْكُمْ شَهَوَاتِ الْغَيِّ فِي بُطُونِكُمْ وَفُرُوجِكُمْ وَمُضِلَّاتِ الْفِتَنِ» [رواه أحمد (19772)، وصححه الألباني في صحيح الترغيب والترهيب (52)]
މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުފުޅުގެން ވަޑައިގެންވަނީ ތިޔަބައިމީހުންގެ ބަނޑުތަކާއި ފަރުޖުތަކާއި ގުޅުން ހުރި ޝަހްވަތްތަކުގެ ފުރެދުންތަކާ މެދުގައެވެ. އަދި މަގުފުރައްދަނިވި ފިތުނަތަކާ މެދުގައެވެ.”
އަދި އެކަމުން ރައްކާތެރިކޮށްދެއްވުން އެދި ނަމާދުގައި ދުޢާކުރެއްވިއެވެ.
«اللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ» « [رواه مسلم (129 – (589))]
މާނައީ: “އޭ ﷲ! ހަމަކަށަވަރުން މިއަޅާ ކަށްވަޅުގެ އަޛާބުން ރައްކައުތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކައުތެރިކޮށްދެވުމަށް އެދި އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި ދިރިއުޅުމާއި މަރުވުމުގެ ފިތުނައިން ރައްކައުތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި ފާފަކުރުމުންނާއި ދަރަނިވެރިވުމުން ރައްކައުތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ.”
އަދި އެކަމުން ރައްކާތެރިކޮށްދެއްވުން އެދި ދެންނެވުމަށް އަޞްޙާބު ބޭކަލުންނަށް އަމުރުކުރެއްވިއެވެ. ޒައިދު ބުން ޘާބިތު رضي الله عنه ވިދާޅުވިއެވެ. ނަބިއްޔާ ﷺ ތިމަންބޭކަލުންނާ ކުރިމަތިލައްވާ ޙަދީޘްކުރެއްވިއެވެ.
«تَعَوَّذُوا بِاللهِ مِنَ الْفِتَنِ، مَا ظَهَرَ مِنْهَا وَمَا بَطَنَ» قَالُوا: نَعُوذُ بِاللهِ مِنَ الْفِتَنِ مَا ظَهَرَ مِنْهَا وَمَا بَطَنَ. [رواه مسلم (67 – (2867))]
މާނައީ: “ފިތުނަތަކުން ރައްކާތެރިކޮށްދެއްވުން އެދި ތިޔަބައިމީހުން ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތަކުންނެވެ.” (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. “ފިތުނަތަކުން ރައްކާތެރިކޮށްދެއްވުން އެދި އަޅަމެން ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތަކުންނެވެ.”
* މަސީޙުއް ދައްޖާލަކީ ބިޔަ މީހެކެވެ. ދައްޖާލުގެ ކިބައިން ތަމީމުއް ދާރީ رضي الله عنه އަށް ފެނިވަޑައިގެންނެވި ކަންތައްތައް އެކަލޭގެފާނު ކިޔައިދެއްވިއެވެ.
«أَعْظَمُ إِنْسَانٍ رَأَيْنَاهُ قَطُّ خَلْقًا» [رواه مسلم (119 – (2942))]
މާނައީ: “(އެއީ) ތިމަންމެން ދުވަހަކުވެސް ނުދެކޭފަދަ ބިޔަ ބޮޑު މީހެކެވެ.”
ދައްޖާލުގެ ފިތުނައަކީ ބޮޑުވެގެންވާ ފިތުނައެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«مَا كَانَتْ فِتْنَةٌ، وَلَا تَكُونُ حَتَّى تَقُومَ السَّاعَةُ، أَكْبَرَ مِنْ فِتْنَةِ الدَّجَّالِ، وَلَا مِنْ نَبِيٍّ إِلَّا وَقَدْ حَذَّرَهُ أُمَّتَهُ» [رواه أحمد (14112)، وصححه الألباني في سلسلة الأحاديث الصحيحة (3081)]
މާނައީ: “ޤިޔާމަތް ޤާއިމުވެއްޖައުމަށް ދާންދެން، ދައްޖާލުގެ ފިތުނައަށް ވުރެ ބޮޑު ފިތުނައެއް ނުވެއެވެ. އަދި އޭނާއާ މެދު، އެބޭކަލެއްގެ އުންމަތަށް އިންޛާރު ނުކުރައްވާ ނަބީބޭކަލަކު ނުވެއެވެ.”
ނަބިއްޔާ ﷺ ދައްޖާލުގެ ފިތުނައާމެދު އެކަލޭގެފާނުގެ އުންމަތަށްޓަކައި ބިރުފުޅުގެން ވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«غَيْرُ الدَّجَّالِ أَخْوَفُنِي عَلَيْكُمْ، إِنْ يَخْرُجْ وَأَنَا فِيكُمْ، فَأَنَا حَجِيجُهُ دُونَكُمْ، وَإِنْ يَخْرُجْ وَلَسْتُ فِيكُمْ، فَامْرُؤٌ حَجِيجُ نَفْسِهِ وَاللهُ خَلِيفَتِي عَلَى كُلِّ مُسْلِمٍ» [رواه مسلم (110 – (2937))]
މާނައީ: “ތިމަންކަލޭގެފާނު ތިޔަބޭކަލުންގެ މައްޗަށް އެންމެ ބިރުފުޅުގެން ވަޑައިގަންނަވަނީ ދައްޖާލާ މެދުގައެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނަވަނިކޮށް (ދައްޖާލު) ފާޅުވެއްޖެނަމަ ތިމަންކަލޭގެފާނު އޭނާގެ މައްޗަށް ގަދަވެ، ތިޔަބައިމީހުން ދިފާޢު ކުރައްވާނަމެވެ. އަދި ތިމަންކަލޭގެފާނު ތިޔަބޭކަލުންގެ ތެރޭގައި ނުވަނީސް (ދައްޖާލު) ފާޅުވެއްޖެނަމަ ކޮންމެ މީހަކުވެސް އަމިއްލައަށް އޭގެ މައްޗަށް ގަދަވެގަންނަ ހުއްޓެވެ. އަދި ﷲ އީ ކޮންމެ މުސްލިމަކު (ދައްޖާލުގެ ކިބައިން) ރައްކާތެރިކޮށްދެއްވާނެ ފަރާތެވެ.”
* ރައްބާނީ ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އެބޭކަލުންނަކީ އެބޭކަލުންގެ ރައްބަށް ބިރުވެތިވާ ބައެކެވެ. އަދި އެއީ މީސްތަކުންނަށް އެބައިމީހުންގެ ދީން ބަޔާންކޮށްދެއްވާ ބޭކަލުންނެވެ. ބާޠިލު ޒީނާތްތެރިކޮށްދީ، ޙައްޤު ފޮރުވާ މީހުންނާމެދު ނަބިއްޔާ ﷺ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«أَنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الْأَئِمَّةُ الْمُضِلُّونَ» [رواه أحمد (27485)، وصححه الألباني في سلسلة الأحاديث الصحيحة (1582)]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވަނީ މީސްތަކުން މަގުފުރައްދާ އިމާމުންނެވެ. (އެބަހީ: މީސްތަކުން މަގުފުރައްދާ ވެރިންނާއި ޢިލްމުވެރިންނާ އަދި އަޅުވެރިންނެވެ.)”
އެކަލޭގެފާނުގެ އުންމަތުގެ މީހުން މަގުފުރައްދާމީހުންނާމެދު، ދައްޖާލަށްވުރެ ބޮޑަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އަބޫ ޛައްރު رضي الله عنه ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ރަސޫލުﷲ ﷺ ގެ އަރިހުގައި އެކަލޭގެފާނުގެ ފަހަތްޕުޅުން ހިންގަވާފައި ވަޑައިގަތީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.”
«لَغَيْرُ الدَّجَّالِ أَخْوَفُنِي عَلَى أُمَّتِي» قَالَهَا ثَلَاثًا. قَالَ: قُلْتُ: يَا رَسُولَ اللَّهِ، مَا هَذَا الَّذِي غَيْرُ الدَّجَّالِ أَخْوَفُكَ عَلَى أُمَّتِكَ؟ قَالَ: «أَئِمَّةً مُضِلِّينَ» [رواه أحمد (21296)، وصححه الألباني في سلسلة الأحاديث الصحيحة (1989)]
މާނައީ: “ދައްޖާލު ފިޔަވާ ތިމަންކަލޭގެފާނުގެ އުންމަތުގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވަނީ” މިފަދައިން ތިން ފަހަރު ޙަދީޘްކުރެއްވިއެވެ. އަބޫ ޛައްރުގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! ދައްޖާލު ފިޔަވާ ކަލޭގެފާނުގެ އުންމަތުގެ މައްޗަށް ކަލޭގެފާނު އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވަނީ ކޮން ކަމަކާމެދުގައި ހެއްޔެވެ؟” އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “މީސްތަކުން މަގުފުރައްދާ އިމާމުންނެވެ. (އެބަހީ: މީސްތަކުން މަގުފުރައްދާ ވެރިންނާއި ޢިލްމުވެރިންނާ އަދި އަޅުވެރިންނެވެ.)”
* ދުލަކީ އެންމެ ނުރައްކާތެރި އަދި އޭގެ އަސަރު އެންމެ ބޮޑު އެއް ގުނަވަނެވެ. ދުލުގެ ނުބައިކަމާއި ފަސާދައާމެދު ނަބިއްޔާ ﷺ އެކަލޭގެފާނުގެ އުންމަތަށް ބިރުފުޅުގެން ވެވަޑައިގެންނެވިއެވެ. ސުފްޔާން ބުން ޢަބްދުﷲ އައްޘަޤަފީ رضي اللَّه عنه ވިދާޅުވިއެވެ.
قُلْتُ: يَا رَسُولَ اللَّهِ حَدِّثْنِي بِأَمْرٍ أَعْتَصِمُ بِهِ، قَالَ: «قُلْ رَبِّيَ اللَّهُ ثُمَّ اسْتَقِمْ»، قُلْتُ: يَا رَسُولَ اللَّهِ مَا أَخْوَفُ مَا تَخَافُ عَلَيَّ، فَأَخَذَ بِلِسَانِ نَفْسِهِ، ثُمَّ قَالَ: «هَذَا» [رواه الترمذي (2410)، وصححه الألباني في مشكاة المصابيح (4843)]
މާނައީ: “ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއެއްޗެއްގައި ވަރުގަދައަށް ހިފަހައްޓަންވީ އެއްޗެއް ތިމަންކަލޭގެފާނަށް ބުނެދެއްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ބުނާށެވެ. ﷲ އަށް އީމާންވެއްޖައީމެވެ. ދެން އެއަށް ފަހު، އޭގެ މަތީގައި ޘާބިތުވާށެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ތިމަންކަލޭގެފާނަށްޓަކައި އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވަނީ ކޮންކަމަކާ މެދުގައި ހެއްޔެވެ؟” ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ ދޫފުޅުގައި ހިފެހެއްޓެވިއެވެ. ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “މިއެވެ.”
* އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް މި ދުނިޔޭގައި ޢަޛާބު ފޮނުއްވަފާނެތީ ނުވަތަ ކުއްލިއަކަށް ޢަޛާބު އައިސްދާނެތީ ނަބިއްޔާ ﷺ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
«وَإِذَا تَخَيَّلَتِ السَّمَاءُ، تَغَيَّرَ لَوْنُهُ، وَخَرَجَ وَدَخَلَ، وَأَقْبَلَ وَأَدْبَرَ، فَإِذَا مَطَرَتْ، سُرِّيَ عَنْهُ، فَعَرَفْتُ ذَلِكَ فِي وَجْهِهِ».
قَالَتْ عَائِشَةُ: فَسَأَلْتُهُ، فَقَالَ: «لَعَلَّهُ، يَا عَائِشَةُ كَمَا قَالَ قَوْمُ عَادٍ: ﴿فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُمْطِرُنَا﴾ [سورة الأحقاف: 24]» [رواه مسلم (15 – (899))]
މާނައީ: “އުޑުމަތިން ވިއްސާރަ ވިލާގަނޑެއް ފާޅުވުމުން، އެކަލޭގެފާނުގެ (މޫނުފުޅުގެ) ކުލަވަރުތައް ބަދަލުވެގެން ދެއެވެ. އަދި ވެދެވަޑައިގެންފައި ނުކުމެވަޑައިގެންފައި، އުޅުއްވައެވެ. ވާރޭ ވެހެން ފެށުމުން އެކަލޭގެފާނުގެ ކިބައިން އެހާސްކަން ފިލައިގެން ދެއެވެ. އަދި އެކަން އެކަލޭގެފާނުގެ މޫނުފުޅުން ފެނިގެން ދެއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެކަމާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލުދެންނެވީމެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. އެއީ ޢާދުބާގައިގެ މީހުން ބުނިހެން ކަންތައް ވެދާނެތީ އެކަމާ ބިރުފުޅުގެންނެވެ. ﴿فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُمْطِرُنَا﴾ [سورة الأحقاف: 24] މާނައީ: “ފަހެ، އެބައިމީހުންގެ ވާދީތަކާ ދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (ޢަޛާބު) ފެނުނު ހިނދު އެބައިމީހުން ބުންޏެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއް ހެއްޔެވެ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި ޢަޛާބު އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ.” “
* ދުނިޔޭގެ ޢުޤޫބާތަށްޓަކައި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ބިރުފުޅުގެން ވަޑައިގެންނެވި ފަދައިން އާޚިރަތުގެ ޢަޛާބަށްވެސް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގެންނެވިއެވެ. ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞް رضي اللَّه عنهما ވިދާޅުވިއެވެ.
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ تَلَا قَوْلَ اللهِ عَزَّ وَجَلَّ فِي إِبْرَاهِيمَ: ﴿رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي﴾ [سورة إبراهيم: 36] الْآيَةَ، وَقَالَ عِيسَى عَلَيْهِ السَّلَامُ: ﴿إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ﴾ [سورة المائدة: 118]، فَرَفَعَ يَدَيْهِ وَقَالَ: «اللهُمَّ أُمَّتِي أُمَّتِي»، وَبَكَى، فَقَالَ اللهُ عَزَّ وَجَلَّ: «يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ، وَرَبُّكَ أَعْلَمُ، فَسَلْهُ مَا يُبْكِيكَ؟» فَأَتَاهُ جِبْرِيلُ عَلَيْهِ الصَّلَاةُ وَالسَّلَامُ، فَسَأَلَهُ فَأَخْبَرَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمَا قَالَ، وَهُوَ أَعْلَمُ، فَقَالَ اللهُ: «يَا جِبْرِيلُ، اذْهَبْ إِلَى مُحَمَّدٍ، فَقُلْ: إِنَّا سَنُرْضِيكَ فِي أُمَّتِكَ، وَلَا نَسُوءُكَ». [رواه مسلم (346 – (202))]
މާނައީ: “އިބްރާހީމުގެފާނާ ބެހޭގޮތުން ﷲ عَزَّ وَجَلَّ ވަޙީކުރެއްވި ބަސްފުޅު، ހަމަކަށަވަރުން ނަބިއްޔާ ﷺ މި އާޔަތް ކިޔަވާ ވިދާޅުވިއެވެ.
﴿رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي﴾ [سورة إبراهيم: 36]
[މާނައީ: “އަޅުގެ ރައްބެވެ! ހަމަކަށަވަރުން އެ ބުދުތައް މީސްތަކުން ކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ މި އަޅާއަށް ތަބާވެއްޖެ މީހަކީ ހަމަކަށަވަރުން އަޅުގެ (ދީނުގެ) މީހެކެވެ.”]
އަދި ޢީސާ عليه السلام ވިދާޅުވި ބަސްފުޅު ކިޔަވާ ވިދާޅުވިއެވެ.
﴿إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ﴾ [سورة المائدة: 118]
[މާނައީ: “އެބައިމީހުންނަށް އިބައިލާހު ޢަޛާބު ދެއްވާނަމަ ފަހެ، ހަމަކަށަވަރުން އެބައިމީހުންނީ އިބައިލާހުގެ އަޅުންނެވެ. އަދި އެބައިމީހުންނަށް އިބައިލާހު ފާފަފުއްސަވާނަމަ ފަހެ، ހަމަކަށަވަރުން އިބައިލާހީ ޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ.”]
ފަހެ، އެކަލޭގެފާނުގެ ދެ އަތްޕުޅު އުފުއްލަވާ ޙަދީޘްކުރެއްވިއެވެ. “އޭ ﷲ! ތިމަންކަލޭގެފާނުގެ އުންމަތެވެ. ތިމަންކަލޭގެފާނުގެ އުންމަތެވެ.”
އަދި އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ. ފަހެ، ﷲ عَزَّ وَجَلَّ ވަޙީކުރެއްވިއެވެ. “އޭ ޖިބްރީލުގެފާނެވެ. މުޙައްމަދުގެފާނުގެ އަރިހަށް ވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ރައްބު މޮޅަށް ދެނެވޮޑިގެންވެއެވެ. ފަހެ، އެކަލޭގެފާނު ކީރިތިކުރައްވަނީ ކޮންކަމަކާތޯ އައްސަވާށެވެ.”
ފަހެ، ޖިބްރީލް عَلَيْهِ الصَّلَاةُ وَالسَّلَامُ އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން (އެކަމާ ބެހޭގޮތުން) ސުވާލުކުރެއްވިއެވެ. ފަހެ، ރަސޫލުﷲ ﷺ ޖިބްރީލުގެފާނަށް އެކަމުގެ ޚަބަރުދެއްވިއެވެ. އަދި އެއިލާހު މޮޅަށް ދެނެވޮޑިގެންވާ ޙާލު ޖިބްރީލުގެފާނު އެކަމުގެ ޚަބަރު އެއިލާހަށް ދެއްވިއެވެ. ފަހެ، ﷲ ވަޙީކުރެއްވިއެވެ. “އޭ ޖިބްރީލުގެފާނެވެ. މުޙައްމަދުގެފާނުގެ އަރިހަށް ވަޑައިގަންނަވާށެވެ. އަދި ދަންނަވާށެވެ. ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނުގެ ރުހިވަޑައިގަންނަވާ ގޮތަށް ކަލޭގެފާނުގެ އުންމަތާ މެދު ކަންތައްކުރައްވާނަމެވެ. އަދި ކަލޭގެފާނަށް ދަތިވެ، އުނދަގޫފުޅުވާނޭ ގޮތެއް ނުހައްދަވާނަމެވެ.”
* ޤިޔާމަތް ދުވަހު އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް المقام المحمود (ޙަމްދު ލިބިގެންވާ މަޤާމު) ދެއްވާނެއެވެ. އަދި މީސްތަކުންގެ މައްޗަށް ޝަފާޢަތްތެރިވުން އެދި ދެންނެވުމުގެ އިޛުނަ އެކަލޭގެފާނަށް ދެއްވާނެއެވެ. ޢާލަމްތަކުގެ ރައްބަށް އެކަލޭގެފާނު ސަޖިދަކުރައްވާނެއެވެ. ދެން އެއިލާހު އެކަލޭގެފާނަށް ވަޙީކުރައްވާނެއެވެ.
«يَا مُحَمَّدُ ارْفَعْ رَأْسَكَ، وَقُلْ يُسْمَعْ لَكَ، وَسَلْ تُعْطَ، وَاشْفَعْ تُشَفَّعْ، فَأَقُولُ: يَا رَبِّ، أُمَّتِي أُمَّتِي». [رواه البخاري (7510) ومسلم (326 – (193))]
މާނައީ: “އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވާށެވެ. އެދިވަޑައިގަންނަވާށެވެ. ކަލޭގެފާނަށް ދެއްވޭނެއެވެ. އަދި ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ޝަފާޢަތް ޤަބޫލުކުރެއްވޭނެއެވެ. ފަހެ (ތިމަންކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވާފައި) ޙަދީޘްކުރައްވާނަމެވެ. އަޅުގެ ރައްބެވެ! ތިމަންކަލޭގެފާނުގެ އުންމަތެވެ! ތިމަންކަލޭގެފާނުގެ އުންމަތެވެ!”
* އާޚިރަތް ދުވަހު ޞިރާތުމަގު ހުރަސްކުރާނެ ގޮތް ނަބިއްޔާ ﷺ ވަނީ ޞިފަކޮށްދެއްވާފައެވެ. އެމަގުގައިވާ ބުޅިތަކުން މީސްތަކުން ހިފަހައްޓާ ނަރަކައަށް ވައްޓާލާނެކަމާއި މީސްތަކުން އެވަގުތުވާނީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައިކަން އެކަލޭގެފާނުވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެކަން އެކަލޭގެފާނުގެ އުންމަތަށް ބަޔާންކޮށްދެއްވާ ޙަދީޘްކުރެއްވިއެވެ.
«وَنَبِيُّكُمْ قَائِمٌ عَلَى الصِّرَاطِ يَقُولُ: رَبِّ سَلِّمْ سَلِّمْ». [رواه مسلم (329 – (195))]
މާނައީ: “އަދި ތިޔަބައިމީހުންގެ ނަބިއްޔާ ޞިރާޠުމަގުގައި ހުންނަވާ ދަންނަވާނެއެވެ. “ރައްބެވެ! ސަލާމަތްކޮށްދެއްވާށެވެ. ސަލާމަތްކޮށްދެއްވާށެވެ.”
* އެންމެހާ މުސްލިމުންނޭވެ! ފަހެ، ﷲ ތަޢާލާ ވަނީ އެންމެހާ ފާފަތަކަށް އަރައިގަތުމާމެދު އިންޒާރުކުރައްވާފައެވެ. އަދި އެންމެހާ ފާފަތަކުން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَذَرُوا ظَاهِرَ الْإِثْمِ وَبَاطِنَهُ ۚ إِنَّ الَّذِينَ يَكْسِبُونَ الْإِثْمَ سَيُجْزَوْنَ بِمَا كَانُوا يَقْتَرِفُونَ﴾ [ سورة الأتعام ١٢٠]
މާނައީ: “ތިޔަބައިމީހުން ބޭރުފުށުގެ ފާފައާއި އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން ފާފަތައް ހޯދައިގަންނަ މީހުންނަށް އެބައިމީހުން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެއެވެ.”
އަދި އުންމަތުގެ މައްޗަށް ނަބިއްޔާ ﷺ ބިރުފުޅުގެން ވަޑައިގެންނެވި ކަންކަމުން ދުރުހެލިވުން ޙައްޤުކަން ބޮޑެވެ. އަދި އެކަލޭގެފާނު ވަޞިއްޔަތްކުރެއްވި ކަންކަމުގައި ކޮލު ދަތްތަކުން ހިފަހައްޓަން ޖެހެއެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، وَعَضُّوا عَلَيْهَا بِالنَّوَاجِذِ». [رواه أحمد (17144) وصححه الألباني في صحيح الترغيب والترهيب (37)]
މާނައީ: “ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާވެރި ބޭކަލުންގެ ގޮތުގައި، ތިޔަބައިމީހުންގެ ކޮލުދަތްތަކުން ހިފަހައްޓާށެވެ. (އެބަހީ: ވަރުގަދައަށް ހިފަހައްޓާށެވެ.)”
* ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ﴾ [سورة النور ٥٤]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރަސޫލާއަށްވެސް ކިޔަމަންވާށެވެ! ފަހެ، އެބައިމީހުން ފުރަގަސްދީ ހިނގައްޖެނަމަ، އެކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ އެކަލޭގެފާނާ މަތިކުރެއްވި ކަންތަކެވެ. (އެއީ ރަސޫލުކަން އިއްވެވުމެވެ.) އަދި ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިޔަބައިމީހުންނާ މަތިކުރެއްވި ކަންތަކެވެ. (އެއީ އީމާންވެ ކިޔަމަންގަތުމެވެ.) އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެއެވެ. ބަޔާންވެގެންވާ އިއްވެވުން މެނުވީ ރަސޫލާގެ މައްޗަކަށް ނުވެއެވެ.”
بارك اللَّه لي ولكم في القرآن العظيم، ونفعني اللَّه وإيَّاكم بما فيه من آيات والذكر الحكيم.
أقول قولي هذا، وأستغفر اللَّه لي ولكم ولجميع المسلمين من كل ذنب، فاستغفروه، {إِنَّهُ هُوَ الْغَفُورُ الرَّحِيم}.
ދެވަނަ ޚުޠުބާ
الحمد للَّهِ على إحسانه، والشكر له على توفيقه وامتنانه، وأشهد أن لا إله إلَّا اللَّه وحده لا شريك له تعظيماً لشأنه، وأشهد أنَّ نبيَّنا محمداً عبده ورسوله، صلى اللَّه عليه وعلى آله وأصحابه وسلَّم تسليماً مزيداً.
* އެންމެހާ މުސްލިމުންނޭވެ! އީމާންކަމުން މެނުވީ ނިޢުމަތްތައް ފުރިހަމަ ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي﴾ [سورة المائدة ٣]
މާނައީ: “މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ.”
އަދި އެންމެހާ މުސްލިމުންނަށް އަމުރުވެވިގެންވަނީ، ކޮންމެ ނަމާދެއްގައި ހިދާޔަތުދެއްކެވުން އެދި އެބައިމީހުންގެ ރައްބުގެ ޙަޟްރަތަށް ދެންނެވުމަށެވެ.
﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ [سورة الفاتحة ٦]
މާނައީ: “ސީދާވެގެންވާ ތެދުމަގަށް އަޅަމެންނަށް މަގު ދައްކަވާނދޭވެ.”
* އަދި މުއުމިނުންގެ މައްޗަށް އޮތީ މި ނިޢުމަތުން މަޙްރޫމު ވެދާނެތީ ނުވަތަ މި ނިޢުމަތަށް އުނިކަމެއް އަތުވެދާނެކަމަށް ބިރުވެތިވުމެވެ. ފަހެ، ނަބިއްޔާ ﷺ ދެއްކެވި ހިދާޔަތުގެ މަގަށާއި އެކަލޭގެފާނުގެ ސުންނަތަށް ތަބާވާށެވެ. އަދި ތިޔަބައިމީހުންނަށް އިންޒާރުކުރައްވާފައިވާ ކަންކަމުން ރައްކާތެރިވާށެވެ. އަދި ބިރުވެތިވުމަށް އަންގަވާފައިވާ ކަންކަމަށް ބިރުވެތިވާށެވެ. އެއީ އާޚިރަތްދުވަހު މީސްތަކުން ބިރުން އުޅޭއިރު އަމާންކަން ލިބުމަށްޓަކައެވެ. ފަހެ، ﷲ އާއި އެއިލާހުގެ ރަސޫލާ ﷺ އަށް ކިޔަމަންތެރިކަން އަދާކުރުމަކީ އަމާންކަމަށް އޮތް މަގެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ﴾ [سورة الأنعام ٨٢]
މާނައީ: “އެބައިމީހުންނަކީ އީމާންވެ ތިބެ، އެބައިމީހުންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ އެބައިމީހުންނަށެވެ. އަދި އެބައިމީހުންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.”
اللَّهمَّ صلِّ وسلِّم وبارك على نبيِّنا محمَّد، وارض اللَّهمَّ عن خلفائه الراشدين، الذين قضوا بالحق وبه كانوا يعدلون – أبي بكرٍ وعمرَ وعثمانَ وعليٍّ -، وعن سائر الصَّحابة أجمعين، وعنَّا معهم بجودك وكرمك يا أكرم الأكرمين.
اللَّهمَّ أعز الإسلام والمسلمين، وأذلَّ الشِّرك والمشركين، ودمَّر أعداءَ الدِّين، واجعل اللَّهمَّ هذا البلد آمناً مطمئناً رخاءً وسائر بلاد المسلمين.
{رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ}.
اللَّهمَّ أنت اللَّه لا إله إلَّا أنت، أنت الغني ونحنُ الفقراء، أنزل علينا الغيث ولا تجعلنا من القانطين.
اللَّهمَّ أغثنا، اللَّهمَّ أغثنا، اللَّهمَّ أغثنا.
{رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ}.
اللَّهمَّ وَفِّق إمامنا ووليَّ عهده لِمَا تحبه وترضى، وخذ بناصيتهما للبِّر والتقوى، وانفع بهما الإسلام والمسلمين.
عبادَ اللَّه:
{إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ}، فاذكروا اللَّه العظيم الجليل يذكركم، واشكروه على آلائه ونعمِه يزدكم، ولذكر اللَّه أكبر، واللَّه يعلم ما تصنعون.