[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِمَامُ الشَّاطِبِيُّ رحمه الله – 7

ޢަޤަދީ مذهب:

 

تَاجُ الدِّيْن السُّبْكِيّ { ފިޔަވާ އެއްވެސް ޢިލްމުވެރިއަކު އެކަލޭގެފާނުގެ ޢަޤީދާ ނިސްބަތްވެގެންވާ مذهبއެއް ބަޔާންކޮށްފައިވާކަން އެނގިފައެއް ނެތެވެ. طَبَقَاتُ الشَّافِعِيَّة الكُبْرَى ގައި تَاجُ الدِّيْن السُّبْكِيّ { ވިދާޅުވެފައިވަނީ ފެންފަފެނުމަށް الشاطبيއަކީ أَشْعَرِي ޢަޤީދާގެ ބޭފުޅެކެވެ.

 

ލިޔުއްވާފައިވާ ފޮތްތައް:

 

އެކަލޭގެފާނުވަނީ އެކި ފަންނުގެ ފޮތަތައް ލިޔުއްވާފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ قرآنގެ علمގެ ފޮތްތަކެވެ. އޭގެ ތެރޭގައި:

  • حِرُزُ الأَمَانِي وَوَجْهُ التَّهَانِي فِي القِرَاءَتِ السَّبْعِ. މި ފޮތަކީ الشَّاطِبِيَّةގެ ނަމުން މަޝްހޫރު ފޮތެވެ.
  • عَقِيْلَةُ أَتْرَابِ القَصَائِدِ فِي أَسْنَى المَقَاصِدِ. މިއީ ޢުޘްމާނީ ރަސްމުގެ ޢިލްމާއި ބެހޭ ފޮތެކެވެ.
  • نَاظِمَةُ الزُهْرِ فِي عَدِّ الآي.
  • نَظَمٌ فِي ظَاءَاتِ القُرْآنِ الكَرِيْمِ. ހިމެނެއެވެ.

حديث علمއަށް ބަލާލާއިރު اِبْنُ عَبْدُ البَرّ ގެ التَمْهِيْدُ ފޮތުގެ މައްޗަށް އެކުލެވޭ 500 ބައިތުގެ قصيدة އެއް قَصِيْدَةُ دَالِيَّة ގެ ނަމުގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން عرب ބަހާ ބެހޭ ދެ ފޮތެއްވެސް ލިޔުއްވިއެވެ. އެއީ:

  • نُظْمُ فِي مَوَانِعِ الصَّرْف.
  • روي عن الشاطبي شعر يسير في موضوعات شتى.

 

އަވަހާރަވުން:

 

އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 590ގެ جمادى الآخر މަހުގެ 28ވީ އާދިއްތަ ދުވަހުގެ عصر ނަމާދަށް ފަހުގައެވެ. އަދި ފަސްދާނު ލެވިފައިވަނީ ހޯމަ ދުވަހު، މުޤައްތަމް[1] އަވަށުގައިވާ القاضي الفاضلގެ ބިމެއްގައެވެ. އެކަލޭގެފާނަށް ކަށުނަމާދުކުރީ أَبُو إِسْحَاق (މަޝްހޫރު ނަމުންނަމަ العِرَاقِيّ) އެވެ. އެއީ އޭރު مصرގެ މިސްކިތުގެ އިމާމެވެ. އެކަލޭގެފާނު އަވަހާރަވީއިރު عمرފުޅަކީ 52 އަހަރެވެ.[2]

 


 

[1] މިއީ قاهرةގެ އިރު ދެކުނުގައި ވާ ފަރުބަދަމަތީ އަވަށެކެވެ.

[2] إنباه الرواة على أنباه النحاة للقفطي (4/162) އަދި طبقات الشافعية الكبرى، لتاج الدين السبكي (7/272): طبقات الفقهاء الشافعية (ص 666) ގައި أبو عمرو بن الصلاح ބަޔާންކޮށްފައިވަނީ އެކަލޭގެފާނު އަވަހާރަވީއިރު އުމުރުފުޅަކީ 55 އަހަރުކަމުގައެވެ. އެކަމަކު އުފަންވެފައިވަނީ هجري ސަނަތުން 538 ގައި ކަމާއި، އަވަހާރަވެފައިވަނީ ހިޖުރީ هجري 590 ގައި ކަމުގައިވެސް ބަޔާންކޮށްފައިވަނީވެސް ހަމަ މިފޮތުގައެވެ.

 

މި ލިޔުމުގެ އެހެންބައިތައް