[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِمَامُ الشَّاطِبِيُّ رحمه الله – 5

ޝައިޚުންނާއި އުސްތާޛުން:

 

އެކަލޭގެފާނަށް އުނގަންނަވައިދެއްވި ބޭފުޅުން ގިނަގުނައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ފާހަގަވެގެންވެއެވެ. އެގޮތުން އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ السَّخَاوِي رحمه الله ވިދާޅުވެފައިވެއެވެ. “الشَّيْخُ أَبُو الحَسَن بن هُذَيْل ގެ އަރިހުން ޤިރާއަތްތައް أَبُو القَاسِم އުނގެނިވަޑައިގެންނެވިއެވެ. އަދި أَبُو عَبْد اللهِ بِن أَبِي العَاصِ النَّفْرِيّ ގެ އަރިހުންވެސް އުނގެނިވަޑައިގެންނެވިއެވެ.”

އަދި ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެކަލޭގެފާނުގެ ކިޔެވުމުގެ سند ވަނީ އުންމަތުގެ ހަތް އިމާމުންނާ ހަމައަށް متّصل ކޮށެވެ. އަދި އެ ހަތް އިމާމުންގެ سند ވަނީ ރަސޫލުﷲ ﷺ އާ ހަމައަށް متّصل ކޮށެވެ.”[1] އެކަލޭގެފާނަށް އުނގަންނަވައިދެއްވި ބައެއް ބޭކަލުންގެ ތެރޭގައި އަންނަނިވި ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

  • أَبُو عَبْد اللهِ النَّفْرِيّ[2]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ مُحَمَّدُ بِن عَلِي بِن أَبِي العَاصِ أَبُو عَبْدِ اللهِ النَّفْرِيّ الشَّاطِبِيّއެވެ. މަޝްހޫރު ނަންފުޅަކީ اِبْنُ اللَايُهْއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 550 އައި 559 އަކާއި ދެމެދުގެ އަހަރެއްގައެވެ.
  • اِبْنُ هُذَيْل[3]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ أَبُو الحَسَن عَلِي بِن مُحَمَّد بِن عَلِي بنِ هُذَيْل البَلَنْسِيّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 564ގައެވެ.

الشَّيْخ أَبُو الحَسَنِ بنِ هُذَيْل رحمه الله ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން ޤާރީ أَبُو مُحَمَّدٍ القَاسِمُ بنُ فِيْرُّه بنِ أَبي القَاسِمِ الرُّعَيْنِيُّ އަށް، ﷲ ގެ މަދަދުވެރިކަން ދެއްވާ، އެކަލާނގެއަށް ކިޔަމަންތެރިވާ މީހެއްކަމުގައި ލައްވާ، ކާމިޔާބީއާއި އެހީތެރިކަން ދެއްވާށިއެވެ. އެކަލޭގެފާނުވަނީ ފާތިޙާ ސޫރަތުން ފެށިގެން ކީރިތި ޤުރުއާން ނިމެންދެން، ހަތް مَذْهبގެ އިމާމުންގެ ކިޔެވުން ތިމަންކަލޭގެފާނަށް ކިޔައިދެއްވާފައެވެ.”

  • اِبْنُ حميد[4]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ أَبُو مُحَمَّدُ بِن جَعْفِر بِن حمِيْد أَبُو عَبْدُالله الأُمَوِي البَلَنْسِيّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 586ގައެވެ.
  • اِبْنُ النِعْمَة البَلَنْسِيّ[5]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ عَلِي عَبْدُالله بِن خَلَف بِن النِعْمة أَبُو الحَسَن الأَنْصَاريّ البَلَنْسِيّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 567ގައެވެ.
  • أَبُو عَبْدُالله الإِشْبِيْلِيّ[6]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ مُحَمَّدُ بِن يُوْسُف بِن سُعَادة أَبُو أَبُو عِبْدُالله الإِشْبِيْلِيُّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 600ގައެވެ.
  • اِبْنُ عَاشِر الأَنْصَارِيّ[7]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ أَبُو مُحَمَّدُ عَاشِر بِن مُحَمَّد عَاشِر بِن خَلَف الأَنْصَاريّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 567ގައެވެ.
  • أَبُو طَاهِر السَّلَفِيّ[8]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ أَحْمَدُ بِن مُحَمَّد بِن أَحْمَد أَبُو طَاهِر السَلَفِيُّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 576ގައެވެ.
  • أَبُو القَاسِم بِن حُبَيْش[9]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ عَبْدُ الرَحْمَن بِن مُحَمَّدُ بِن عِبْدُالله ابن حُبَيْش أَبُو القَاسِم الأَنْدِلُسِيّ الأَنْصَاريّ المرسيّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 584ގައެވެ.
  • أَبُو الحُسَيْن العُمَريّ[10]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ عَلِيْم بِن عَبْد العَزِيْز بِن عَبْد الرَحْمَن اِبْنُ هَانِي العُمَرِيއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 564ގައެވެ.
  • اِبْنُ الفرس[11]: އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ أَبُو عَبْدالله مُحمَّد بِن عِبْد الرَحِيْم الخَزْرَجِيُّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 567ގައެވެ.

އަދި މި ނޫނަސް ގިނަ ޢިލްމުވެރިންގެ ގާތުން الشاطبيވަނީ އެކި ފަންނުގެ علم ތައް ޙާޞިލުކުރައްވާފައެވެ.

 

ދަރިވަރުން:

 

އެކަލޭގެފާނުގެ ދަރިވަރުންގެ ލިސްޓަކީވެސް ކުރު ލިސްޓެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންނަކީ:

  • أَبُو الحَسَن عَلِي بِن مُحَمَّد بِن عَبْد الصَّمَد السَّخَاوِيّ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 643ގައެވެ.[12]
  • أَبُو عَبْدُ الله مُحَمَّد بِن عُمَر القُرْطُبِيّ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 631ގައެވެ.[13]
  • الكَمَالُ عَلِيّ بِن شُجَاع بِن سَالِم الضَّرِيْر المَصْرِي صَهْر الشَّاطِبِيّ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 661ގައެވެ.[14]
  • عَلِيُّ بِن مُحَمَّد بِن مُوْسَى التجيبيّ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 626ގައެވެ.[15]
  • أَبُو عَمْرُو عُثْمَان بِن عُمَر بِن أَبِي بَكْر الكُرْدِيّ. މަޝްހޫރު ނަމުންނަމަ اِبْنُ الحَاجِبއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 646ގައެވެ.[16]
  • عَلِي بِن هِبَة الله بِن سَلَامَة أضبُو الحَسَن اللخميّ. މަޝްހޫރު ނަމުންނަމަ اِبْنُ الجمّيزيّއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 649ގައެވެ.[17]
  • مُحَمَّد بِن مُحَمَّد بِن وضاح اَبُو بَكْر اللخميُّ الأَنْدَلُسِيّ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 634ގައެވެ.[18]
  • عَبْدُ الرَحْمَن بِن أضبِي القَاسِم الأَزَدِيّ التُوْنُسِيّ. މަޝްހޫރު ނަމުންނަމަ اِبْنُ الحَدَّادއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 625ގައެވެ.[19]
  • عَبْدُ الله بِن مُحَمَّد بِن عَبْد الوَارِث مُعِيْنُ الدِّيْن الأَنْصَارِيّ. މަޝްހޫރު ނަމުންނަމަ اِبْنُ فار اللبنއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 664ގައެވެ.[20]
  • الزين مُحَمَّد بِن عُمِر الكُرُدِيّ. އެކަލޭގެފާނު އަވަހާރަވެފައިވަނީ هجري ސަނަތުން 628ގައެވެ.[21]

 


 

[1] فتح الوصيد في شرح القصيد؛ للشيخ علم الدين أبي الحسن محمد السخاوي (13).

[2] غاية النهاية في طبقات القرآء، لابن الجزري (2/204).

[3] غاية النهاية في طبقات القرآء، لابن الجزري (1/573-574).

[4] غاية النهاية في طبقات القرآء، لابن الجزري (2/108).

[5] غاية النهاية في طبقات القرآء، لابن الجزري (1/553).

[6] غاية النهاية في طبقات القرآء، لابن الجزري (2/288).

[7] غاية النهاية في طبقات القرآء، لابن الجزري (2/20).

[8] غاية النهاية في طبقات القرآء، لابن الجزري (1/102-103).

[9] غاية النهاية في طبقات القرآء، لابن الجزري (1/378) (2/20).

[10] غاية النهاية في طبقات القرآء، لابن الجزري (1/378) (2/20).

[11] الديباج المذهب في معرفة علماء أعيان المذهب، لابن فرحون (2/261-262).

[12] سير أعلام النبلاء، للذَهَبي (23/122).

[13] غاية النهاية في طبقات القرآء، لابن الجزري (2/219).

[14] غاية النهاية في طبقات القرآء، لابن الجزري (1/544).

[15] غاية النهاية في طبقات القرآء، لابن الجزري (1/576).

[16] غاية النهاية في طبقات القرآء، لابن الجزري (1/508).

[17] غاية النهاية في طبقات القرآء، لابن الجزري (1/583).

[18] غاية النهاية في طبقات القرآء، لابن الجزري (2/258).

[19] غاية النهاية في طبقات القرآء، لابن الجزري (1/366).

[20] غاية النهاية في طبقات القرآء، لابن الجزري (1/453).

[21] غاية النهاية في طبقات القرآء، لابن الجزري (2/216).

 

މި ލިޔުމުގެ އެހެންބައިތައް