[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ފޮތް : އީމާންކަމުގެ ރުކުންތައް

الحمد لله وحده، والصلاة والسلام على من لا نبي بعده، وعلى آله وصحبه  أما بعد:

 

މިފޮތަކީ ދިވެހިބަހުން ކިޔަވަން ފަށާ ކުދިންނަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

ކުޑަކުދިންނަށް ހެޔޮ ބިންގަލެއް އަޅާދިނުމަކީ މައިންބަފައިންނާއި މުރައްބީންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އެކަމަށްޓަކައި ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެކަމުގައި ގަދަ އަޅާ މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. އަދި މުޅި މުޖުތަމަޢުގެ ޢާންމު ޒިންމާއެއްވެސްމެއެވެ.

އަދުގެ މުޖުތަމަޢުގައި ކުޑަކުދިންނާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮތްތަކުގައި، އިސްލާމީ ތަޢުލީމާ ތަރުބިއްޔަތާ ޚިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރެވެމުން ދާތީ އަދި އެކަމުގެ ދަތިކަން މުޅި މުޖުތަމަޢަށް ފޯރަމުން ދާތީ، އަޅުގަނޑުމެން ޤަޞްދުކޮށްފައިވާނީ އިސްލާމީ ތަރުބަވީ މަންހަޖުގައި މިފަދަ ފޮތްތައް ތައްޔާރުކުރުމަށެވެ.

ދުޢާއަކީ ﷲ ތަޢާލާ އަޅަމެންގެ މިމަސައްކަތުގައި ބަރަކާތްލައްވާ މިކަމުގެ ފައިދާ ގިނަބަޔަކަށް ވާސިލުކޮށްދިނުމެވެ.

 

 

ފޮތުގެ ނަން އީމާންކަމުގެ ރުކުންތައް
ޞަފްޙާގެ ޢަދަދު  16 ޞަފްޙާ – A5 ސައިޒް
ފައިލް ސައިޒް 1.47 mb

 

ފޮތް ޑައުންލޯޑު ކުރެއްވުމަށް