[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 23

އިންސާނާ ކުރާ ޢަމަލުތައް ލިޔުއްވުން؛

އިންސާނާ ކުރާ އެންމެހާ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ތިއްބަވާކަމަށާއި އެބޭކަލުން އެ އިންސާނާ ކުރާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިޔުއްވާކަން ބަޔާންކުރައްވާ، ކީރީތި ޤުރްއާނުގައި ވާރިދުވެގެންވެއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ﴾ الزخرف: ٨٠

މާނައަކީ [ނުވަތަ އެއުރެން ހީކުރަނީ، އެއުރެންގެ ސިއްރު ވާހަކަތަކާއި، އެއުރެންގެ ސިއްރު ސައްލާތައް ތިމަންއިލާހު އައްސަވާވޮޑިގެން ނުވާކަމަށް ހެއްޔެވެ؟ އެހެނަކުން ނޫނެވެ. (އައްސަވާ ވޮޑިގެންވަމެވެ.) އަދި އެއުރެންގެ ގާތަށް، ތިމަންއިލާހު ފޮނުއްވާފައިވާ މަލާއިކަތުން އެކަންތައް ލިޔުއްވައެވެ.]

﴿وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا﴾ الإسراء: ١٣

މާނައަކީ [އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުރި ޢަމަލު އޭނާގެ ކަރުގައި ތިމަން އިލާހު އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަންއިލާހު އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނުއުޅާލެވިގެންވާ ޙާލު އޭނާ ދެކޭނެއެވެ.]

އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއަކީ، ﷲ ތަޢާލާވަނީ އާދަމުގެ ދަރީން ކުރާ އެންމެހާ ޢަމަލުތަކާއި، ދައްކާ އެންމެހާ ވާހަކަތައް ލިޔުއްވުމަށްޓަކާ މަލާއިކަތުން ލައްވާފައިކަން ޤަބޫލުރުކުރުމެވެ.

 

އިންސާނާ ރައްކާތެރިކުރުން؛

ﷲ ތަޢާލާ އަކީ އެންމެހާ މަޚްލޫޤުންނަށް ރަޙްމާންވަންތަ އިލާހެވެ. އަދި ވަކިން ޚާއްޞަކޮށް މުއުމިނުންނަށް ރަޙީމްވަންތަ އިލާހެވެ. އެގޮތުން އާދަމުގެ ދަރިންގެ ޙިމާޔަތުގައި މަލާއިކަތުން ލައްވާފައިވެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ﴾ الطارق: ٤ މާނައަކީ [އެއްވެސް ނަފްސެއް، އެ ނަފްސެއްގެ މައްޗަށް ރައްކާތެރިވާނޭ މަލާއިކަތެކު ނެތިއެއް ނުވެއެވެ.]

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً﴾ الأنعام: ٦١ މާނައަކީ [އަދި އެ އިލާހުއީ، އެއިލާހުގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. އެ އިލާހު ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރައްވަނިވި މަލާއިކަތުން ފޮނުއްވައެވެ.]

 


 

މިލިޔުމުގެ އެހެން ބައިތައް