-
ބައްޕަ ދަރިފުޅަށް ކޮށްދޭ ދުޢާއާއި ރޯދަވެރިޔާއާއި ދަތުރުވެރިޔާގެ ދުޢާ
((ثَلَاثُ دَعَوَاتٍ لَا تُرَدُّ، دَعْوَةُ الْوَالِدِ، وَدَعْوَةُ الصَّائِمِ، وَدَعْوَةُ الْمُسَافِرِ))
[رواه البيهقي (6392)، وصححه الألباني في سلسلة الأحاديث الصحيحة (1797)]
މާނައީ: “ރައްދު ނުކުރައްވާ ތިން ދުޢާއެއް ވެއެވެ. (އެއީ) ބައްޕަގެ ދުޢާއާއި ރޯދަވެރިޔާގެ ދުޢާ އަދި ދަތުރުވެރިޔާގެ ދުޢާއެވެ.”
-
ބައްޕަ ދަރިފުޅަށް ކުރާ ބަދުދުޢާ
((ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ: دَعْوَةُ الْمَظْلُومِ، وَدَعْوَةُ الْمُسَافِرِ، وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ))
[رواه البخاري في الأدب المفرد (481)، والترمذي (3448)، وصححه صحيح الجامع الصغير (3030)]
މާނައީ: “އިޖާބަކުރައްވާ ތިން ދުޢާއެއް ވެއެވެ. (އެއީ) އަނިޔާ ލިބިފައިވާ މީހާގެ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާ އަދި ބައްޕަ ދަރިފުޅަށް ކުރާ ބަދުދުޢާއެވެ.”
-
ޞާލިޙު ދަރިއަކު މައިންބަފައިންނަށް ކޮށްދޭ ދުޢާ
((إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ))
[رواه مسلم 14 – (1631)]
މާނައީ: “އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަޤާތެއް ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ ޞާލިޙު ދަރިއެއް އޭނާއަށްޓަކައި ކޮށްދޭ ދުޢާ ފިޔަވައެވެ.”
-
ރޭގަނޑު ހޭލެވުމުން
((مَنْ تَعَارَّ مِنَ اللَّيْلِ، فَقَالَ: لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ، ثُمَّ قَالَ: اللَّهُمَّ اغْفِرْ لِي، أَوْ دَعَا، اسْتُجِيبَ لَهُ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلاَتُهُ))
[رواه البخاري (1154)]
މާނައީ: “ރޭގަނޑު ހޭލާފައި،
لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ
[ދުޢާގެ މާނައީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. އެންމެހާ ޙަމްދު ވަނީ ﷲ އަށެވެ. އަދި ﷲ ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި ހުރިހާ އެއްޗަކަށްވުރެ ﷲ ބޮޑެވެ. އަދި ހެޔޮކަމެއް ކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އެއިލާހު ޙަޟްރަތުން މެނުވީ ނުވެއެވެ.”]
މިފަދައިން ކިޔާ، ދެން އެއަށްފަހު،
اللَّهُمَّ اغْفِرْ لِي
[ދުޢާގެ މާނައީ: “އޭﷲ މިއަޅާގެ ފާފަފުއްސަވާނދޭވެ.”]
މިފަދައިން ކިޔައިފިމީހަކު ނުވަތަ ދުޢާކޮށްފިމީހަކު ދަންނައެވެ. އޭނާއަށް އިޖާބަކުރެވޭނެއެވެ. ފަހެ، އޭނާ ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ޤަބޫލުކުރެވޭނެއެވެ.”
= ނިމުނީ =
___________________________________