7 – ޝަހާދަތުގެ ދެކަލިމައަށާއި އިސްލާމްދީނުގެ ޝިޢާރުތަކަށް ގޮވާލުން ނަންގަނެފައިވާ ބާބު
29 – (19) حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَأَبُو كُرَيْبٍ، وَإِسْحَاقُ بْنُ إِبْرَاهِيمَ، جَمِيعًا عَنْ وَكِيعٍ، قَالَ أَبُو بَكْرٍ: حَدَّثَنَا وَكِيعٌ، عَنْ زَكَرِيَّاءَ بْنِ إِسْحَاقَ، قَالَ: حَدَّثَنِي يَحْيَى بْنُ عَبْدِ اللهِ بْنِ صَيْفِيٍّ، عَنْ أَبِي مَعْبَدٍ، عَنِ ابْنِ عَبَّاسٍ، عَنْ مُعَاذِ بْنِ جَبَلٍ، قَالَ أَبُو بَكْرٍ: رُبَّمَا قَالَ وَكِيعٌ: عَنِ ابْنِ عَبَّاسٍ، أَنَّ مُعَاذًا، قَالَ: بَعَثَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الْكِتَابِ، فَادْعُهُمْ إِلَى شَهَادَةِ أَنَّ لَا إِلَهَ إِلَّا اللهُ وَأَنِّي رَسُولُ اللهِ، فَإِنْ هُمْ أَطَاعُوا لِذَلِكَ، فَأَعْلِمْهُمْ أَنَّ اللهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لِذَلِكَ، فَأَعْلِمْهُمْ أَنَّ اللهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ فِي فُقَرَائِهِمْ، فَإِنْ هُمْ أَطَاعُوا لِذَلِكَ، فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ».
މުޢާޛުގެފާނުގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم، ތިމަންކަލޭގެފާނު (ޔަމަނަށް) ފޮނުއްވަމުން ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ބައެއްގެ ގާތަށެވެ. ފަހެ، އެންމެ ފުރަތަމަ އެބައިމީހުންނަށް لَا إِلهَ إِلَّا اللَّهُ އަށާއި (އެބަހީ: ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި) ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމަށް ދަޢުވަތު ދެއްވާށެވެ. ފަހެ، އެކަމަށް އެބައިމީހުން އިޖާބަދީފިއްޔާ، ކޮންމެ ރެޔަކާއި ދުވާލު ފަސް ނަމާދު އެބައިމީހުންގެ މައްޗަށް ﷲ ފަރުޟުކުރެއްވިކަން އަންގަވާށެވެ. ފަހެ، އެކަމަށް އެބައިމީހުން އިޖާބަދީފިއްޔާ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟުކުރެއްވިކަން އަންގަވާށެވެ. އެއީ އެބައިމީހުންގެ ތެރެއިންވާ މުއްސަނދިންގެ އަތުން ނަގާފައި، އެބައިމީހުންގެ ތެރެއިން ފަޤީރުންނަށް ދެވޭނެ އެއްޗެކެވެ. ފަހެ، އެކަމަށް އެބައިމީހުން އިޖާބަދީފިއްޔާ، އެބައިމީހުންގެ އަގުބޮޑެތި، މޮޅެތި މުދަލުން ޒަކާތް ނެގުމުން ރައްކާތެރިވެލައްވާށެވެ. އަދި އަނިޔާ ލިބިފައިވާމީހާގެ ބަދުދުޢާއިން ސަލާމަތްވެލައްވާށެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ އެބަދުދުޢާއާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވެއެވެ.”
30 – (…) حَدَّثَنَا ابْنُ أَبِي عُمَرَ، حَدَّثَنَا بِشْرُ بْنُ السَّرِيِّ، حَدَّثَنَا زَكَرِيَّاءُ بْنُ إِسْحَاقَ، ح وحَدَّثَنَا عَبْدُ بْنُ حُمَيْدٍ، حَدَّثَنَا أَبُو عَاصِمٍ، عَنْ زَكَرِيَّاءَ بْنِ إِسْحَاقَ، عَنْ يَحْيَى بْنِ عَبْدِ اللهِ بْنِ صَيْفِيٍّ، عَنْ أَبِي مَعْبَدٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ مُعَاذًا إِلَى الْيَمَنِ، فَقَالَ: «إِنَّكَ سَتَأْتِي قَوْمًا» بِمِثْلِ حَدِيثِ وَكِيعٍ.
އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم، މުޢާޛުގެފާނު ޔަމަނަށް ފޮނުއްވަމުން ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ބައެއްގެ ގާތަށެވެ.” ވަކީޢުގެ ޙަދީޘްގައިވާ ފަދައިން ރިވާކުރެއްވިއެވެ.
31 – (…) حَدَّثَنَا أُمَيَّةُ بْنُ بِسْطَامَ الْعَيْشِيُّ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا رَوْحٌ وَهُوَ ابْنُ الْقَاسِمِ، عَنْ إِسْمَاعِيلَ بْنِ أُمَيَّةَ، عَنْ يَحْيَى بْنِ عَبْدِ اللهِ بْنِ صَيْفِيٍّ، عَنْ أَبِي مَعْبَدٍ، عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَمَّا بَعَثَ مُعَاذًا إِلَى الْيَمَنِ، قَالَ: «إِنَّكَ تَقْدَمُ عَلَى قَوْمٍ أَهْلِ كِتَابٍ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ عِبَادَةُ اللهِ عَزَّ وَجَلَّ، فَإِذَا عَرَفُوا اللهَ، فَأَخْبِرْهُمْ أَنَّ اللهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ، فَإِذَا فَعَلُوا، فَأَخْبِرْهُمْ أَنَّ اللهَ قَدْ فَرَضَ عَلَيْهِمْ زَكَاةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ، فَإِذَا أَطَاعُوا بِهَا، فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِهِمْ».
އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم، މުޢާޛުގެފާނު ޔަމަނަށް ފޮނުއްވަމުން ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ބައެއްގެ ގާތަށެވެ. ފަހެ، އެންމެ ފުރަތަމަ އެބައިމީހުންނަށް ﷲ عَزَّ وَجَلَّ އަށް އަޅުކަންކުރުމަށް ދަޢުވަތު ދެއްވާށެވެ. ފަހެ، އެބައިމީހުން ﷲ މަޢުރިފާކޮށް ދަނެއްޖެނަމަ، ކޮންމެ ރެޔަކާއި ދުވާލު ފަސް ނަމާދު އެބައިމީހުންގެ މައްޗަށް ﷲ ފަރުޟުކުރެއްވިކަން އަންގަވާށެވެ. ފަހެ، އެބައިމީހުން އެކަން ކޮށްފިނަމަ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟުކުރެއްވިކަން އަންގަވާށެވެ. އެއީ އެބައިމީހުންގެ ތެރެއިންވާ މުއްސަނދިންގެ އަތުން ނަގާފައި، އެބައިމީހުންގެ ތެރެއިން ފަޤީރުންނަށް ދެވޭނެ އެއްޗެކެވެ. ފަހެ، އެކަމަށް އެބައިމީހުން އިޖާބަދީފިއްޔާ، އެބައިމީހުންގެ (މުދަލުން) ޒަކާތް ނަންގަވާށެވެ. އަދި އެބައިމީހުންގެ އަގުބޮޑެތި، މޮޅެތި މުދަލުން ޒަކާތް ނެގުމުން ރައްކާތެރިވެލައްވާށެވެ.”
_______________________