[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ މުހިއްމު އަމުރު އަދި އެންމެ ބޮޑު ނަހީ – ދަލާއިލުއް ތައުޙީދި 12

17- ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ކުރައްވާފައިވާ އެންމެ މުހިއްމު އަމުރަކީ ކޮބާ؟ އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ނަހީކުރައްވާފައިވާ އެންމެ ބޮޑު ކަމަކީ ކޮބާ؟

ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް އަމުރުކުރައްވާފައިވާ އެންމެ މުހިއްމުކަމަކީ އަޅުކަންކުރުމުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި އެއިލާހު އަހަރެމެންނަށް ނަހީކުރައްވާފައިވާ އެންމެބޮޑުކަމަކީ އެއިލާހަށް ޝިރުކުކުރުމެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށްނޫން އެހެންފަރާތްތަކަށް އަޅުކަންކުރުމާއި ﷲ ސުބްޙާނަހޫ ވަތަޢާލާއާއި އެހެންފަރާތްތަކާ ބައިވެރިކުރުމެވެ. އަޅުކަމުގެ އެއްވެސް ވައްތަރެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް އަނބުރާލައިފި މީހާ އޭނާ އެހެން ރައްބެއް އަދި އިލާހެއް ޢައްޔަންކޮށްފިއެވެ. އަދި އެމީހާ ﷲ އާ ޝަރީކުކޮށްފިއެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =