[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ހެނދުނާއި ހަވީރުގެ ޛިކުރުތަކާގުޅޭ 31 ފައިދާ

 بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:

މި ފޮތަކީ؛ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ 31 ފައިދާއެއްގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى ޝާއިޢުކުރައްވާފައިވާ “31  فَائِدَةً فِيْ أَذْكَارِ الصَّبَاحِ وَالـمَسَاءِ” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى އަކީ އިސްލާމްދީނުގެ ޢިލްމު ފެތުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ތަފާތު ވީޑިއޯ ޕްރޮގްރާމްތަކުގެ އިތުރުން، ތަފާތު އެތައް މައުޟޫތަކަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ އެކި ސުވާލުތައް ތަފާތު އެތައް ބަހަކުން ގެނެސްދޭ islamqa.info ވެބްސައިޓުގެ ޖެނެރަލް ސްޕަވައިޒަރެވެ.

މި ފޮތުގައި ވަރަށް ކުރުކުރުކޮށް އަލިއަޅުވާލެވިފައިވާ މައުޟޫޢަކީ ޛިކުރުތަކާއި ޚާއްޞަގޮތެއްގައި ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ޙުކުމްތަކަށެވެ. މި ޛިކުރުތަކަކީ އެކިއެކި ދުޢާފޮތްތަކުގައްޔާއި، ފޯނުގެ އެޕްލިކޭޝަންތަކުގެ ޒަރީޢާއިން ވަރަށް ފަސޭހައިން ލިބެންހުރި ދުޢާތަކެކެވެ. އެހެންކަމުން، މި ފޮތުގައި ބޮޑަށް އަލިއަޅުވާލެވިފައިވާނީ ޛިކުރުތަކުގެ ޙުކުމްތަކާބެހޭގޮތުންނެވެ. މި ފޮތުގައިވާ ފައިދާތަކުގެ ސަބަބުން:

  • ޛިކުރުކުރުމުގެ މާތްކަމާއި، މަތިވެރިކަމާއި، ޛިކުރުކުރުމުގެ ފައިދާތައް އެނގިގެންދާނެއެވެ. މިކަމުގެ ސަބަބުން ޛިކުރުތައް ކުރުމުގެ ޝައުޤުވެރިކަން އިތުރުވެ، ހިތްވަރު ލިބިގެންދާނެއެވެ.
  • ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާނެ ވަގުތުތަކާއި، ޛިކުރުތައް ކިޔުމުގައި ސަމާލުކަންދޭންވީ ކަންކަން އެނގިގެންދާނެއެވެ.
  • ޛިކުރުކުރުމާގުޅޭ މުހިއްމު ޙުކުމްތަކެއް އެނގިގެންދާނެއެވެ. މިކަމުގެ ސަބަބުން ޛިކުރުތައް ކުރަންޖެހޭ އެންމެ ފުރިހަމަގޮތަށް ޛިކުރުތައް ކުރާނެ ގޮތްތައް އެނގިގެންދާނެއެވެ.

ދުޢާއަކީ؛ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި ފޮތުގެ މަންފާ ފޯރުކޮށްދެއްވުމެވެ. އަދި މަންފާކުރަނިވި ޢިލްމު އުނގަންނަވައިދެއްވައި، އެ ޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވުމެވެ. آمين!

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.

ފޮތުގެ ނަން: ހެނދުނާއި ހަވީރުގެ ޛިކުރުތަކާގުޅޭ 31 ފައިދާ

ތަރުޖަމާކުރީ:  އައްޝައިޚް މުޙައްމަދު ސިނާން

ޞަފްޙާގެ ޢަދަދު: 56 ޞަފްޙާ (A5 ސައިޒް).

ފައިލް ސައިޒް: 646 KB

ފޮތް ޑައުންލޯޑުކުރައްވާ