[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގައި ކިޔާ ޤުނޫތު 6

ތިންވަނަ ބައި

 

ޤުރުއާނާއި ސުންނަތުން ވާރިދުވެފައިވާ ބައެއް ދުޢާތައް

 

މިތަނުގައި މިބަޔާން ކުރަނީ ޤުނޫތުގެ ގޮތުގައި އިސްވެ ބަޔާންކޮށްފައިވާ ޤުނޫތެވެ. އަދި އެއަށް ފަހު ޤުރުއާނާއި ސުންނަތުން ޘާބިތު ބައެއް ދުޢާތަށް ގެނެސްފައިވާނެއެވެ. އެއީ ޤުނޫތު ކިޔާމީހާ ނުވަތަ އިމާމު އެއިގެ ތެރެއިން އެމީހަކު ބޭނުންވާ ދުޢާއެއް އިޚްތިޔާރު ކުރުމަށްޓަކައެވެ. ދުޢާގެ އެކަކަށް ބޭނުންކުރެވޭ ގޮތަށް ހުރި ލަފްޒުތައްވާނީ ޖަމާޢަތުގައި ދުޢާކުރާއިރު ބޭނުން ކުރެވޭ ގޮތަށް ބަދަލުގެނެސްފައެވެ.

 

 

    • «اللَّهُمَّ اهْدِنَا فِيمَنْ هَدَيْتَ، وَعَافِنَا فِيمَنْ عَافَيْتَ، وَتَوَلَّنَا فِيمَنْ تَوَلَّيْتَ، وَبَارِكْ لنا فِيمَا أَعْطَيْتَ، وَقِنَا شَرَّ مَا قَضَيْتَ، إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ»

    މާނައީ: އޭ ﷲ ! އިބައިލާހު ހިދާޔަތްދެއްކެވި މީސްތަކުންގެ ތެރޭގައި އަޅަމެންނަށްވެސް ހިދާޔަތްދައްކަވާންދޭވެ! އަދި އިބައިލާހު ޢާފިޔަތުދެއްވި މީސްތަކުންގެ ތެރޭގައި އަޅަމެންނަށްވެސް ޢާފިޔަތު ދެއްވާންދޭވެ! އަދި އިބައިލާހު ވާގިވެރިވެވޮޑިގެންނެވި މީސްތަކުންގެ ތެރޭގައި އަޅަމެންނަށްވެސް ވާގިވެރިވެވޮޑިގަންނަވާންދޭވެ! އަދި އިބައިލާހު ދެއްވި ތަކެތީގައި އަޅަމެންނަށްވެސް ބަރަކާތް ލައްވާންދޭވެ! އަދި އިބައިލާހު ނިންމެވި ކަމެއްގެ ނުބައިކަމުން މިއަޅާ ސަލާމަތްކޮށްދެއްވާންދޭވެ! ފަހެ އިބައިލާހުއީ ނިޔާކުރައްވާ ފަރާތެވެ. އަދި އިބައިލާހުގެ ނިޔާއާއި ޚިލާފަށް އެއްވެސް ފަރާތަކަށް ނިޔާއެއް ނުކުރެވޭނެއެވެ.  އަދި ހަމަކަށަވަރުން އިބައިލާހު ވާގިވެރިވެވޮޑިގެންފި މީހަކު ނިކަމެތި ނުވާ ހުއްޓެވެ. އަދި އިބައިލާހު އަދާވާތްތެރިވެވޮޑިގެންފި މީހަކު ޢިއްޒަތްތެރި ނުވާހުއްޓެވެ. އިބަ އިލާހުގެ ހެޔޮކަން އިތުރުވެވޮޑިގެންވެއެވެ. އަޅަމެންގެ ވެރި ރައްބު! އިބައިލާހު މަތިވެރިވެވޮޑިގެންވެއެވެ.”

 

  • «اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ اليَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا، وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الوَارِثَ مِنَّا، وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلَا تَجْعَلْ مُصِيبَتَنَا فِي دِينِنَا، وَلَا تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلَا مَبْلَغَ عِلْمِنَا، وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَرْحَمُنَا» [2]
    މާނައީ: އޭ ﷲ ! އިބަ އިލާހަށް ނުކިޔަމަންތެރިވުމުން އަޅަމެން މަނާކުރާނެ ބިރުވެރިކަމެއް އަޅަމެންނަށް ދެއްވާންދޭވެ. އަދި އިބަ އިލާހުގެ ސުވަރުގެއަށް އަޅަމެން ވާޞިލުކޮށްދޭނެ ކިޔަމަންތެރިކަމެއް އަޅަމެންނަށް ދެއްވާންދޭވެ. އަދި ދުނިޔޭގެ މުޞީބާތްތައް އަޅަމެންނަށް ފަސޭހަކޮށްދެއްވާނެ ޔަޤީންކަމެއް އަޅަމެންނަށް ދެއްވާންދޭވެ. އަދި އަޅަމެން ދިރިހުރިހައި ހިނދަކު އަޅަމެންގެ އިވުމާއި ފެނުމާއި ބާރު ދަމަހައްޓަވައި އަޅަމެން މަރުވެއްޖެއުމަށް ދާންދެން އެކަމުގެ ނިޢުމަތް ލަހައްޓަވާނދޭވެ! އަދި އަޅަމެންނަށް އަނިޔާވެރިވެ ގަތް ބައެއްގެ މައްޗަށް އަޅަމެންގެ ބަދަލުހިފުން ލައްވާންދޭވެ. އަދި އަޅަމެންނަށް ޢަދާވާތްތެރި ވެއްޖެ ބައެއްގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާންދޭވެ. އަދި އަޅަމެންގެ ދީނުގައި އަޅަމެން ފިތުނަވެރި ނުކުރައްވާންދޭވެ. އަދި އަޅަމެންގެ އެންމެ މުހިންމު ކަމަކީ މިދުނިޔެކަމުގައި ނުލައްވާންދޭވެ. އަދި އަޅަމެންގެ ލިބިފައިވާ އެންމެ މަތީ މިންވަރަކީ މިދުނިޔެ ކަމުގައި ނުލައްވާނދޭވެ. އަދި އަޅަމެންނަށް ރަޙުމުނުކުރާ މީހަކު އަޅަމެންގެ މައްޗަށް ވެރިނުކުރައްވާންދޭވެ.

 

    • ﴿رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ  [آل عمران: 16].

    މާނައީ: އަޅަމެންގެ ވެރި ރައްބު! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ.

  •  
    • ﴿رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ  [المؤمنون: 109].

    މާނައީ: އަޅަމެންގެ ވެރި ރައްބު! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބައިލާހީ رحمة ލައްވާ އެންމެ ހެޔޮ އިލާހެވެ.

  •  
    • ﴿ رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ  [آل عمران:147].

    މާނައީ: އަޅަމެންގެ ވެރި ރައްބު! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!

  •  
    • ﴿رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا  [الكهف: 10].

    މާނައީ: އަޅަމެންގެ ވެރި ރައްބު! އިބައިލާހުގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ.

  •  
    • ﴿رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْأِيمَانِ وَلا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَحِيمٌ  [الحشر: 10].

    މާނައީ: އަޅަމެންގެ ވެރި ރައްބު! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރި ރައްބު! ހަމަކަށަވަރުން، އިބައިލާހީ ނުހަނު އޯގާވަންތަ، رحيم ވަންތަ އިލާހެވެ.

  •  
    • ﴿ رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ * رَبَّنَا لا تَجْعَلْنَا فِتْنَةً لِلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ  [الممتحنة: 4 – 5].

    މާނައީ: އަޅަމެންގެ ވެރި ރައްބު! ހަމައެކަނި، އިބައިލާހަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބައިލާހުގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބައިލާހުގެ حضرة އަށެވެ.  އަޅަމެންގެ ވެރި ރައްބު! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރި ރައްބު! ހަމަކަށަވަރުން، އިބައިލާހީ عزيز ވަންތަ، حكيم ވަންތަ އިލާހެވެ.

  •  
    • ﴿ رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ  [آل عمران: 8].

    މާނައީ: އަޅަމެންގެ ވެރި ރައްބު! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބައިލާހުގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ ގިނަގުނަ نعمة ތައް ދެއްވާ އިލާހެވެ.

  •  
    • ﴿ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ  [البقرة: 201].

    މާނައީ: އަޅަމެންގެ ވެރި ރައްބު! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ.

 

    • ((اللهُمَّ اغفرْ لنا، وارْحَمْنا، واهْدِنا، وعَافِنا، وارْزُقْنا)) [3]

    މާނައީ: އޭ ﷲ ! އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި އަޅަމެންނަށް ރަޙްމަތް ލައްވާންދޭވެ! އަދި އަޅަމެންނަށް ހިދާޔަތު ދައްކަވާނދޭވެ! އަދި އަޅަމެންނަށް ޢާފިޔަތު ދެއްވާންދޭވެ! އަދި އަޅަމެންނަށް ރިޒްޤު ދެއްވާންދޭވެ!

 

    • ((اللهُمَّ إنَّا نسألك الهُدَى والتُّقَى والعَفَافَ والغِنَى)) [4]

    މާނައީ: އޭ ﷲ ! ހަމަކަށަވަރުން އިބައިލާހުގެ ހަޟްރަތުން ހިދާޔަތާއި ތަޤްވާވެރިކަމާއި ޢިއްފަތްތެރިކަމާ އަދި ފުދުންތެރިކަން ދެއްވުމަށް އެދި އަޅަމެން ދުޢާކުރަމެވެ.

 

    •  ((اللهُمَّ يا مُصَرّفَ القلوبِ صَرّفَ قُلُوبَنا على طاعتك)) [5]

    މާނައީ: އޭ ﷲ ! އިބައިލާހުއީ ހިތްތަށް ފުރޮޅުއްވަވާ އިލާހެވެ! އަޅަމެންގެ ހިތްތައް، އިބަ އިލާހަށް ކިޔަމަންތެރިކަމުގެ މައްޗަށް ފުރޮޅުއްވާންދޭވެ.

 

  • ((يا مُقَلِبَ القُلُوبِ ثَبِت قُلُوبَنا على دينك)) [6]

މާނައީ: އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! އަޅަމެންގެ ހިތްތައް އިބައިލާހުގެ ދީނުގެ މަތީ ޘާބިތުކުރައްވާނދޭވެ!

 

= ނުނިމޭ =

___________________

މިއީ الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.

އެހެނިހެން ބައިތައް

 

[1] رواه أبو داود في سننه برقم: (1425) وصححه الألباني.

[2] رواه الترمذي في سننه برقم: (3502) وحسنه الألباني.

[3]  رواه مسلم في صحيحه برقم: (2697)

[4] رواه مسلم في صحيحه برقم: (2721)

[5] رواه مسلم في صحيحه برقم: (2654)

[6] رواه الترمذي في سننه برقم: (2140) وصححه الألباني.