[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الإسراء

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު

ކީރިތި ޤުރުއާނުގެ އަގު ބަޔާންކޮށްދިނުން


 

މި ސޫރަތުގެ މުހިއްމު ނުކުތާތައް

 • ފޮތާއި ނުބުއްވަތު ބަނޫ އިސްރާއީލުންގެ ކިބައިން ޢަރަބިންނަށް ނަޤުލުވެއްޖެކަން ބަޔާންވެފައިވުން (2 ވަނަ އާޔަތާއި 3 ވަނަ އާޔަތް)
 • ބަނޫ އިސްރާއީލުން ތައުރާތާއި އިންޖީލަށް އިހުމާލުވެފައިވާކަން ބަޔާންވެފައިވުން (4 ވަނަ އާޔަތް)
 • މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތަށް ޤުރުއާން ވާޞިލުވެފައިވާކަން ބަޔާންވެފައިވުން (9ވަނަ އާޔަތް)
 • ޤުރުއާނުގައި އައިސްފައިވާ އެންމެހާ އަމުރުފުޅުތަކެއް އިންސާނީ ފިޠުރަތާއި ގުޅޭކަން ބަޔާންވެފައިވުން. މިޘާލަކަށް:
 • މައިންބަފައިންނަށް ކަމޭހިތުން
 • ޔަތީމުންނަށާއި ގާތްތިމާގެ މީހުންނަށް ކުލުނުވެރިވުން
 • އިސްރާފުކުރުމާއި ބަޚީލުކަން ނަހީވެގެންވުން
 • ޙައްޤަކާ ނުލާ މީހުންނާއި ދަރީން މެރުން ޙަރާމްވެގެންވުން
 • ޒިނޭ ޙަރާމްވެގެންވުން
 • މީސްތަކުންގެ މުދާ، ޚާއްޞަކޮށް ޔަތީމުންގެ މުދާ ޙުރުމަތްތެރިވެގެންވުން
 • ޢަހުދުތަކަށް ރައްކާތެރިވުން
 • މިނެކިރުމުގައި ޢަދުލުވެރިވުން
 • ތަވާޟުޢުވެރިކަން

(23 ވަނަ އާޔަތުން 38 ވަނަ އާޔަތަށް)

 • ކީރިތި ޤުރުއާނުގެ އަގު ބަޔާންކޮށްދިނުން
 • ކީރިތި ޤުރުއާނަކީ ޝިފާއެއް އަދި ރަޙްމަތެއް (82 ވަނަ އާޔަތް)
 • ކީރިތި ޤުރުއާނުގެ މަތިވެރިކަން (88 ވަނަ އާޔަތް އަދި 89 ވަނަ އާޔަތް)
 • ކީރިތި ޤުރުއާނުގެ ދައުރު (105 ވަނަ އާޔަތް އަދި 106 ވަނަ އާޔަތް)
 • ކީރިތި ޤުރުއާނަށް އީމާންވުމަށް ގޮވައިލައްވާފައިވުން. އަދި ކުރީގެ އުންމަތްތައް ފަދައިން ދެއްވުނު ފޮތްތަކަށް އިހުމާލުވުމުން ދުރުވުމަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތަށް ގޮވައިލައްވާފައިވުން (107 ވަނަ އާޔަތް އަދި 108 ވަނަ އާޔަތް އަދި 109 ވަނަ އާޔަތް)

 

މި ސޫރަތުގެ މުހިއްމު ފައިދާތައް

 • ހެޔޮ ޢަމަލަށް، ހެޔޮ ޖަޒާ އަދި ނުބައި ޢަމަލަށް ނުބައި ޖަޒާ ލިބޭނެކަން ބަޔާންކުރެއްވުން (7ވަނަ އާޔަތް)
 • 23 ވަނަ އާޔަތުން 38 ވަނަ އާޔަތަށް އައިސްފައިވާ އަމުރުފުޅުތައް ފެށިފައިވަނީ ތައުޙީދަށް ރައްކާތެރިވުމަށް ގޮވައިލެއްވުމުން. މި އަމުރުފުޅުތައް ނިމިފައިވަނީވެސް ތައުޙީދަށް ރައްކާތެރިވުމަށް ގޮވައިލެއްވުމުން.
 • އާދަމުގެ ދަރީންގެ މައްޗަށް ހުރި އިބިލީހުގެ ޢަދާވާތްތެރިކަން. މިއީ ޤަދީމީ ޢަދާވާތްތެރިކަމުގައިވެސް ބަޔާންވެފައިވެއެވެ. އެ އިބްލީހުގެ ސަވާރުންތަކެއް ވެއެވެ. އަދި އިބްލީހުގެ އަމުރަށް މީސްތަކުން މަގު ފުރައްދަން ފައިމަގުގައި އުޅޭ ބައެއްވެސް އުޅެއެވެ. އަދި އޭނާއަށް ހަތިޔާރުތަކެއް ލިބިގެންވެއެވެ. (މި ސޫރަތުގެ 62 ވަނަ އާޔަތާއި 64ވަނަ އާޔަތް)
 • ޤިޔާމަތްވުމުގެ ކުރިން ބަނޫ އިސްރާއީލުން އެންމެން އެއް ބިމެއްގައި ވަޒަންވެރިވާނެ. (104ވަނަ އާޔަތް)

__________________________

މަޞްދަރު: أول مرة أتدبر القرآن

 

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް