[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަލާއިކަތުން މަރުވާނެ ހެއްޔެވެ؟ 1

ސުވާލު:މަލާއިކަތުންވެސް މަރާ ބައްދަލުކުރަން ޖެހޭނެ ހެއްޔެވެ؟ އަދި މަލާއިކަތުންގެ ދެ ޖިންސު ވޭ ހެއްޔެވެ؟

 

ޖަވާބު:

ﷲ އަށް ޙަމްދުކުރަމެވެ.

ފުރަތަމައީ: މަލާއިކަތުންވެސް މަރާ ބައްދަލުކުރަން ޖެހޭނެ ހެއްޔެވެ؟

ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މަލާއިކަތުންވެސް، މަރާ ބައްދަލުކުރާނެ ބަޔެކެވެ.

އަދި ހަމަ އެހެންމެ މަރުގެ މަލާއިކަތާ (މަލަކުލް މައުތު)ވެސް މަރާ ބައްދަލު ކުރަން ޖެހޭނެއެވެ. ނަމަވެސް މިއީ ޞައްޙަ އަދި ޞަރީހަކޮށް އައިސްފައިވާ ނައްޞަކުން އެނގެން އޮތް ކަމެއް ނޫނެވެ. މި ދަލީލުތައް އައިސްފައިވަނީ އޭގައި ފުށުއެރުން އެކުލެވިގެންވާ ގޮތުގައެވެ. އަދި މި މައުޟޫޢުގައި ދަލީލުނަގާ މަޝްހޫރު ޙަދީޘަކީ، މުންކިރު ދަރަޖައިގައިވާ ޙަދީޘްއެކެވެ. [ضعيف الترغيب والترهيب رقم 2224]

މި މައުޟޫގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅު ހިމެނެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

﴿ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ﴾ [سورة القصص 88]

މާނައީ: “ﷲ ގެ ވަޖްހުފުޅު ނޫން ހުރިހާ ތަކެއްޗަކީ ނެތިވެ ފަނާވާނެ އެއްޗެކެވެ.”

މި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ.

“ﷲ ތަޢާލާ މި އާާޔަތުގައި ޚަބަރު ދެއްވާފައި މިވަނީ ހަމަކަށަވަރުން ދުނިޔޭގައިވާ ހުރިހާ އެއްޗަކީ މަރުވެ ނެތިގެންދާނެ އެއްޗެހި ކަމަށެވެ. އަދި އުޑުގެ އަހުލުވެރިންވެސް ހަމަ އެފަދައެވެ. ﷲ އިރާދަ ކުރެއްވި މަޚްލޫޤަކު މެނުވީއެވެ. ދީލަތިވަންތަ ﷲގެ ވަޖްހުފުޅު މެނުވީ އެދުވަހު ދިރިނުހުންނާނެއެވެ. ފަހެ އެކަލާނގެއީ އަވަހާރަވުމެއް ނުވާ، ދާއިމަށް ދިރިދެމިވެވޮޑިގެންވާ އިލާހެވެ.” [تفسير القرآن العظيم 4/273 [

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

﴿وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُمْ قِيَامٌ يَنْظُرُونَ﴾ [سورة الزمر 68]

މާނައީ:”ތާޅަފިލި ފުމެލައްވާ ހުއްޓެވެ. ދެން އުޑުތަކާއި، ބިމުތަކުގައި ވާހާ ބަޔަކު ހޭނެތި މަރުވެދާ ހުއްޓެވެ. ﷲ އިރާދަކުރެއްވި ބަޔަކު މެނުވީއެވެ. ދެން އަނެއް ފަހަރު ފުމެލައްވާ ހުށްޓެވެ. ފަހެ އެހާރުން ތެދުވެ (މަޙްޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ.”


عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ يَقُولُ: «اللهُمَّ إِنِّي أَعُوذُ بِعِزَّتِكَ، لَا إِلَهَ إِلَّا أَنْتَ، أَنْ تُضِلَّنِي، أَنْتَ الْحَيُّ الَّذِي لَا يَمُوتُ، وَالْجِنُّ وَالْإِنْسُ يَمُوتُونَ» [رواه البخاري ( 7383 ) ومسلم ( 2717 )]

އިބްނު ޢައްބާސް –رضي الله عنهما- ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާ ކަމުގައިވެއެވެ. “އޭﷲ! އިބައިލާހު މެނުވީ މިއަޅާ މަގުފުރެއްދޭނޭ އިލާހެއް ނުވެއެވެ. އިބައިލާހުގެ ޢިއްޒަތްވަންތަކަން މެދުވެރިކޮށް، މިއަޅާ އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އިބައިލާހީ އަވަހާރަވުމެއް ނުވާ، ދާއިމަށް ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ޖިންނީންނާއި އިންސީންނަކީ މަރުވާނެ ބަޔެކެވެ.”

= ނުނިމޭ =

_______________________

މަޞްދަރު

 

މިލިޔުމުގެ އެހެން ބައިތައް