[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަރަބިބަސް ކިޔެވުމަށް އެހީއެއް – 35 – ހަމްޒާ(ء) ލިޔުމުގެ ޤަވާޢިދު

ހަމްޒާ(ء) ލިޔުމުގެ ޤަވާޢިދު

 

 

 • (ޤަޠްޢީ) ހަމްޒާ ކަލިމާގެ ކުރީގައި ވާނަމަ ލިޔާގޮތް
 • ހަމްޒާގައި އަބަފިލި ނުވަތަ އުބިފިލި އޮވެއްޖެނަމަ ނަމަ ލިޔާނީ އަލިފު މަތީގައެވެ

 

 

 

 

 

 

 • ހަމްޒާގައި އިބިފިލި އޮވެއްޖެ ނަމަ ލިޔާނީ އަލިފުގެ ތިރީގައެވެ

 

 

 

 

 • ހަމްޒާ ކަލިމާގެ މެދުގައި ވާނަމަ ލިޔާނެ ގޮތް
 • ހަމްޒާ ކަލިމާގެ މެދުގައިވާނަމަ ހަމްޒާގެ އޮންނަ ފިއްޔާއި ހަމްޒާގެ ކުރީގައިވާ އަކުރުގެ ފިލި އަޅާ ކިޔުމަށްފަހު ދެ ފިލިންކުރެ ބާރުގަދަ ފިއްޔަކާއި މުނާސަބު (މައްދުގެ) އަނކުރެއްގައި ލިޔާނީއެވެ.
 • އެފިއްޔަކާ މުނާސަބުވާ އަކުރާއިއެކު ފިލިތަކުގެ ބާރުގަދަކަން ކަނާތުން ވާތަށް :

އެންމެ ބާރުގަދައީ އިބިފިލި ، މުނާސަބު އަކުރަކީ ޔާ (ئ) . ދެން ބާރުގަދައީ އުބުފިލި ، މުނާސަބު އަކުރަކީ ވާވު (ؤ) .އެއަށްފަހު އަބަފިލި، މުނާސަބު އަނކުރަކީ އަލިފު(أ). އެންމެ ބަލިކަށީ ސުކޫން.

 

 

 

(މިތާގައި ހަމްޒާގައި އޮތީ އިބިފިލިއެވެ އަދި އޭގެ ކުރީގައި އޮތް އަކުރުގައި އޮތީ އުބުފިއްޔެވެ ، ދެފިލިން ކުރެ ވަރުގަދައީ އިބިފިލިކަމުން ހަމްޒާ ލިޔެވެނީ އިބިފިލިއާ މުނާސަބުވާ އަކުރުކަމުގައިވާ ޔާ ގައެވެ ، سُ (ئِ) لَ = سُئِلَ )

އިތުރު މިސާލުތައް:

 

 

 

(ބާރުގަދައީ އުބުފިލި އެހެންކަމުން ލިޔެވޭނީ ވާވުގައި ،سُ (ؤَ) الَ = سُؤَالٌ)

 

 

 

 

(ބާރުގަދައީ އަބަފިލި އެހެންކަމުން ލިޔެވޭނީ އަލިފުގައި ،كَ (أْ) سٌ = كَأْسٌ)

 

 

 

(ބާރުގަދައީ އިބިފިލި އެހެންކަމުން ލިޔެވޭނީ ޔާގައި ،يَ (ئِ) سَ = يَئِسَ)

 

 

 

 

 

(ބާރުގަދައީ އިބިފިލި އެހެންކަމުން ލިޔެވޭނީ ޔާގައި ،بِ (ئْ) رٌ = بِئْرٌ)

 

 

 • ހަމްޒާ ކަލިމާގެ ފަހަތުގައި ވާނަމަ ލިޔާނެ ގޮތް
 • ހަމްޒާ ކަލިމާގެ ފަހަތުގައި އޮވެއްޖެނަމަ ލިޔާނީ ހަމްޒާގެ ކުރީގައި އޮތް އަކުރުގެ ފިއްޔާ މުނާސަބު (މައްދުގެ) އަކުރެއްގައެވެ.

 

 

 

 

 

 

(ހަމްޒާގެ ކުރީގައި އޮތް އަކުރުގައި ސުކުން އޮވެއްޖެނަމަ ލިޔާނީ ފޮޅުވަތް މަތީގައެވެ)

 • ކުރީގައި އަބަފިލި އޮވެއްޖެނަމަ ލިޔާނީ އަލިފު މަތީގައެވެ .

 

 

 

 

 • ކުރީގައި އުބުފިލި އޮވެއްޖެނަމަ ލިޔާނީ ވާވު މަތީގައެވެ .

 

 

 

 

 • ކުރީގައި އިބިފިލި އޮވެއްޖެނަމަ ލިޔާނީ ޔާ މަތީގައެވެ .

 

 

 

 

 • ކުރީގައި ސުކުން އޮވެއްޖެނަމަ ލިޔާނީ ފޮޅުވަތް މަތީގައެވެ.

 

 

 

 

(ނޯޓް : އިސްވެ ގޮސްފައި އެވަނީ ހަމްޒާ ލިޔުމުގެ ޢާއްމު ޤަވާޢިދެވެ ،އިސްތިސްނާވާ ޚާއްޞަ ޤަވާޢިދު ދެވަނަ ބައިގައި ގެނެސް ދޭނަން އިންޝާﷲ އަދި މިލިޔުމުގައި އަލިފް، ވާވު ،ޔާ މާނަކޮށްފައިވަނީ ރަސްމުގެ ގޮތުންނެވެ)

 

*****************************

download pdf

 

ޢަރަބިބަސް ކިޔެވުމަށް އެހީއެއް: އެހެންބައިތައް