އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“ޙަސަދަވެރިޔާއަކީ ﷲ ގެ ނިޢުމަތްތަކުގެ ޢަދާވާތްތެރިއެކެވެ. އަދި އެއިލާހުގެ އަޅުތަކުންގެ ޢަދާވާތްތެރިއެއްވެސް މެއެވެ. އަދި ﷲ ގެ ކޯފާއާއި މީސްތަކުންގެ ނުރުހުންތެރިކަން ޙައްޤުވާ މީހެކެވެ. އެފަދަ މީހުން ދުވަހަކުވެސް މަތިވެރި ނުވާނެއެވެ. އަދި މީސްތަކުންނަށް ހެޔޮ ފޯރުކޮށް ނުދޭނެއެވެ. ފަހެ ހަމަކަށަވަރުން މީސްތަކުންކުރެ މަތިވެރިވާހުށީ މީސްތަކުންނަށް އިޙްސާންތެރިވާ މީހުންނެވެ.” [1]
ފަހެ މާތް މީހަކު ޙަސަދަވެެރި ނުވާނެއެވެ. ޙަސަދަވެރިވަނީ މަތިވެރި ނުވެވިގެން އުޅޭ މީހުންނެވެ. ޙަސަދަވެރިޔާ އެ ޙަސަދަވެރިވާ ނިޢުމަތް، އެކަން ރައްދުވާ މީހާއަށް ﷲ ތަޢާލާ ދެއްވަފާނެއެވެ. އަދި އެއަށް ވުރެ އިތުރަށްވެސް ދެއްވަފާނެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“އެފަދަ މީހަަކު (އެބަހީ: ޙަސަދަވެރިއަކު) ﷲ ތަޢާލާ މީހަކަށް ދެއްވާ ނިޢުމަތަށް ނުރުހުމަކީ އެއީ ބަލިމަޑުކަމެކެވެ. ފަހެ އެނިޢުމަތް، އެކަން ރައްދުވާ މީހާއަށް ﷲ ތަޢާލާ ދެއްވަފާނެއެވެ. އަދި އެއަށް ވުރެ މަތިވެރި ގޮތެއްގައިވެސް ދެއްވަފާނެއެވެ. އަދި އެފަދަ މީހަކަށް އެއާ އެއްވަރުގެ އެހެން ނިޢުމަތެއްވެސް ދެއްވަފާނެއެވެ.” [2]
އެމީހެއްގެ ހިތުގައި އެހެން މީހަކަށް ޙަސަދައެއް އޮތް މީހަކު ދަންނައެވެ. ފަހެ ތަޤްވާވެރިކަމާއި ކެތްތެރިކަމުގެ ޒަރިއްޔާއިން އެމީހެއްގެ ނަފްސުން އެކަން ނައްތާލަން މަސައްކަތް ކުރާށެވެ.
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] بدائع الفوائد (2/462)
[2] مجموع الفتاوى (10/112)