ނުބައި އެކުވެރިންގެ ކިބައިންވާ ގެއްލުންތަކަކީ އެކި ގޮތްގޮތަށް އާލާވަމުންދާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم އެފަދަ މީހުންގެ މިޘާލު ޖައްސަވާފައިވަނީ “ކީރެއް” ގެންގުޅޭ މީހެއްގެ މިޘާލެވެ.
އޭނާގެ ކިބައިން ހުރިހާ ޙާލަތެއްގައިވެސް ތިބާއަށް އުނދަގޫ ފޯރާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«مَثَلُ الجَلِيسِ الصَّالِحِ وَالسَّوْءِ، كَحَامِلِ المِسْكِ وَنَافِخِ الكِيرِ، فَحَامِلُ المِسْكِ: إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الكِيرِ: إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً» [متفق عليه]
މާނައީ: “އެއް މަޖުލީސްކުރާ މީހުންކުރެ ޞާލިޙުންނާއި ނުރަނގަޅު މީހުންގެ މިޘާލަކީ އަތަރު ގެންގުޅޭ މީހަކާ “ކީރެއް” ގެންގުޅޭ މީހެއްގެ މިޘާލެވެ. ފަހެ އަތަރު ގެންގުޅޭ މީހާ ތިބާއަށް އޭނާގެ އަތަރު ދީފާނެއެވެ. ނުވަތަ ވިއްކަފާނެއެވެ. ނުވަތަ އޭނާގެ ކިބައިން ތިބާއަށް މީރުވަސް ދުވާނެއެވެ. އަދި ކީރު ގެންގުޅޭ މީހާގެ ސަބަބުން ތިބާގެ ހެދުން އަނދާފާނެއެވެ. ނުވަތަ އޭނާގެ ކިބައިން ނުބައިވަސް ދުވާފާނެއެވެ.” (“ކީރަކީ” އަލިފާން ރޯކުރުމަށް ފުމެން ބޭނުންކުރާ އެއްޗެކެވެ. ދިވެހި ބަހުގައި މިއަށް ކިޔަނީ ގިރުނބާއެވެ.)
ނުބައި އެކުވެރިންގެ ގެއްލުން، ފާޅުކަން ބޮޑު ގޮތެއްގައި އެންމެންނަށް ފޯރައެވެ. އަދި އަޅުކަންތައް ކުރުމުގައްޔާއި ހެޔޮ ޢަމަލުތަކުގައި ކަންނެތްވުމަށް އެފަދަ މީހުން ގޮވާލާނެއެވެ. އަދި ވާޖިބު ކަންތައްތަކުގައި ފަރުވާ ކުޑަކުރުމަށްވެސްމެއެވެ. އަދި ތިބާގެ މަތިވެރި ހިންމަތު އެފަދަމީހުން އެލުވާލާނެއެވެ. އަދި މަތިވެރިކަމަށް ތިބާ ނުއުފުލާނެއެވެ. އަދި ނޭދެވޭ ކަންކަމުން ތިބާ ދުރެއްވެސް ނުކުރާނެއެވެ.
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް