[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިތުނަތަކުން ދުރުވުން 3

ޝުބުހަތަކާއި ޝަހުވަތްތަކަށް ވަދެފައި ދެން ހިތް ރަނގަޅުކުރަން އެދޭނަމަ ދަންނައެވެ. އޭނާ އެއުޅެނީ ނުވާނޭކަމެއް ކުރަން ޤަޞްދުކޮށްގެންނެވެ. ފަހަރުގައި ކުރެވޭ ކުށެއްގެ ސަބަބުން ހަލާކުވެދާނެއެވެ. އަދި ފަރުވާކުޑަކުރާ މީހަކު އަތުނެޖެހޭ ހިސާބަށް ހިނގައިދާނެއެވެ. ނަފްސު އެދުންވެރިކުރުވި ވަރަކަށް އެދުންވެރި ވާނެއެވެ. ފަހެ އަމުރާއި ނަހީގެ ލަގަނުން އެ ހިފަހައްޓާށެވެ. ހަވާނަފްސުގެ މައްޗަށް ކެތްތެރިވެއްޖެ މީހަކަށް މޭވާ ކެނޑޭނެއެވެ.

ފިތުނައިގެ ސަބަބުތަކާއި އެ ނުކުންނަ ތަންތަނާ ދުރުހެލިވާށެވެ. ފަހެ އެއާ ގާތްވުމަކީ އިމްތިޙާނެކެވެ. އެ އިމްތިޙާނަށް ވަންނަ މީހަކު ސަލާމަތް ނުވުން ގާތެވެ. ޙިމާޔަތްކުރެވިފައިވާ ސަރަހައްދެއްގައި އުޅޭ މީހަކު އެތަނަށް ވެއްޓުން ގާތެވެ.

ޢިލްމުން ތިބާގެ ނަފްސު ރައްކާތެރިކުރާށެވެ. އަދި ރަނގަޅު އެކުވެރިން ޚިޔާރުކުރާށެވެ. އަދި ޙައްޤު މަގުގައި ހިނގާށެވެ. އަދި ހެޔޮ މަންހަޖުގައި ކުރިއަށްދާށެވެ. އަދި ތިބާގެ ޢަޤީދާ ރައްކާތެރިކުރުމުގައި މަސައްކަތްކުރާށެވެ.

ހަމަކަށަވަރުން އެއް ޢިލްމުވެރިއަކު އަނެއް ޢިލްމުވެރިއަކަށް ފިތުނަތަކުން ދުރުހެލިވުމަށް ވަޞިއްޔަތްކޮށް އުޅުއްވިއެވެ. އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ޝަހްވަތްތެރިކަމުގެ ލަޝްކަރާއި ޝުބުހަތަކުގެ ލަޝްކަރާމެދު ދަންނައެވެ. އެއްވެސް ހިތެއް އެއަށް ހުޅުވާލައިފިނަމަ ނުވަތަ ލެނބިއްޖެނަމަ އެ ހިތަށް އަޅައި ފުރާލާނެއެވެ. ދެން އޭނާގެ ދުލުންނާއި ގުނަވަންތަކުން ނުކުންނާނީ އޭގެ ނަތީޖާއެވެ. ފަހެ ހަމަކަށަވަރުން ބާޠިލު ޝުބުހަތައް ހިތަށް އަޅައިފިނަމަ އޭނާގެ ދުލުން ފޯދިގެން އަންނާނީވެސް ޝައްކާއި ޝުބުހައާއި ހަލާކުކުރަނިވި ކަންކަމެވެ.” [مفتاح دار السعادة (1 / 140)]

= ނިމުނީ  =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް