[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިތުނަތަކުން ދުރުވުން 2

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“އަޅާ، އޭނާގެ އަމިއްލަ ނަފްސު އިމްތިޙާނުގެ ތެރެއަށް އެއްލާލުމުން، ﷲ ތަޢާލާ، އޭނާގެ ނަފްސު އޭނާއަށް ދޫކޮށްލައެވެ.”

ވާޖިބުތައް އަދާކުރުމުގައި ފަރުވާ ކުޑަކުރުމާއި މުންކަރާތްތަކުގެ ފަހަތުން ދުވުމާއި ސުލޫކު ދަސްކުރުމަށް ޓީވީ ޗެނަލްތަކަށް ބަރޯސާވުމަކީ ހަލާކުގެ ތެރެއަށް އެއްލާލާ ކަމެކެވެ.

ފާފައިގެ ސަބަބުން ހިތް އަނދިރިވެއްޖެނަމަ ހެޔޮކަންތައްތައް ކުރުމަށް އޭނާއަށް ދަތިވެއެވެ. އަދި މުންކަރާތްތައް ބަލައިގަންނަން ފަސޭހަވެއެވެ. ވަޙީބާވައިލެއްވެމުން ދިޔަ ޒަނާމުގައިވެސް އަދި ޞަޙާބީ ބޭކަލުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ވަނިކޮށްވެސް އެބޭކަލުންނަށް ފިތުނަތައް މެދުވެރިވެދާނެތީ ނަބިއްޔާ صلى الله عليه وسلم ބިރުފުޅުގެންވަޑައިގެންނެވިއެވެ.

ފަހެ ޢުމަރު ބުން އަލްޚައްޠާބުގެ އަތްޕުޅުގައި ތައުރާތުގެ ބައެއް ވަނިކޮށް ނަބިއްޔާ صلى الله عليه وسلم އަށް ފެނިވަޑައިގަތުމުން އެކަލޭގެފާނުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި ޙަދީޘްކުރެއްވިއެވެ.

((أَمُتَهَوِّكُونَ فِيهَا يَا ابْنَ الْخَطَّابِ … وَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ مُوسَى كَانَ حَيًّا، مَا وَسِعَهُ إِلَّا أَنْ يَتَّبِعَنِي)) [رواه أحمد وحسنه الألباني]

މާނައީ: “ވިސްނާލުމެއް ނެތި ތިޔަކަމުގެ ތެރެއަށް ވެދެވަޑައިގެންނެވީ ހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ނަފްސުފުޅު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން މޫސާގެފާނު ދިރި ހުންނެވި ނަމަ، އެކަލޭގެފާނުވެސް ތިމަންކަލޭގެފާނަށް ތަބަޢަވެވަޑައިގެންނެވީހެވެ.”

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް