[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާތްﷲގެ ރިވެތި އިސްމުފުޅުތަކަށް ”އަލިވިލުމެއް” 3

ރިޒްޤާއި ގުޅުންހުރި ބައެއް އ ިސްމުފުޅުތައް

ރިޒްޤުދެއްވުމާއި ގުޅުންހުރި ބައެއް އިސްމުފުޅުތަކުގެ ތެރޭގައި الرازق، الرَّزَّاقُ، المنان އަދި الوهاب ހިމެނެއެވެ.

އެއިލާހީ الرَّزَّاقُ، ގިނަގިނައިން ރިޒްޤުދެއްވާ އިލާހެވެ.

ޝޫރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ [11] لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ [12] ﴾ [سورة الشورى]

މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ. [11] އުޑުތަކާއި ބިމުގެ (ޚަޒާނާތަކުގެ) ތަޅުދަނޑިތައް މިލްކުވެގެންވަނީ އެއިލާހަށެވެ. އެއިލާހު އިރާދަކުރެއްވި މީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައެވެ. އަދި އިރާދަކުރެއްވި މީހަކަށް ރިޒްޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެއިލާހީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ އެއިލާހެވެ[12].”

 

=ނުނިމޭ=

 

މިލިޔުމުގެ އެހެންބައިތައް