[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބު – 4

އަދި ޙަދީޘްގައިވެއެވެ.

«إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ» فسئل عنه فقال: «الرِّيَاءُ» [رواه أحمد وغيره]

މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުފުޅު ގަންނަނީ  ކުޑަ ޝިރުކަށެވެ. އެއާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “އެއީ ދެއްކުންތެރިކަމެވެ.” [އިމާމް އަޙުމަދު އަދި އެހެން ބޭކަލުންވެސް މިޙަދީޘްފުޅު ރިވާކުރެއްވިއެވެ.]

 

ސުވާލު 5:

– ދެއްކުންތެރިކަމަކީ ކޮބައި ހެއްޔެވެ؟

– ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ މައްޗަށް ކުޑަ ޝިރުކަށް (އެބަހީ: ދެއްކުންތެރިކަމަށް) އަރައިގަނެވިދާނެތީ ބިރުފުޅު ގެންވަޑައިގަތީ ކީއްވެ ހެއްޔެވެ؟

– މަތީގައި ބަޔާންކުރެވިފައިވާ ޙަދީޘް މިބާބާ (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބާ) ވާ ގުޅުމަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ؟

 

ޖަވާބު:

– “الرِّيَاءُ” (އެބަހީ: ދެއްކުންތެރިކަން) ނެގިފައިވަނީ “الرؤية” އިންނެވެ. (އެބަހީ : ފެނުމެވެ.) ދެއްކުންތެރިކަމަކީ އިންސާނާ ކުރާ ހެޔޮ ޢަމަލުތައް މީސްތަކުންނަށް ދެއްކުމަށްޓަކައި ކުރުމެވެ. އެހެޔޮ ޢަމަލުތައް ކުރަނީ މީސްތަކުންގެ ޙަމްދާއި، ސަނާއަށްޓަކައެވެ.

– ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ މައްޗަށް ކުޑަ ޝިރުކަށް (އެބަހީ: ދެއްކުންތެރިކަމަށް) އަރައިގަނެވިދާނެތީ ބިރުފުޅު ގެންވަޑައިގަތީ: އެއީ އެކަމަކީ ނަފްސު އެކަމަކަށް އެދޭ އަދި ލޯބިކުރާ ކަމެއްކަމަށް ވާތީއެވެ. އަދި ވަރަށް ފަސޭހައިން އިންސާނާއަށް ކުރެވޭ ކަމަކަށް ވާތީއެވެ.

– މިޙަދީޘް މިބާބާ (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބާ) ވާ ގުޅުން: އަޞްޙާބުބޭކަލުންގެ އީމާންތެރިކަމުގެ ފުރިހަމަކަމާއެކުވެސް، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ މައްޗަށް ކުޑަ ޝިރުކަށް (އެބަހީ: ދެއްކުންތެރިކަމަށް) އަރައިގަނެވިދާނެތީ  ބިރުފުޅުވަޑައިގަތެވެ. އެހެންކަމުން އަހަރެމެންގެ އީމާންތެރިކަން ބަލިކަށިކަމުގައިވާ ހާލު ކުޑަ ޝިރުކާއި ބޮޑު ޝިރުކަށް ބިރުވެތިވާން ޖެހެއެވެ.

(ނޯޓް: ހެޔޮ ޢަމަލު ކުރުމަށްފަހު އެވާހަކަ އެހެން މީސްތަކުން ގާތު ނުދެއްކުމާއި ސިއްރުން ހެޔޮޢަމަލުތައް ކުރުމީ ދެއްކުންތެރިކަމުން ދުރުހެލިވެވޭ ސަބަބުތަކެވެ. والله أعلم.)

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް