وَكُلُّ كَسْرِ الفَتَى فَالدِّينُ جَابِرُهُ * وَالكَسْرُ فِي الدِّينِ صَعْبٌ غَيْرُ مُلْتَئِمِ
އަދި ޒުވާނާއަށް ދިމާވާ ކޮންމެކަމެއްމެ ހަމަމަގަށް އަޅުވައިދޭނީ އޭނާގެ ދީނެވެ. އެހެނެއްކަމަކު ދީނީ ގޮތުން އަންނަ ގުޑުމަކީ ފަސޭހަކުރަން އުނދަގޫކަމެކެވެ.
دَعْ عَنْكَ مَا قَالَهُ العَصْرِيُّ مُنْتَحِلًا * وَبِالعَتِيقِ تَمَسَّكْ قَطُّ وَاعْتَصِمِ
އަދި ފަހުގެ މީހުން ތަޢާރަފުކުރި ޢިލްމުތަކުން ދުރުހެލިވާށެވެ. އިހުގެ ބޭކަލުންގެ ގޮތުގައި ހިފާށެވެ. އޭރުން ރައްކާތެރިކަން ލިބޭނެއެވެ.
مَا العِلْمُ إِلَّا كِتَابُ اللهِ أَوْ أَثَرٌ * يَجْلُو بِنُورِ هُدَاهُ كُلَّ مُنْبَهِمِ
ޢިލްމަކީ ﷲގެ ފޮތުގައިވާ އެއްޗެކެވެ. ނުވަތަ ޙަދީޘްބަސްފުޅެކެވެ. އޭގެ ނޫރުން ކޮންމެ ނޭނގުމަކުން ހިދާޔަތުލިބޭނެއެވެ.
مَا ثَمَّ عِلْمٌ سِوَى الوَحْيِ المُبِينِ وَمَا * مِنْهُ اسْتُمِدَّ، أَلَا طُوبَى لِمُغْتَنِمِ
ފާޅުވެގެންވާ ވަޙީއާއި އެއިން ކުރިފަޅައިގެން އައި ޢިލްމެއް ފިޔަވާ އެހެން ޢިލްމެއް ނުވެއެވެ. އެ ހޯދި މީހަކަށް ރަނގަޅުކަންވެއެވެ.[1]
وَالكَتْمَ لِلْعِلْمِ فَاحْذَرْ إِنَّ كَاتِمَهُ * فِي لَعْنَةِ اللهِ وَالأقْوَامِ كُلِّهِمِ
އަދި ޢިލްމު ފޮރުވުމުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެ ފޮރުވާ މީހަކަށް ﷲގެ ލަޢުނަތާ އެންމެހާ މީސްތަކުންގެ ލަޢުނަތްވެއެވެ.
وَمِنْ عُقُوبَتِهِ أَنْ فِي الْمَعَادِ لَهُ * مِنَ الجَحِيمِ لِجَامًا لَيْسَ كَاللُّجُمِ
އެކަމުގެ ޢުޤޫބާތަކީ ޤިޔާމަތްދުވަހު ނަރަކައިގައި އޭނާގެ ގައިގައި ލަގަނެއް އެޅުވުމެވެ. އެއީ އާދައިގެ ލަގަނަކަށް ނުވާނެއެވެ.
****************
މިއީ العلَّامة حافظ بن أحمد حكمي ـ رحمه الله ـ ލިޔުއްވާފައި އަލްމީމިއްޔާ އޭ ކިޔުނު ޅެމުން ނަގާފައިވާ ބައިތުތަކެކެވެ.
[1] ސުވަރުގޭގައިވާ ގަހަކަށްވެސް ޠޫބާއޭ ކިޔައެވެ.