[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގައިވާ ލުއި ފަސޭހަކަން

މިއީ 18 ރަބީޢުލްއާޚިރު 1439 ވީ ހުކުރު ދުވަހު މަސްޖިދުލް ޙަރާމްގައި ދެއްވި ޚުޠުބާގެ ޚުލާޞާ

 

ޚުޠުބާ ދެއްވީ: الشيخ عبد الرحمن السديس – حفظه الله  –

ޚުޠުބާގެ ޚުލާޞާ:

ފުރަތަމަ ޚުޠުބާ

 

 

إن الحمدَ لله، نحمدُك اللهم ربَّنا ونستعينُك ونستغفِرُك ونتوبُ إليك، ونُثنِي عليك الخيرَ كلَّه.

لك الحَمدُ تعظيمًا لوجهِكَ قائِمًا        وأنتَ إلهِي ما أحَقَّ وما أَحرَى

لك الحمدُ يا ذا الكِبريَاءِ ومَنْ يَكُنْ      بحمدِكَ ذا شُكرٍ فقد أَحرَزَ الشُّكْرَا

وأشهدُ أن لا إله إلا الله وحده لا شريك له خصَّنا بشريعةٍ ساميةِ الأحكام، وأشهدُ أن نبيَّنا وسيِّدَنا مُحمدًا عبدُ الله ورسولُه خيرُ الأنام، المبعوثُ بالسَّماحةِ والقِيَم العِظام، اللهم فصلِّ وبارِك وأنعِم على نبيِّنا مُحمدِ بن عبد الله الذي انتشَلَ البريَّة – بإذن ربِّه – مِن جاهليةٍ ضِرام، وعلى آله وصحبِه البَرَرة الكرام، أئمة الهُدى الأعلام، والتابعِين ومن تبِعَهم بإحسانٍ وصِدقٍ لا يُرام، وسلِّم يا ذا الفضلِ سلامًا أبدًا على الدَّوام ما تعاقَبَ النورُ والظلام.

* ޝަރުޢީ ނައްޞުތަކަށް ބަލާލުމުން އެއްވެސް ޝައްކެތްނެތި އެނގިގެންދަނީ، އިސްލާމްދީނުގައިވާ ޙުކުމްތަކާއި މަޤްޞަދުތަކުގައި އަޅުތަކުންގެ މަޞްލަޙަތުވާކަމެވެ. އޭގައިވަނީ އަޅުތަކުންނަށް ހެޔޮގޮތެވެ. އަދި ނުބައިކަންތައްތަކުން ރައްކާތެރިކޮށްދިނުމެވެ. އަދި ދީނާއި ދުނިޔޭގެ ކަންކަން ފަސޭހަ ކޮށްދިނުމެވެ.

* މީސްތަކުންނަށް އިސްލާމްދީނާމެދު ނުބައިކޮށް ވިސްނިފައިވާ ޒަމާނެއްގައި މިފަދަ މައުޟޫޢެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.

* ﷲ ތަޢާލާ އިސްލާމްދީން ޝަރުޢުކުރެއްވީ މީސްތަކުންނަށް ރަޙްމަތެއް ކަމުގައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ﴾ [الحج: 78]

މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެއިލާހު ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.”

* އިމާމް ޠަބަރީ رحمه الله ވިދާޅުވިއެވެ.

“ތިޔަބައިމީހުންގެ ރައްބު، ތިޔަބައިމީހުންގެ ދީނަކީ ދަތި އުނދަގޫ އެއްޗެއްކަމުގައި ނުލައްވައެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަށް ތަނަވަސް ކޮށްދެއްވިއެވެ. ފަހެ، ބައެއް ކަންކަމުން ނުކުންނާނެ މަގެއްކަމުގައި ތައުބާ ލެއްވިއެވެ. އަދި ބައެއް ކަންކަމުގައި ކައްފާރާ ލެއްވިއެވެ. އަދި ބައެއް ކަންކަމުގައި ޤިޞާޞް ލެއްވިއެވެ. ފަހެ، އިސްލާމްދީނުގައި (ދަތިކަމުން) ނުކުންނާނެ މަގެއްނެތް، ފާފާއެއް އެއްވެސް މުއުމިނަކަށް ނުކުރެވެއެވެ.”

* އިސްލާމީ ޝަރީޢަތުގައި މުބާހު ކަންތައްތަކުގެ ނިސްބަތުން ބަލާއިރު، ޙަރާމް ކުރައްވާފައިވާ ކަންތައްތައް ވަރަށް މަދެވެ. އިސްލާމްދީނުގައި ކަމެއް ޙަރާމް ކުރައްވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ﴾ [الأعراف: 157]

މާނައީ: “އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ.”

* ޟަރޫރީ ޙާލަތްތަކުގައި ޙަރާމްތަކެތިވެސް ހުއްދަވެގެންވެއެވެ. ޝަރީޢަތުގައި އައިސްފައިވާ ހުރިހާ ކަމެއްވަނީ އެއް ދަރަޖައިގައެއް ނޫނެވެ. އެހެނެއްކަމަކު ބައެއް ކަންކަމުގައި ވަރަށް ލުއި ޙުކުމްތައްވެސް ވެއެވެ. އެއީ ޙާލަތާއި ޒަމާނަށް ބެލުމަށްފަހުއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللَّهَ يُحِبُّ أَنْ تُؤْتَى رُخَصُهُ، كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ» [الإمام أحمد في “المسند”]

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ދެއްވާފައިވާ ލުއިކަމުގައި (މީސްތަކުން) ހިފުމަށް އެއިލާހު ލޯބިވެވޮޑިގެންވެއެވެ. އެއީ އެއިލާހު ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް (އެބައިމީހުން) އަރައިގަތުމަށް އެއިލާހު ނުރުހުންތެރިވެވޮޑިގަންނަވާ ފަދައިންނެވެ.”

* ދީނުގައިވާ ލުއިފަސޭހަ ކަންކަމުގެ ތެރޭގައި: ޚުއްފާއި (ހަށިގަނޑުން ތަނެއް ބިނދިގެން އަޅާ) ޕްލާސްޓަރުގައި ފެންފުހުމާއި، ފެން ނުލިބުމުން ތަޔައްމުމްކުރުމާއި، ބިމުގެ ވަކި ތަނެއް ޚާއްޞަނުވެ ކޮންމެ ތަނެއްގައިވެސް ނަމާދު ކުރުން ހުއްދަވުމާއި، ދަތުރުމަތީގައި ނަމާދު ޤަޞްރުކޮށް އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކުރުން ހިމެނެއެވެ.

* އިންޞާފުވެރި ނުވުމަކީ އަނިޔާވެރިކަމުގެ ތެރެއިންވާ ކަމެކެވެ. އިސްލާމްދީނުގައި ލުއިފަސޭހަކަންވަނީ އަޅުކަންތަކުގައި އެކަންޏެއް ނޫނެވެ. މުޢާމަލާތްތަކުގައިވެސް ލުއިފަސޭހަކަން ވެއެވެ.

އިމާމް ބުޚާރީ އެކަލޭގެފާނުގެ “ޞަޙީޙް” ގައި ޖާބިރު ބުން ޢަބްދުﷲ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«رَحِمَ اللَّهُ رَجُلًا سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى»

މާނައީ: “ގަނެވިއްކުމުގައި ފަސޭހަކުރާމީހާއަށާއި ތިބާގެ އަތުން މީހަކު ދަރަންޏަށް ނަގާފައިވާ އެއްޗެއް އަދާކުރުމަށް އެދޭއިރު މަޑުމައިތިރިކަމާއެދު އެދޭމީހާއަށް، އަދި ﷲ ތަޢާލާ ރަޙުމަތްލައްވާށިއެވެ.”

އަދި މުސްނަދު އިމާމް އަޙްމަދުގައި ޢުޘްމާން ބުން ޢައްފާން رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَدْخَلَ اللَّهُ رَجُلًا الْجَنَّةَ كَانَ سَهْلًا مُشْتَرِيًا وَبَائِعًا وَقَاضِيًا وَمُقْتَضِيًا»

މާނައީ: “ގަނެވިއްކުމުގައްޔާ އަދި ޙައްޤުހޯދާއިރާއި އެހެންމީހުންނަށްވާ ޙައްޤުއަދާކުރާއިރު، (މީސްތަކުންނަށް) ފަސޭހަކޮށް އުޅުނު މީހަކަށް، (އެކަމުގެ ސަބަބުން) ﷲ ތަޢާލާ، އޭނާ ސުވަރުގެއަށް ވެއްދެވިއެވެ.”

* ޢާންމު މުޢާމަލާތްތަކާ އެއްފަދައިން ދޭދޭ ފަރުދުންނާއި ދެމަފިރިންގެ ދެމެދުގައިވެސް މާފުކުރުމާއި، ކަންކަން ފަސޭހަކޮށްދީ ލުއިކޮށްދީ އަދި ހެޔޮގޮތުގައި ދިރިއުޅުމަށްވަނީ ބާރު އަޅުއްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَأَنْكِحُوا الْأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ وَاللَّهُ وَاسِعٌ عَلِيمٌ﴾ [النور: 32]

މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީރުން ކަމުގައިވާނަމަ، އެއިލާހުގެ ފަޟުލުވަންތަކަމުން، އެއިލާހު އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.”

* އިސްލާމްދީނުގައި ބާރުއަޅުއްވާފައިވަނީ ޢާއިލާތައް ރައްކާތެރިކުރުމަށެވެ. އަދި ފިރިހެނުންނަށް އަމުރުކުރައްވާފައިވަނީ އަންހެނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި އެންހެނުންނަށް އަމުރުކުރައްވާފައިވަނީ ފިރިންނަށް ކިޔަމަންތެރިވުމަށެވެ. އަދި ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހިއްޖެނަމަ، ޢާއިލާ ރޫޅި، ވަރިއާ ހަމައަށް ދިޔުމުގެ ކުރިން ދެފަރާތުގެ ޢާއިލާ މެދުވެރިކޮށް އެމައްސަލައެއް ހައްލުކުރުމަށް އަންގަވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا﴾ [النساء: 35]

މާނައީ: “އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެދެމީހުން ޤަޞްދުކުރާނަމަ، ﷲ، އެ ދެމީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހު ކަމުގައިވެއެވެ.”

* އިސްލާމްދީނުގައި އަދަބު ދިނުން އޮތީ ކުށްކުރި މީހާއަށް، އޭނާއެކުރި ކުށަކަށެވެ. އޭނާގެ މައިންބަފައިންނާއި، ދަރިންނާ އަދި އޭނާއާއެކު އުޅޭ މީހުންނަކަށް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى﴾ [الأنعام: 164]

މާނައީ: “ކޮންމެ ނަފްސެއްމެ، އެ ނަފްސެއް ހޯދައިގަތް ކަމެއް މެނުވީ، އެ ނަފްސެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ.”

* އިސްލާމްދީނުގައި ޢުޤޫބާތްދިނުމާއި ޢޫޤޫބާތް ތަންފީޛުކުރުމުގައި އަނިޔާވެރިވުންވަނީ ނަހީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَمَنْ قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ إِنَّهُ كَانَ مَنْصُورًا﴾ [الإسراء: 33]

މާނައީ: “އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންއިލާހު ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފުނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރުލިބިގެންވާ މީހެއް ކަމުގައިވިއެވެ.”

މަރާލެވުނުމީހާގެ ވަލީވެރިޔާއަށް ޤިޞާޞްހިފުން ނުވަތަ ދިޔަދިނުން ނުވަތަ ޢަފޫކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

* ސަލާމަތުގެ ވަގުތުގައި މާފުކުރުމާ އޯގާތެރިކަން ލައްވަފައިވާފަދައިން ހަނގުރާމައިގައިވެސް އެކަން ލައްވަފައިވެއެވެ. ހަނގުރާމައިގައި ޚިޔާނާތްތެރިވުމާ އަދި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި އަޅުވެރިންނާއި މުޢާހަދާކޮށްފައިވާ މީހުންނާއި އަމާންކަން ހޯދާފައިވާ މީހުންނާއި ޛިންމީން މެރުން ނަހީކުރައްވަފައިވެއެވެ.

* އިސްލާމްދީނުގެ ރިސާލަތަކީ މާފުކުރުމާއި ލުއިފަސޭހަކަމާއި ސަލާމަތްކަމުގެ ރިސާލަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ﴾ [البقرة: 185]

މާނައީ: “ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.”

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ مِلَّةَ أَبِيكُمْ إِبْرَاهِيمَ هُوَ سَمَّاكُمُ الْمُسْلِمِينَ مِنْ قَبْلُ وَفِي هَذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ فَنِعْمَ الْمَوْلَى وَنِعْمَ النَّصِيرُ﴾ [الحج: 78]

މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެއިލާހު ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ. ތިޔަބައިމީހުންގެ ބަފައިކަލުން، އިބްރާހީމުގެފާނުގެ މިއްލަތަށް ތިޔަބައިމީހުން ތަބަޢަވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މިޤުރުއާނުގައި ތިޔަބައިމީހުންނަށް މުސްލިމުންގެ ނަން ދެއްވީ އެއިލަހެވެ. (އެއީ) ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލަކުކަމުގައި ރަސޫލާ ވުމަށްޓަކައެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން ﷲ ގެ ދީނުގައި ގަދަޔަށް ހިފަހައްޓާށެވެ! އެއިލާހީ، ތިޔަބައިމީހުންނަށް ނަޞްރުދެއްވާ، އެހީތެރިވަންތަ އިލާހެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ އިލާހުގެ މޮޅުކަމާއެވެ! އަދި ނަޞްރުދެއްވާ އިލާހުގެ މޮޅުކަމާއެވެ!”

 

 

ދެވަނަ ޚުޠުބާ

 

الحمدُ لله لم يزَلْ بصِفاتِ الكمالِ مُتَّصِفًا، وبدلائِلِ ربوبيَّته وآلائِه إلى عبادِه مُتعرِّفًا، وأشهدُ أن لا إله إلا الله وحدَه لا شريكَ له شهادةَ مَن أقرَّ له بالتوحيدِ مُعتَرِفًا، ونزَّهَه عن الشِّرك ونفَى، وأشهدُ أن نبيِّنا مُحمدًا عبدُ الله ورسولُه أزكَى البريَّة محتِدًا وشرفًا، صلَّى الله عليه وعلى آلِه وصحبِه، والتابِعِين ومَن تبِعَهم بإحسانٍ وسارَ على نَهجِهم واقتفَى، وسلَّم تسليمًا كثيرًا.

* މުސްލިމުންގެ ކަންތައްތަކުގެ ތެރެއިން މިޒަމާނުގައި އެންމެ ބޮޑު ކަމަކަށް ވެފައި މިވަނީ އަސީރުކުރެވިފައިވާ، ބަރަކާތްލެއްވިގެންވާ މަސްޖިދުލްއަޤްޞާއާއި ޤުދުސްގެ މައްސަލައެވެ. އެތަން އަބަދުވެސްވާނީ މުސްލިމުންގެ ތަނަކަށެވެ. ދެކޮޅުވެރިން ދެކޮޅުވެރިވިޔަސް އަދި ކިބުރުވެރިން ކިބުރުވެރިވިޔަސް އެކަން އޮތީ އެހެންނެވެ.

* ފަހެ، އެންމެހާމީސްތަކުން ދަންނަންޖެހޭ ޙަޤީޤަތަކީ، އިންސާނިއްޔަތާ ގުޅުންހުރި ކަންކަމުގައި ހުރިހާ ޙާލެއްގައިވެސް ޢަދާލަތްތެރިކަމުގެ މީޒާނަށް ރުޖޫޢަވެގެން މެނުވީ، މިދުނިޔެ އިޞްލާޙު ނުވާނެކަމެވެ. އެހެންމީހަކަށްޓަކައި މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. އަދި އެހެންމީހަކަށްޓަކައި މީހެއްގެ ޙައްޤެއް ނިގުޅައިގަނެގެންވެސް ނުވާނެއެވެ. ތާރީޚުގައި މިކަމުގެ ޢިބްރަތްތައްވެއެވެ.

* އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ ސަބަބުން ކަންކަމުގައި ގަދައަޅާ މަސައްކަތްކުރުން ނަފީނުކުރެއެވެ. ޚާއްޞަކޮށް މުޤައްދަސް ތަންތަން ހިމާޔަތްކުރުމުގައެވެ. އަދި ނަޒާހާތްތެރިކަން ދެމެހެއްޓުމާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރުންފަދަ ކަންކަމުގައްޔާއި ހައްދުފަހަނައަޅާފައިވާ މީހުންނާ ދެކޮޅަށް މަސައްކަތްކުރުމުގައްޔާއި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ހުއްޓުވުމުގައްޔާ އަދި ވެބްސައިޓުތަކާއި އިންޓަނެޓުގައި ފަތުރާ ދޮގުތައް ހުއްޓުވުންފަދަ ކަންކަމުގައިވެސްމެއެވެ. އަދި ޤަދަރުވެރި މީހުންނާއި މުއައްސަސާތަކުގެ ބޮޑެތި މީހުންގެ ގަދަރުކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުންފަދަކަންކަމުގައިވެސްމެއެވެ. އަދި އަމާންކަން ނަގާލައި ހަމަނުޖެހުން އުފައްދައި މީސްތަކުން ބައިބައި ކުރާ މީހުން ހުއްޓުވުންފަދަ ކަންކަމުގައިވެސްމެއެވެ.

اللهم صلِّ على مُحمدٍ، وعلى آل مُحمدٍ، كما صلَّيتَ على إبراهيم، وعلى آل إبراهيم، إنك حميدٌ مجيد، وبارِك على مُحمدٍ، وعلى آل مُحمدٍ، كما بارَكتَ على إبراهيم، وعلى آل إبراهيم في العالَمين، إنك حميدٌ مجيد.

وارضَ اللهم عن خُلفائِه الراشِدين الأربعة: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن الصحابةِ والتابِعِين، ومن تبِعَهم بإحسانٍ إلى يوم الدين، وعنَّا معَهم برحمتِك يا أرحم الراحِمِين.

اللهم أعِزَّ الإسلام والمسلمين، وأذِلَّ الشركَ والمُشركين، ودمِّر أعداءَ الدين، واجعَل هذا البلدَ آمنًا مُطمئنًّا وسائِرَ بلادِ المُسلمين.

اللهم آمِنَّا في أوطاننا، وأصلِح أئمَّتنا ووُلاةَ أمورِنا، وأيِّد بالحقِّ إمامَنا خادمَ الحرمَين الشريفَين، اللهم وفِّقه وووليَّ عهدِه وأعوانَه وإخوانَه إلى ما فِيه صَلاحُ البِلاد والعِباد.

اللهم وفِّق قادةَ المُسلمين إلى تحكيمِ شرعِك، واتِّباع سُنَّة نبيِّك – صلى الله عليه وسلم -، اللهم اجعَلهم رحمةً على عبادِك المُؤمنين.

اللهم اغفِر للمُسلمين والمُسلِمات، وألِّف بين قلوبِهم، واهدِهم سُبُل السلام، وجنِّبهم الفواحِشَ والفتنَ ما ظهرَ منها وما بطَن.

اللهم اشفِ مرضانا ومرضَى المُسلمين، اللهم فُكَّ أسرَ المأسُورين، اللهم ارحَم موتانا وموتَى المُسلمين، اللهم اجعَل لنا وللمُسلمين مِن كل همٍّ فرَجًا، ومِن كل ضِيقٍ مخرَجًا، ومِن كل بلاءٍ عافِية.

اللهم احفَظ مُقدَّسات المُسلمين، اللهم احفَظ مُقدَّسات المُسلمين، اللهم احفَظ المسجِدَ الأقصَى المُبارَك، اللهم اجعَله شامِخًا عزيزًا إلى يومِ الدِّين.

اللهم عليك بالصَّهايِنة المُعتَدين المُحتلِّين، ومَن شايَعَهم يا ذا الجلال والإكرام.

اللهم وفِّق رِجالَ أمنِنا، اللهم احفَظ جُنودَنا المُرابِطين على ثُغورِنا وحُدودِنا، اللهم تقبَّل شُهداءَهم، واشفِ مرضاهم، وعافِ جَرحَاهم، ورُدَّهم إلى أهلِهم سالِمين غانِمين يا ذا الجلال والإكرام، يا ذا الطَّول والإنعام.

اللهم كُن لإخوانِنا في فلسطين، وفي العِراق، وفي بلاد الشام، وفي اليمَن، وفي أراكان، وفي كل مكانٍ يا حيُّ يا قيُّوم، يا ذا الجلال والإكرام.

اللهم أنت الله لا إله إلا أنت، أنت الغنيُّ ونحن الفقراء، أنزِل علينا الغيثَ ولا تجعَلنا مِن القانِطين، اللهم أنزِل علينا الغيثَ ولا تجعَلنا مِن القانِطين.

اللهم إنا نستغفِرُك إنك كنتَ غفَّارًا، فأرسِل السماءَ علينا مِدرارًا، اللهم إنا نستغفِرُك إنك كنتَ غفَّارًا، فأرسِل السماءَ علينا مِدرارًا.

﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].

عباد الله:

﴿إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].

فاذكُرُوا اللهَ العظيمَ الجليلَ يذكُركم، واشكُرُوه على نعمِه يزِدكم، ولذِكرُ الله أكبَر، والله يعلَمُ ما تصنَعُون.

***************

ޚުޠުބާގެ އަޞްލު