[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ރަމަޟާންމަހު ކުރާ ފާފަތައް

ރަމަޟާންމަހު ކުރާފާފަ އެހެން މަސްތަކުގައިކުރާ ފާފައަށްވުރެ ބޮޑުވެގެންވޭ ހެއްޔެވެ؟

 

 

ރަމަޟާންމަހުގައި އަދި އެހެން މަސްތަކުގައިވެސް މުސްލިމު އަޅާގެ މައްޗަށް އޮތީ އޭނާގެ ހަވާނަފްސާ ދެކޮޅަށް ޖިހާދުކުރުމެވެ. އެއީ އޭނާގެ ނަފްސަކީ ހެޔޮކަންކަމަށް އަމުރުކުރާ، ހެޔޮކަންކަމަށް ލޯބިކުރާ ހިތްހަމަޖެހިފައިވާ ނަފްސަކަށް ވެއްޖައުމަށް ދާންދެނެވެ. އަދި އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ ޢަދާވާތްތެރިޔާކަމުގައިވާ އިބްލީހާ ދެކޮޅަށްވެސް ޖިހާދުކުރުމެވެ. އެއީ އޭނާގެ ވަސްވާސްތަކާއި ނުބައިކަމުން ސަލާމަތްވެއްޖައުމަށް ދާންދެނެވެ. ފަހެ މިދުނިޔަވީ ޙަޔާތުގައި މުސްލިމު އަޅާވަނީ މެދުނުކެނޑޭ ޖިހާދެއްގައެވެ. އެއީ އޭނާގެ ހަވާނަފްސާއި ޝައިޠާނާއާ ދެކޮޅަށް ކުރެވޭ ޖިހާދެކެވެ. އޭނާގެ މައްޗަށް އޮތީ ކޮންމެ އިރެއްގައި އަދި ކޮންމެ ހިނދެއްގައިވެސް ގިނަގިނައިން އިސްތިޣްފާރުކޮށް ތައުބާވުމެވެ. ނަމަވެސް އެކި ވަޤުތުތަކުގައި ތަފާތުތަކެއްވެއެވެ.

ފަހެ ރަމަޟާންމަހަކީ އަހަރުގެ އެންމެ މާތް މައްސަރެވެ. އެއީ ފާފަފުއްސެވުމާއި ރަޙްމަތާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރެވެ. ފަހެ މާތްމަހެއްގައި އަދި މާތް ތަނެއްގައި ކުރެވޭ ހެޔޮކަން ގުނަވެގެންދެއެވެ. އަދި އެފަދަ ތަނެއްގައި ނުވަތަ ވަޤުތެއްގައި ކުރެވޭ ފާފަވެސް ބޮޑުވެގެންދެއެވެ. ފަހެ ރަމަޟާންމަހު ކުރާ ނުބައިކަމެއް އެހެން މަސްތަކުގައި ކުރާ ނުބައިކަމަށްވުރެ ބޮޑުވެގެންވެއެވެ. ހަމައެފަދައިން ރަމަޟާންމަހު ކުރާ ހެޔޮޢަމަލެއްގެ ޘަވާބު އެހެން މަސްތަކުގައި ކުރާ ހެޔޮޢަމަލަކަށްވުރެ ﷲ ގެ ޙަޟްރަތުގައި އިތުރުކަންވެސް ބޮޑެވެ.

 

 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

مجموع فتاوى ومقالات متنوعة (15/446)