[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 7

ވަރަޢަވެރިކަން

قتيبة بن سعيد ވިދާޅުވިއެވެ.

“އިމާމު އަޙްމަދު ނުވާނަމަ ވަރަޢަވެރިކަން މަރުވެއްޖައީހެވެ.”[1]

لعليمي، އިމާމު އަޙްމަދުގެ ވަރަޢަވެރިކަމުގެ ތެރެއިންވާ ބައެއްކަންކަން ފާހަގަ ކުރައްވާ ވިދާޅުވެފައި ވެއެވެ.

އެކަލޭގެފާނުގެ ދަރިފުޅުގެ މަންމައަށް ގެއެއް ލިބިގެންވެއެވެ. ދެން އެކަމަނާ އަވަހާރަވުމުން އެކަމަނާގެ މުދަލުގެ ތެރެއިން އިމާމު އަޙްމަށް ޙައްޤުވެގެންވާ ވާރުތަ މުދަލުން އެކަލޭގެފާނު ނަގަމުން ދިއައެވެ. ދެން އެގެ މަރާމާތުކޮށް އިސްލާޙުކުރަން ޖެހުމުން، އެކަލޭގެފާނު ދަރިކަލުން ޢަބްދުﷲ ގެ މަރާމާތުކުރުމަށްޓަކައި ޚަރަދުކުރިއެވެ.

ދެން އިމާމު އަޙްމަދު ރަޙިމަހުﷲ ކުރިން އެގެއިން ނަގަމުން އައި ވާރުތަ މުދަލުން ފައިސާ ނެގުން ހުއްޓާލިއެވެ. އެއީ އެކަލޭގެފާނު ދަރިކަލުން ގެ މަރާމާތުކުރުމަށްޓަކައި ޚަލީފާގެ އަތުން ހޯދައިފައިވާ ހަދިޔާއެއް އެކުލެވިދާނެކަމަށް ބިރުން އެކަމާ ވަރަޢަވެރިވެގެންނެވެ. އަދި އެކަލޭގެފާނު ދަރިކަލުންނަށާއި ބޮޑުބޭބެއަށް ޚަލީފާދޭ މުދަލުގައި ހިފުން މަނާކުރެއްވިއެވެ. އެހެންނަމަވެސް އެދެބޭކަލުން ޙާޖަތަށް ޖެހިގެންވާކަމަށް ޢުޛުރުވެރިވެ ޚަލީފާގެ މުދަލުން ނެންގެވީއެވެ. އެކަމާ އެކަލޭގެފާނު ހިތްހަމަ ނުޖެހުމުގެ ސަބަބުން އެއްމަސް ދުވަސް ވާންދެން އެދެބޭކަލުން ހަޖުރުކުރެއްވިއެވެ….[2] ދެން އެކަލޭގެފާނު މަރުބަލީގައި ވަނިކޮށް، ފަލަމަޑީގެ ބާވަތެއް ފިހެގެން އެކަލޭގެފާނުގެ އަރިހަށްގެނެވުންއިރު، ރަނގަޅަށް އޭތި ފިހެވިފައި ނެތުމުގެ ސަބަބުން އެއިން ފެންއައިސް އައިސް ހުރިއެވެ. ދެން އެތަނަށް ޙާޒިރުވެތިބި ބައެއްމީހުން ދަންނަވާފިއެވެ. ތިއެތި ރަނގަޅަށް ފިހެލުމަށްޓަކައި ޞާލިޙުގެ ތަންނޫރަށް ލާށެވެ.[3] ފަހެ އެމީހުން ދަނީ މިވަގުތު ރޮށިފިހަމުންނެވެ. ދެން އެކަލޭގެފާނު އަތުން އިޝާރަތްކުރައްވާ ނޫނެކޭ ވިދާޅުވެ ޞާލިޙުގެ ތަންނޫރުން އޭތި ފިހުމަށް އިންކާރުކުރެއްވިއެވެ.[4]

މިތަނުގައި އެކަލޭގެފާނު އެކަމަށް އިންކާރުކުރައްވާފައި އެވަނީ އެކަލޭގެފާނުގެ ދަރިކަލުން ޚަލީފާގެ ހަދިޔާގައި ހިފީތީވެ އެކަމާ ހިތްޕުޅާ ހަމަނުވުމުގެ ސަބަބުންނެވެ.

أحمد بن محمد التستري ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ހަމަކަށަވަރުން އިމާމު އަޙްމަދު ބުން ޙަންބަލް ތިންދުވަސްވާންދެން ނުކައި ހުއްޓެވެ. ދެން އެކަލޭގެފާނުގެ ރައްޓެއްގެ އަރިހުން ދަރަންޏަށް ފުއްކޮޅެއްނެގުމަށް މީހަކު ފޮނުއްވިއެވެ. ދެން އެތާތިބި ބަޔަކު ވަރަށް އަވަހަށް ފުށްމޮޑެ ތައްޔާރުކޮށްލިއެވެ. ދެން އެކަލޭގެފާނު ދެންނެވިއެވެ. ތިއުޅެނީ ކީއްކުރަންހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ޞާލިޙުގެ ތަންނޫރުވަނީ ރޯކުރެވިފައެވެ. ފަހެ ތިމަންމެން އެއިން ރޮށި ފިހެލާނަމެވެ. ދެން އެކަލޭގެފާނު ދެންނެވިއެވެ. ތިޔަބައިމީހުން ތިކަން ހުއްޓާލާށެވެ. އަދި ޞާލިހާއި ތިމަންކަލޭގެފާނާއިމެދުވާ ދޮރު ބަންދުކުރުމަށް އަމުރުކުރިއެވެ. އިމާމު ޛަހަބީ ވިދާޅުވިއެވެ. އެފަދައިން ކަންތައްކުރެއްވީ ޞާލިޙު ޚަލީފާގެ ހަދިޔާގައި ހިއްޕެވީތީއެވެ.[5]

لعليمي އަދިވެސް ވިދާޅުވެފައިވެއެވެ.

އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ ދަރިކަލަށާއި އަހުލުވެރިންނަށް ހަތަރުހާސް ދީނާރު ދިނުމަށް މުތަވައްކިލު ނިންމެވިއެވެ. ދެން އިމާމު އަޙްމަދު މުތަވައްކިލު އަރިހަށް އަބޫ ޢަބްދުﷲ ފޮނުވާ، އެބޭކަލުން އުޅުއްވަނީ ފުދިގެން ކަމުގައި ދެންނެވިއެވެ. ދެން މުތަވައްކިލު އަބޫ ޢަބްދުﷲ އަނބުރައި އެކަލޭގެފާނުގެ އަރިހަށް ފޮނުވާލައި، އެއީ ކަލޭގެފާނަށް ވާއެއްޗެއް ނޫންކަމަށާއި ކަލޭގެފާނުފެ ދަރިކަލުންނަށްވާ އެއްޗެއް ކަމުގައި ބުނުމަށް އެންގިއެވެ. ދެން އަބޫ ޢަބްދުﷲ އަނބުރައި އައުމުން އިމާމު އަޙްމަދު ރަޙިމަހުﷲ ވިދާޅުވިއެވެ. “އޭ ބޮޑުބޭބޭއެވެ. އަހަރެމެންގެ ޢުމުރުން ބާކީއޮތީ ކިތައްދުވަސް ހެއްޔެވެ؟ (އެފައިސާ އަނބުރާ ރައްދުކުރެއްވިކަން އެކަލޭގެފާނަށް އިޙުސާވުމުން އެކަލޭގެފާނު ދެންނެވިއެވެ.) ހަމަކަށަވަރުން ކަލޭތިއައީ ކަމަކާއިގެންނެވެ. ފަހެ އަހަރެމެންގެ ކައިރިއަށް މަރުއަތުވެދާނެއެވެ. ﷲ ގަނދީބުނަމެވެ! ﷲގަނދީބުނަމެވެ! ފަހެ ހަމަކަށަވަރުން އަހަރެމެންގެ ދައިން ބޭނުންވަނީ ހަމައެކަނި އަހަރެމެންނާއިއެކު ކެއުމަށެވެ. ހަމަކަށަވަރުން ދުނިޔޭގެ ދުވަސްތަކަކީ މަދު ދުވަސްތަކެކެވެ. ފަހެ އަޅާ އެނޭގެ ކިބައިން ފޮރުވިފައިވާ ކަންތައްތަށް ކަޝްފުކުރެވިގެންދާހިނދު، އޭނާގެ ކިބައިގައިވާ ހެޔޮކަމެއް ވިއަސް އަދި ނުބައިކަމެއްވިއަށް ކަޝްފުވެގެންދާނެއެވެ. ކެއްތެރިވުންވަނީ މަދު ދުވަސްކޮޅަކުއެވެ. ނަމަވެސް ޘަވާބު ގިނަގުނަވެގެންވެއެވެ. ހަމަކަށަވަރުން މިއީ ފިތުނައެވެ.[6]

صالح ވިދާޅުވިއެވެ.

ބައްޕަ (މަރުބަލީގައިވަނިކޮށް) މީހަކު ގޮވާލައިފިނަމަ ވިދާޅުވެއެވެ. “މުއުމިނުންނަށް އޭނާގެ ކައްވަޅު ރައްކާތެރިކުރުން ނޫންކަމެއް ނުވެއެވެ.” އަދި ބައްފަ މަރުބަލީގައި ވިދާޅުވިއެވެ. ޢަބްދުﷲ ބުން ޢިދުރީސްގެ ފޮތްނަގާށެވެ. އަދި ތިމަންކަލޭގެފާނަށް އެއިން ޙަދީޘް ކިޔާދޭށެވެ. (އެފޮތުގައި ވިއެވެ.) “ހަމަކަށަވަރުން ޠާވޫސް، މަރުބަލީގެ ވަގުތުގައި ވޭނުގެ އަޑުއިއްވުމަށް ނުރުއްސަވައެވެ.” ތިމަންކަލޭގެފާނު ބައްޕަ މަރުވެގެންދިއުމާ ހަމައައަށްވެސް، އެއްވެސްވަރަކަށް ވޭނުގެ އަޑެއް ތިމަންކަލޭގެފާނު ނާއްސަވަމެވެ.[7]

(ނުނިމޭ)


[1]  أبو نعيم في الحلية (9/179,180 )

[2] ހަޖުރުކުރުމަކީ ވާހަކަނުދައްކާ ގުޅުންކަނޑައިލުމެވެ.

[3]  ޞާލިޙަކީ އިމާމު އަޙްމަދުގެ ދަރިކަލެކެވެ. އަދި ތަންނޫރަކީ، ރޮށިތަކެތި ފިހުމަށްޓަކައި ހަދައިފަ ހުންނަ އަވަނެއްކަހަލަ އެއްޗެކެވެ.

[4]  المنهج الأحمد (1/12 ، 13) ޚުލާޞާ

[5]  سير أعلام النبلاء للذهبي (11/214)

[6] المنهج الأحمد (1/12 ، 13) ޚުލާޞާ

[7]  سير أعلام النبلاء للذهبي (11/214)

މިލިޔުމުގެ އެހެންބައިތައް