[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢުމްރާގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތައް އަދި ސުންނަތްތައް

ޢުމްރާގެ ޝަރުޠުތައް

 1. މުސްލިމަކުކަމުގައިވުން.
 2. ބުއްދި ސަލާމަތުން ހުރުން.
 3. ބާލިޣުވެފައިވުން.
 4. މިނިވަނެއްކަމުގައިވުން.
 5. ކުޅަދާނަކަން ލިބިފައިވުން.

އަދި އަންހެނުންނަށް 6 ވަނަ ޝަރުޠެއް ވެއެވެ. އެއީ އޭނާއާއެކު ދަތުރުކުރާނެ މަޙްރަމަކު ހުރުމެވެ.

ޢުމްރާގެ ރުކުންތައް

 1. އިޙްރާމް ބަނުން.
 2. ޠަވާފުކުރުން.
 3. ސަޢުޔުކުރުން.

ޢުމްރާގެ ވާޖިބުތައް

 1. މީޤާތުން އިޙްރާމްބަނުން.
 2. އިޙްރާމުކަނޑާއިރު ބޯބޭލުން ނުވަތަ ކުރުކޮށް ކޮށުން.

ޢުމްރާގެ ސުންނަތްތައް

ޢުމްރާގެ ސުންނަތްތައް ވަރަށް ގިނައެވެ. މިތަނުގައި އޭގެ ތެރެއިން ބައެއް ސުންނަތްތައް ޛިކުރުކޮށްލާނަމެވެ.

 1. ޠަވާފުގެ ފުރަތަމަ ތިންބުރުގައި “ރަމުލުކުރުން”. އެބަހީ: ފިޔަވަޅުގާތްކޮށް ހަލުވިކޮށް ހިނގުން.
 2. ޙަޖަރުލް އަސްވަދުގައި ބޮސްދިނުން ނުވަތަ އިސްތިލާމްކުރުން (އިސްތިލާމުކުރުމަކީ: އަތުން ބީހުމެވެ. [الشرح الممتع / جزء: 7 / ص: 235]) ނުވަތަ ޙަޖަރުލް އަސްވަދަށް އިޝާރާތްކުރުން.
 3. ޙަޖަރުލް އަސްވަދަށް އިޝާރާތްކުރާއިރު ތަކްބީރު ކިޔުން.
 4. ރުކުނުލް ޔަމާނީގައި އިސްތިލާމުކުރުން.
 5. ޠަވާފުކޮށް ނިމުމުން ދެ ރަކުޢަތުގެ ނަމާދެއް ކުރުން.
 6. ޠަވާފުކޮށް ނިމުމުން ޒަމްޒަމް ފެން ބުއިން.
 7. ޞަފާއާއި މަރްވާއަށް އެރުން.
 8. ޞަފާއާއި މަރްވާގެ މަތީގައި ކަޢުބާއަށް ކުރިމަތިލައިގެން ދުޢާކުރުން.
 9. ޞަފާ މަރްވާގެ ދެމެދުގައިވާ ވާދީގައި ދުވުން. (މިއީ ފިރިހެނުންނަށް ޚާއްޞަ ކަމެކެވެ. އެއީ މިހާރު އެތަނުގައި ހުންނަ ފެހި ދެ އަލި ދެމެދު ދުވުމެވެ.)

_____________________

މަޞްދަރު: تبصير الناسك بأحكام المناسك للشيخ عبدالمحسن بن حمد العباد البدر

 

ޢުމްރާގެ އަޅުކަމާ ގުޅުން ހުރި ބައެއް ލިޔުންތައް:

* ޢުމްރާގެ އަޅުކަން އަދާކުރާނޭ ގޮތް

ޙައްޖާއި ޢުމްރާއާ ގުޅުންހުރި ދުޢާތަކާއި ބައެއް މުހިންމު މަޢުލޫމާތުތައް

* މީޤާތުން ނިޔަތްގަތުމުގައި ހެދޭ ބައެއް ގޯސްތައް

* ޢިޙްރާމް ހެދުން ބަދަލުކުރުން

* އާންމުކޮށްލާ ހެދުންތައް މުޙްރިމުން ނުލުމުގެ ޙިކުމަތް

* އިޙްރާމަށް ޕިން ޖެހުމުގެ ޙުކުމް

* އިޙްރާމުގައި ހުންނަ އަންހެނާ ކުލަހެދުން ލުން

* ޠަވާފުކުރުމާއި ޙަޖަރުލް އަސްވަދަށް ބޮސްދިނުމުގެ ތެރޭގައި ހެދޭ ބައެއް ގޯސްތައް

* ޠަވާފުކުރާއިރު ދުޢާކުރުމާއި އެކަމުގެ ތެރޭގައި ހެދޭ ގޯސްތައް

* ޠަވާފުގެ ފަހުގައި ކުރާ ސުންނަތް ދެ ރަކްޢަތް ކުރުމުގައި ހެދޭ ގޯސްތައް

* ޞަފާ އަދި މަރުވާއަށް އެރުމާއި، އެދެތަނުގައި ދުޢާކުރުމާއި، ފެހި ދެ ލައިޓުގެ ދެމެދުގައި ދުވުމާއި، މިކަންކަމުގެ ތެރޭގައި ހެދޭ ގޯސްތައް

* ޢުމްރާގައި ވަދާއުގެ ޠަވާފެއްވޭތަ؟