[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الصلاة (4)

kithab ah salaath

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ނަމާދުގައި ކުރުން މަކްރޫހަ ވެގެންވާ ކަންތައްތައް:

  1. ފުރަތަމަ ދެރަކްޢަތުގައި ސޫރަތުލް ފާތިޙާގެ އިތުރަށް ނުކިޔެވުން.
  2. ތަކުރާރުކޮށް ސުރަތުލް ފާތިޙާ ކިޔެވުން.
  3. ޙާޖަތެއްނެތި ވަށއިގެން ހޯދުން.
  4. ނަމާދަށް ހުންނައިރު ލޯމަރައިގެން ހުރުން.
  5. ސަޖިދައިގައި އޮންނައިރު އަތްދަނޑި ބިންމަތީގައި ބާއްވައިގެން އޮތުން.
  6. ނަމާދަށް ހުންނައިރު ބޭކާރު ޙަރަކާތްތައް ކުރުން.
  7. ނަމާދަށް ހުންނައިރު އުނަގަނޑުގައި އަތް ވިއްދައިގެން ހުރުން.
  8. ނަމާދުގެ އެއްޙަރަކާތުން އަނެއް ޙަރަކާތައް ނަޤުލުވާއިރު އިމާމާއަށްވުރެ ކުރިއަރައި ދިޔުން.
  9. އިނގިލިތައް ތަޝްބީކު ކުރުން.
  10. ނަމާދަށް ހުންނައިރު މައްޗަށް ބެލުން.

ނަމާދު އަޅާމީހާގެ ޙުކުމް:

ނަމާދުގެ ވާޖިބުކަމާއިމެދު ދެކޮޅުވެރިވެ، ނަމާދަ އަޅައިފިމީހާ ކާފިރުވާނެ ކަމާއިމެދު ހުރިހާ މުސްލިމުން އިޖްމާޢުވެއެވެ. އަދި ކަންނެތްކަމާއި ފަރުވާކުޑަ ކަމާއެކު ނަމާދުތައް އެއްކޮށް ދޫކޮއްލައިފިއްޔާވެސް އެފަދަމީހަކު ކާފިރު ވާނެއެވެ.

ސުންނަތް ނަމާދުތައް:

ސުންނަތް ނަމާދުތަކަކީ ޖިހާދު ކުރުމާއި، ދީނީ ޢިލްމު ޙާޞިލުކުރުން ފިޔަވައި ދެންއޮތް އެންމެ މަތިވެރި އަޅުކަމެވެ. އަދި އެއަޅުކަމެއް ކުރެއްވުމުގައި މާތް ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ބޮޑަށް ދެމިހުންނެވި އަޅުކަންވެސްމެއެވެ.

ސުންނަތް ނަމާދު ބެހިގެންވާ ބައިތައް:

  1. ވަކި ވަގުތުތަކެއްގައި ކުރުމަށް ޚާއްޞަވެގެންވާ ސުންނަތްތައް.
  2. ކުރުމަށް ވަކި ޚާއްޞަ ވަގުތެއްނެތް ނަމާދުތައް.

 ސުންނަތް ނަމާދުތަކުގެ ތެރެއިން ތަރާވީޙް ނަމާދާއި، އިސްތިސްޤާ ނަމާދާއި، ކޭތަ ނަމާދު ޖަމާޢަތުގައި ކުރުން ސުންނަތް ވެގެންވެއެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް