[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الصلاة (3)

kithab ah salaath

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ނަމާދުގެ ސުންނަތްތައް:

ނަމާދުގެ ސުންނަތްތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ޤައުލީ ސުންނަތްތަކާއި ފިޢުލީ ސުންނަތްތަކެވެ.

ނަމާދުގެ ބައެއް ފިޢުލީ ސުންނަތްތަކަކީ ތަކްބީރަތުލް އިޙްރާމާއެކުގައި އާއި، ރުކޫޢު ކުރާއިރުގައި އާއި، ރުކޫޢިން ތެދުވާހިނދުގައި އާއި، ފުރަތަމަ އައްތަޙިއްޔާތުން ތެދުވާހިނދު ދެއަތް ދެކޮނޑާއި ހަމައަށް އުފުލުން. ވައަތްމަތީ ކަނާތް ބާއްވައިގެން ހަށަމް ބަނުން. ސަޖިދަޖހާތަނަށް ބެލުން. މީގެ އިތުރުންވެސް ނަމާދުގެ ސުންނަތްތައް ވަރަށް ގިނައެވެ…

ނަމާދުގެ ބައެއް ޤައުލީ ސުންނަތްތަކަކީ ދުޢާއުލް އިސްތިފްތާޙް ކިޔުން، އަޢޫޛު ކިޔުން، ސޫރަތުލް ފާތިޙާގެ ފަހުން ސޫރަތެއް ކިޔެވުން، އެއްފަހަރަށްވުރެ ގިނައިން ރުކޫޢު ސުޖޫދުގައި ތަސްބީޙާ ކިޔުން، ސަލާމް ދިނުމުގެ ކުރިން އައްތަޙިއްޔާތުގައި ދުޢާކިޔުން…

ނަމާދު ބާޠިލުވާ ކަންތައްތައް:

  1. ޙަދަޘްވެރިވުން.
  2. އަޑުންއަޑުނަގައި ހުނުން.
  3. ނަމާދުގެ މަޞްލަޙަތެއްނެތި، ގަސްތުގައި ވާހަކަދެއްކުން.
  4. ގަސްތުގައި ޢައުރަ ކަޝްފުކުރުން.
  5. ޤިބްލައަށް ފުރަގަސްދިނުން.
  6. ނަމާދަށް ހުރިމީހާ އެނގޭހާލުގައި އޭނާ ގައިގައި ނަޖިހެއް ޖެހުން.
  7. ނަމާދުގެ ރުކުނެއް ނުވަތަ ޝަރުޠެއް ގަސްތުގައި، ޢުޛުރެއްނެތި ދޫކޮއްލުން.
  8. ނަމާދުންބޭރުގެ ޢަމަލުތައް ޟަރޫރަތެއްނެތި ކުރުން ގިނަވުން.
  9. ޢުޛުރެއްނެތި ތަނަކަށް ލެނގިގެން ހުރުން.
  10. ގަސްތުގައި ނަމާދުގެ ރުކުނެއް އިތުރުކުރުން.
  11. ނަމާދުގެ ރުކުންތަކުގެ ތަރުތީބު ގަސްތުގައި އޮޅުވާލުން.
  12. ނަމާދު ނުނިމެނީސް ގަސްތުގައި ސަލާމްދިނުން.
  13. ނަމާދުގައި ޤުރްއާން ކިޔެވުމުގައި މާނަ އޮޅޭގޮތަށް ކިޔެވުން.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް