الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަމާދުގެ ރުކުންތައް:
- ކުޅަދާނަކަން ލިބިގެންވާމީހާ ފަރުޟު ނަމާދަށް ކޮޅަށް ހުރުން
- ހަށަންބަން ތަކްބީރު ކިޔުން
- ކޮންމެ ރަކްޢަތެއްގައި ސޫރަތުލް ފާތިޙާ ކިޔެވުން
- ކޮންމެ ރަކްޢަތެއްގައި ރުކޫޢު ކުރުން
- ރުކޫޢުއިން ތެދުވުން، އަދި އިޢުތިދާލުކުރުން
- ސަޖިދަ ކުރުން
- ސަޖިދައިން ތެދުވުން، އަދި ދެސަޖިދަ ދެމެދު އިނުން
- ކޮންމެ ރުކުނެއްގައިވެސް ހަމަޖެހިލުން
- ފަހު އައްތަޙިޔާތު
- ފަހު އައްތަޙިއްޔާތުގައި އިނުން
- ސަލާމް ދިނުން
- މަތީގައި ބަޔާންވެދިޔަ ރުކުންތައް ތަރުތީބުން ކުރުން
ނަމާދުގެ ވާޖިބުތައް:
- ތަކްބީރަތުލް އިޙްރާމް ފިޔަވައި އެހެން ތަކްބީރުތައް.
- އިމާމްވެ ނަމާދުކުރާމީހާ އާއި މުންފަރިދު ’سمع الله لمن حمده‘ މިފަދައިން ކިޔުން.
- މައުމޫމުވެ ނަމާދުކުރާމީހާ ’ربنا ولك الحمد‘ މިފަދައިން ކިޔުން
- ރުކޫޢުގައި ’سبحان ربي العظيم‘ މިފަދައިން އެއްފަހަރު ކިޔުން
- ސަޖިދައިގައި ’سبحان ربي الأعلى‘ މިފަދައިން އެއްފަހަރު ކިޔުން
- ދެސަޖިދަ ދެމެދުގައި ’رب اغفرلي‘ މިފަދައިން ކިޔުން
- ފުރަތަމަ އައްތަޙިއްޔާތު ކިޔުން
- ފުރަތަމަ އައްތަޙިއްޔާތުގައި އިނުން
=ނުނިމޭ=
____________________________________
مصدر: الفقه الميسر