[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކާއި ޙުކުމްތައް

islaamdheenuge hukumthah

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތައް:

އިސްލާމްދީނުގެ ޙުކުމްތަކުގެ އަސްލުތަކަކީ އެޙުކުމްތައް އިސްތިންބާތު ކުރުމުގައި ބޭނުންކުރެވޭ ޝަރުޢީ ދަލީލުތަކެވެ.

މި އަސްލުތަކަކީ:

 • ޤުރުއާން
 • ސުންނަތް (ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އިޤުރާރުފުޅުން ސާބިތުވެފައިވާ…)
 • އިޖްމާޢު (މާތް ނަބިއްޔާއަށްފަހު އެއްވެސް ޒަމާނެއްގައި އުއްމަތުގެ މުޖްތަހިދުން އިއްތިފާގުވެ އެއްބަސްވުން)
 • ޤިޔާސް (ޙުކުމެއް ކަނޑައެޅިފައިވާ ކަމަކާއި އެއްގޮތްކަމެއް މެދުވެރިވުމުން، ހުކުމެއް ކަނޑައެޅިފައިނުވާ ކަމަކަށް އެޙުކުމް ކަނޑައެޅުން)

އިސްލާމްދީނުގެ ޙުކުމްތައް:

އިސްލާމްދީނުގެ ޙުކުމްތައް ބެހިގެންވަނީ ފަސްބަޔަކަށެވެ.

 • ވާޖިބު: މުކައްލަފުން ކުރުން ލާޒިމުވެގެންވާ، ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮއްލުމުން ޢަޛާބު ލިބޭ ކަންތައްތައް.
 • ފަރުޟު ޢައިނު: ކޮންމެ މުކައްލަފަކަށް ވެސް ކުރުން ލާޒިމުވެގެންވާ.
 • ފަރުޟު ކިފާޔާ: އެއްބަޔަކު ކުރުމުން، އެންމެންގެ މަތިން ވާޖިބު ކެނޑިދާ.
 • ސުންނަތް: ޝަރީޢަތުގައި މުކައްލަފުންނަށް ކުރަން އަންގަވާފައިވާ، އަދި ކުރުން ލާޒިމު ނުކުރައްވާ ކަންތައްތަކެވެ. (މަންދޫބު، ނަފްލު، މުސްތަޙައްބު)
 • ޙަރާމް: ކުރުމުން ޢަޛާބުލިބޭ އަދި ނުކޮށް ދޫކޮއްލުމުން ޘަވާބުލިބޭ ކަންތައްތައް.
 • މަކްރޫހް: ނުކޮށް ދޫކޮއްލުމުން ޘަވާބުލިބޭ އަދި ކުރުމުން ޢަޛާބު ނުލިބޭ ކަންތައްތައް.
 • މުބާހް: ކުރުމާއި ނުކުރުމުގެ އިޚްތިޔާރު މުކައްލަފަށް ދޫކޮއްލެވިގެންވާ ކަންތައްތައް.

____________________________________

مصدر: الفقه الميسر