[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ – ފުރަތަމަ ފަޞްލުގެ ޖަވާބުތައް

thauheedh 4 pic

ފުރަތަމަ ފިލާވަޅު: އެންމެހާ މަޚްލޫޤުން ޚަލްޤުކުރެއްވުމުގެ ޙިކުމަތް

1. ﷲ ތަޢާލާ އެންމެހާ މަޚްލޫޤުން ހެއްދެވީ އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށެވެ. އަދި އެކަލާނގެއާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ.

މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ [سورة الذاريات ٥٦]

މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ.”

2. ނޫނެކެވެ. އިންސާނުންނާއި ޖިންނީން ހެއްދެވުމުގެ އެންމެ މަތިވެރި މަޤްޞަދަކީ ﷲ ތަޢާލާއަށް އެކަނި އަޅުކަންކުރުމެވެ.

3. ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރާމީހަކަށް ކިޔަނީ މުޝްރިކެކެވެ.އަދި އޭނާގެ ޢުޤޫބާތަކީ ފަހެ އެގޮތުގައި މަރުވެއްޖެ މީހާގެ ޖަޒާއަކީ ނަރަކައެވެ. އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވެއެވެ.

4. އަންނަނިވި ކަންތައްތައް ﷲ ފިޔަވާ އެހެން ފަރާތަކަށް ކުރުމުގެ ޙުކުމަކީ ކޮބާ؟

ނަމާދުކުރުން: ޙަރާމްކަމެކެވެ. (އެއީ ބޮޑު ޝިރުކެކެވެ.)

ދުޢާކުރުން: ޙަރާމްކަމެކެވެ. (އެއީ ބޮޑު ޝިރުކެކެވެ.)

ބިރުގަތުން: ޙަރާމްކަމެކެވެ. (އެއީ ބޮޑު ޝިރުކެކެވެ.)

ޛަބަޙަކުރުން: ޙަރާމްކަމެކެވެ. (އެއީ ބޮޑު ޝިރުކެކެވެ.)

ޠަވާފުކުރުން: ޙަރާމްކަމެކެވެ. (އެއީ ބޮޑު ޝިރުކެކެވެ.)

ދެވަނަ ފިލާވަޅު: އަޅުކަން

 1. ޙައްޖު،ވަކީލުކުރުން، ދުޢާކުރުން، ނަމާދު،     ބިރުގަތުން، ﷲގެ މަގުގައި ޖިހާދުކުރުން
 1. (أ)އަޅުކަމަކީ: ﷲގެ ޙަޟްރަތުގައި ލޯބިވެވޮޑިގެންވާ އަދި ރުއްސަވާވޮޑިގެންވާ އެންމެހާ ކަންތައްތައް ހިމެނޭ ލަފްޒެކެވެ.އެކަމުގައި ބަހާއި ޢަމަލުވެސް ހިމެނެއެވެ. އެއީ އެކަންތައްތަކުގެ ތެރެއިން ބޭރުފުށާއި އެތެރެފުށުގެ ކަންތައްތައްވެސް ހިމެނޭ ގޮތުގައެވެ.

(ب) ﷲއަށް ކަޔަމަންގަތުން ޙާޞިލުވާނީ އެއިލާހު އަމުރުކުރެއްވި ކަންތައްތައްކުރުމާއި، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމުންނެވެ.

 

ތިންވަނަ ފިލާވަޅު: ތައުޙީދުގެ ބައިތައް

 1. ތައުޙީދަކީ: އަޅުކަންކުރުމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ. އެއީ ﷲ ތަޢާލާ، އެއިލާހުގެ އަޅުތަކުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވި ރަސޫލުބޭކަލުން ތަބާވެވަޑައިގަތް ދީނެއެވެ.

2. ތައުޙީދުގެ ތިން ބައެއް ވެއެވެ:

١.توحيدالربوبية .(ޚަލްޤުކުރެއްވުމުގައާއި، ހުރިހާ އެއްޗެއް މިލްކިވޮޑިގެންވުމާއި، އެންމެހާ ކަމެއް ރާއްވަވާ ހިންގެވުމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން)

٢. توحيدالألوهية. (އެންމެހާ އަޅުކަންތައް އަދާކުރުމުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުން).

٣. توحيدالأسماءوالصفات.(ﷲ ތަޢާލާގެ އެންމެހާ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުން)

 1. އަޅުކަމުގެ އެންމެހާ ބާވަތްތައް ހަމައެކަނި ﷲ އަށް އަދާ ނުކުރާ ހިނދަކު އެއްވެސް އެމީހަކީ މުވައްޙިދަކަށް(ތައުޙީދުގެ އަހުލުވެރިއަކަށް) ނުވާނެއެވެ.

ހަތަރުވަނަ ފިލާވަޅު: تَوْحِيْدُالرُّبُوْبِيَّة

1. ﷲ ތަޢާލާގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމުގެ މާނައަކީ: ﷲ ތަޢާލާއަކީ ޚަލްޤުކުރައްވާ ރިޒްޤުދެއްވާ ދިރުންދެއްވާ މަރުގެންނަވާ ، އަދި އެނޫނަސް އެއިލާހުކުރައްވާ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަވެ ވޮޑިގެންވާކަން އިޢުތިޤާދުކޮށް ހިތުގައި ބިންވަޅުނެގުމެވެ.

 1. ރަސޫލުﷲ ގެ ޒަމާނުގައި އުޅުނު ކާފަރުން އިޤުރާރުވެފައިވަނީ تَوْحِيْدُ الرُّبُوْبِيَّةއަށެވެ.

އެބައިމީހުންގެ އީމާންކަމުން އެބައިމީހުންނަށް ފައިދާއެއް ނުކުރިއެވެ.

3. ﴿الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ﴾  [سورة الفاتحة٢]

މާނައީ: “އެންމެހާ ޙަމްދުހުރީ ﷲ އަށެވެ. (އެއިލާހީ) ޢާލަމްތަކުގެ ވެރި رَبُّއެވެ.”

﴿قُلْ مَن يَرْ‌زُقُكُم مِّنَ السَّمَاءِ وَالْأَرْ‌ضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ‌ وَمَن يُخْرِ‌جُ الْحَيَّ مِنَ الْمَيِّتِ وَيُخْرِ‌جُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ‌ الْأَمْرَ‌ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ﴾ [سورةيونس ٣١]

މާނައީ: “ކަލޭގެފާނުވިދާޅުވާށެވެ. ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީކޮން ފަރާތެއް ހެއްޔެވެ. ނުވަތަ އިވުމާއި ފެނުން މިލްކުވެގެންވަނީ ކޮން ފަރާތަކަށް ހެއްޔެވެ. އަދިމަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާތަކެތި ނެރުއްވަނީ ކޮން ފަރާތެއް ހެއްޔެވެ. އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީކޮން ފަރާތެއް ހެއްޔެވެ. ފަހެ އެބައިމީހުން ބުނާނެއެވެ. (އެއީ) ﷲއެވެ. ދެންކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރިނުވަނީ ހެއްޔެވެ.”

 1. ނުބެލެވޭނެއެވެ. އެހެނީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ މުޝްރިކުންކުށްވެރިކުރައްވާފައިވަނީ އެސަބަބަށްޓަކައިއެވެ.

ފަސްވަނަ ފިލާވަޅު: تَوْحِيْدُ الأُلُوهِيَّة

 1. އެއީ އަޅުތަކުން ކުރާ ޢަމަލުތަކުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ.

2.ކޮންމެ ރަސޫލު ބޭކަލަކުވެސް އެބޭކަލެއްގެ ޤައުމުގެ މީހުންނަށް ދަޢުވަތުދެއްވަން ފައްޓަވަނީ ތައުޙީދަށް އަމުރުކޮށްގެންނެވެ.

 1. މިއާޔަތުގައި ﷲ ގެ ޙަޟްރަތަށް ދުޢާކުރުމަށް އަމުރުކުރެއްވުމަށްފަހު ދެން ބަޔާންކުރައްވާފައިވަނީ އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން ނިކަމެތިވެގެންވާ ޙާލު ނަރަކަޔަށް ވަންނާނެކަމެވެ. މީގެން އެނގިގެންދަނީ ދުޢާކުރުމަކީ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަމެވެ.

4. ދުޢާކުރުމާއި، ނަދުރުބުނުމާއި. ޛަބަޙަކުރުމާއި، އުންމީދުކުރުމާއި(الرَّجَاء)، ބިރުގަތުމާއި (الخَوْف)، އުންމީދާއެކު އެދުމާއި (الرَّغْبَة)، ބިރުގަތުމާއެކު ދުރުހެލިވުމާއި(الرَّهَبَة)، ތައުބާވުމާއި ވާތްގަށްއެދުމާއި ރައްކާތެރިކަމަށް އެދުމާއި މާތްކޮށްހިތުމެވެ.

5. تَوْحِيْدُ الرُّبُوْبِيَّةއަކީ:ﷲ ތަޢާލާގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ.

މިޘާލު: އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ﷲއެވެ. އަދިމަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާތަކެތި ނެރުއްވަނީ ﷲއެވެ.

تَوْحِيْدُ الأُلُوهِيَّةއަކީ: އެއީ އަޅުތަކުން ކުރާ ޢަމަލުތަކުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ.

މިޘާލު: ދުޢާކުރުމާއި، ނަދުރުބުނުމާއި. ޛަބަޙަކުރުމާއި، އުންމީދުކުރުމާއި(الرَّجَاء)، ބިރުގަތުމާއި (الخَوْف)، އުންމީދާއެކު އެދުމާއި (الرَّغْبَة)، ބިރުގަތުމާއެކު ދުރުހެލިވުމާއި(الرَّهَبَة)، ތައުބާވުމާއި ވާތްގަށްއެދުމާއި ރައްކާތެރިކަމަށް އެދުމާއި މާތްކޮށްހިތުމެވެ.

ހަވަނަ ފިލާވަޅު: تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ

1. ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ދެނެގަނެވޭނީ ކީރިތި ޤުރުއާނުންނާއި ޞައްޙަ ޙަދީޘްތަކުގެ ޒަރީޢާއިންނެވެ. އެއީ އެނައްޞުތައް އިސްވެ ދިޔަ މިއުންމަތުގެ ޞަލަފުއް ޞާލިޙުންގެ ބޭފުޅުންނަށް ވިސްނިވަޑައިގަތް ގޮތަށެވެ.

 

 1. الصَّمَدُ:އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެންމެހާ ޞިފަފުޅުތަކެއް ފުރިހަމަވެވޮޑިގެންވާ އިލާހު

البَارِئُ:ނެތުމުގެތެރެއިން ތަކެތި ހައްދަވާ އުފައްދަވާ އިލާހު

السَّمِيْعُ:މޮޅަށް އައްސަވާ ވޮޑިގެންވާ އިލާޙު

البَصِيْرُ:މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހު

الرَّحْمٰنُ:ރަޙްމާނުވަންތަ އިލާހު

الرَّحِيْمُ:ރަޙީމްވަންތަ އިލާހު

[އިސްމުފުޅުތަކުގެ އިތުރު ތަފްޞީލު]

 1. الرَّحْمَةُ:ރަޙްމަތްވަންތަކަން

القُوَّةُ:ބާރުވެރިވޮޑިގަތުން

الحِكْمَةُ:ޙިކްމަތްވަންތަކަން

الحَيَاةُ:ދިރިދެމިވޮޑިގަތުން

العِزَّةُ:ޢިއްޒަތްވަންތަކަން

العِلْمُ:އެނގިވޮޑިގެންވުން

 1. ﷲ ތަޢާލާގެ ޞިފަފުޅުތައް މަޚްލޫޤުންގެ ޞިފަފުޅުތަކާއި ވައްތަރުކުރުމަކީ ހުއްދަވެގެން ނުވެއެވެ. ފަހެ ﷲ ތަޢާލާ އެއަށްވުރެ މާ މަތިވެރިވެ މާތްވޮޑިގެންވެއެވެ.

އެކަމުގެ ދަލީލަކީ:

﴿…لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ﴾  [سورة الشورى ١١]

މާނައީ: “…އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”

5. ﷲ ތަޢާލާއަށް ދުޢާކުރަނީ އެއިލާހުގެ ރިވެތި އިސްމުފުޅުތައް ބޭނުންކޮށްގެންނެވެ.

ހަތްވަނަ ފިލާވަޅު: މީސްތަކުންގެ ގާތަށް ފޮނުއްވުނު الله ގެ ރަސޫލުން

1. އެއްވެސް ޝަރީކަކުރުމަކާ ނުލާ، ހަމައެކަނި ﷲއަށް އަޅުކަންކުރުމަށެވެ. އަދި އެނޫން ފަރާތްތަކަށް އަޅުކަންކުރުމުން ދުރުހެލިވުމަށެވެ.

2.    أ-އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލުބޭކަލަކީ ނޫޙު -عليهالسلام-އެވެ. އަދި އެންމެ ފަހުން ފޮނުއްވުނު ރަސޫލު ބޭކަލަކީ މުޙައްމަދު -صلى الله عليه وسلم- އެވެ.

ب-ރަސޫލާ صلى الله عليه وسلمގެ ރިސާލަތު ހިމެނިފައިވަނީ މުހިންމު ކަންތައްތަކެއްގެ މައްޗަށެވެ. އެއީ:

1. މީސްތަކުންނަށް އެބައިމީހުންގެ رَبّ މަޢުރިފާކޮށް އުނގަންނައިދީ، އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް އުނގަންނައިދިނުން.

2. ﷲއަށް އަޅުކަންކުރަންވީ ރަނގަޅުގޮތް ބަޔާންކޮށްދިނުން.

3. މީސްތަކުންކުރާ ޢަމަލުތަކަށް ޤިޔާމަތްދުވަހުން ޖަޒާދެއްވޭނެކަން ބަޔާންކޮށްދިނުން.

3. އުފާވެރިކަމުގެ ޚަބަރުދެއްވުން

އިންޛާރުކުރެއްވުން

4. ފަހެ އެގޮތުގައި މަރުވެއްޖެ މީހާގެ ޖަޒާއަކީ ނަރަކައެވެ. އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވެއެވެ.

__________________________________

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ

—™˜–