[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަޞްރުލިބުންވަނީ ﷲގެ ދީނަށެވެ.

nasruالحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

“ﷲގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ. އެދީން ފުރިހަމަނުކުރައްވައި ﷲ (ސުބުޙާނަހޫ ވަތަޢަލާ) ދޫކޮށްނުލައްވާހުއްޓެވެ. ﷲ ސުބުޙާނަހޫ ވަޙީކުރައްވާފައިވެއެވެ.

(يُرِيدُونَ أَن يُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَهُ ) (1)

ތަފުސީރީ ތަރުޖަމާއީ: “އެބައިމީހުން(ކާފަރުންނާއި، މުޝްރިކުންނާއި ޔަހޫދީންނާއި ނަޞާރާއިން) ބޭނުުންވަނީ އެބައިމީހުންގެ ދޫތަކުން (ﷲގެ ދީނުގެ މައްޗަށް ދޮގު ހަދައި، ބާޠިލުކަމުގައި ހަދައި) ﷲގެ ދީން(ޙައްޤުމަގު، ރަސޫލުބޭކަލުން ގޮވާލެއްވި މަގު، އިސްލާމްދީން) ނެތިކޮށްލުމަށެވެ. އަދި ﷲ ގެ ދީން ފުރިހަމަނުކުރައްވައި(އެދީން ޢިއްޒަތްތެރި ނުކުރައްވައި، ފާޅުނުކުރައްވައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ޙައްޤު މަގު ފުރިހަމަނުކުރައްވައި) އެއިލާހު ދޫނުރައްވާހުއްޓެވެ.”

އިބުނު ކަޘީރު (ރަޙިމަހުﷲ) ވިދާޅުވިއެވެ. “އެކަމުގައި އެބައިމީހުން މިސާލަކީ އެބައިމީހުންގެ އަނގައިން ފުމެ އިރުގެ އަލިކަން ނިއްވާލުމަށް މަސައްކަތްކުރާ މީހުންގެ މިސާލެވެ. އެހެނަސް އެއީ ވާނެކަމެއްނޫނެވެ. ﷲ (ސުބުޙާނަހޫ ވަތަޢާލާ) އެކަމަކައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވި ކަންތައްވެސް ހަމައެފަދައެވެ. އެކަން ކޮންމެހެންވެސް ފުރިހަމަވެ ފާޅުވާހުއްޓެވެ.”

އަދި ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ މިދީން ޙިމާޔަތްކުރެއްވުމާއި އަދި މިދީނުގެ މައްޗަށް ހިތްތައް ހުޅުއްވަވައިދެއްވުމުގެ މައްޗަށް ޒިންމާވެވޮޑިގަންނަވާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(لَيَبْلُغَنَّ هَذَا الْأَمْرُ مَا بَلَغَ اللَّيْلُ وَالنَّهَارُ* وَلَا يَتْرُكُ اللَّهُ بَيْتَ مَدَرٍ وَلَا وَبَرٍ إِلَّا أَدْخَلَهُ اللَّهُ هَذَا الدِّينَ)*أي: ما طلع عليه الليل و النهار. (قول المصنف) (2)

މާނައީ: “ދުވާލާއި ރޭގަނޑު އެތަނެއްގެ މައްޗަށް އަރާއޮއްސޭ ކޮންމެ ތާކަށް މިދީން ފޯރާހުއްޓެވެ. އަދި ﷲ (ސުބުޙާނަހޫ ވަތަޢާލާ) މިދީން ނުވައްދަވާ އެއްވެސް ގެޔެއްނުވާނެއެވެ. އެއީ (ވެލިން ބިނާކޮށްފައިވާ)ގެތަކާއި އަދި (އާދައިގެ ރަށްފުށު، ނުވަތަ ޞަޙަރާތެރޭގެ) ފޭލިގެތައްކަމުގައިވެސް މެއެވެ.” (އެބަހީ: ރަށުތެރެއާއި އަދި ޞަޙަރާތެރޭގައިވާ ރަށްފުށުގައިވާ ގެތަކަށްވެސް، ހުރިހާ ފެންވަރެއްގެ ގެތަކަކަށްވެސް މިދީން ވަންނާނެއެވެ.)

މިދީނުގެ މައްޗަށް ނުވަތަ ޙުކުމްތައް ނުވަތަ ޝަރީޢަތުގެ މައްޗަށް ދެކޮޅުހަދައި ޢަދާވާތްތެރިވެއްޖެ، ކޮންމެ މީހެއްގެ މައްޗަށް މިދީން ގަދަވެގަންނަހުއްޓެވެ.

ހޫދު ޢަލައިހިއްސަލާމްގެ  ޤައުމުގެ މީހުން އެބައިމީހުންގެ ނަބިއްޔާގެ މައްޗަށް ބުނި ހިނދެވެ.

(قَالُوا سَوَاءٌ عَلَيْنَا أَوَ عَظْتَ أَمْ لَمْ تَكُنْ مِنَ الْوَاعِظِين) (3)

މާނައީ: “އެބައިމީހުން ބުންޏެވެ. ކަލޭގެފާނު ނަޞީޙަތްދެއްވިޔަސް އަދި ނަޞީޙަތް ދޭ މީހުންގެ ތެރެއިން ނުވިޔަސް ތިމަންމެންގެ މައްޗަށް ވަނީ ހަމަހަމަވެގެންނެވެ”

އެހިނދު ﷲ (ސުބުޙާނަހޫ ވަތަޢާލާ) އެބައިމީހުންގެ މައްޗަށް ގަދަފަދަވެގެންވާ ވަޔެއްފޮނުއްވިއެވެ.

އަދި ލޫޠު ޢަލައިހިއްސަލާމްގެ ޤައުމުގެ މިސްތަކުން ބުނިހިނދެވެ.

(قَالُوا لَئِن لَّمْ تَنتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ) (4)

މާނައީ: “އެބައިމީހުން ބުންޏެވެ. އޭ ލޫޠެވެ. ކަލޭގެފާނު ތިކަން(އެބައިމީހުންގެ ނުބައިކަންކަން ހުއްޓާލެއްވުމަށް މަނާކުރައްވާކުރެއްވުން) ނުހުއްޓައިފިނަމަ ހަމަކަށަވަރުން (މިރަށުން) ނެރެލެވޭ މީހުންގެ ތެރޭގައި ކަލޭގެފާނު ވާހުއްޓެވެ.”

ދެން ގަދަފަދަ ވެގެންވާ ޢަޛާބުން (ކޯފާއަކުން)  އެބައިމީހުން ހިއްޕެވިގެންވާ ބަޔެއްކަމުގައިވިއެވެ.” (5)

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ.

_________
(1) سورة التوبة: 32.

(2) رواه الإمام أحمد في المسند: (16509). قال الهيثمي: رجال أحمد رجال الصحيح. (مجمع الزوائد: 6/14) މުޞައްނަފު ލިޔުއްވާފައިވާ ޙަދީޘްގެ ބައެއްގެ މުރާދު ތަރުޖަމާގައި އެވަނީ ގެނެސްދެވިފައެވެ.

(3) سورة الشعراء: 136

(4) سورة الشعراء: 167

 (5) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިކުޑަ ރިސާލާއިން ނެގިފައިވާ މައުޟޫއެކެވެ. (26 / 27 ވަނަ ޞަފުޙާ)