[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިއަޅުކަމުގެ އަހުލުވެރިންނަކީ ކޮންބައެއްހެއްޔެވެ؟

sabeeleeالحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.

“މިއަޅުކަމައިގެން ތެދުވެވަޑައިިގެންފައިވަނީ ނަބިއްޔުންނާއި ރަސޫލުބޭކަލުންނާއި އަދި އަލްޙުލަފާއުއް ރާޝީދޫންނާއި، އަދި ޞަޙާބީ ބޭކަލުންނާއި އަދި ތާބިޢީ ބޭކަލުންނާއި އަދި ޞާލިޙުންނާއި އަދި އެބައިމީހުންގެ މަންހަޖުގެ މަތީގައިވާ މީހުންނެވެ. އަދި އެކަމުގެ ސަބަބުން އެބައިމީހުންނަށް ކުރިމަތިވީ ކަންކަމުގެ މައްޗަށް އެބޭކަލުން ކެތްތެރިވެވަޑައިގަތެވެ. އެއީ ﷲގެ ފަރާތުން ޘަވާބާއި އަދި މީސްތަކުން ހިދާޔަތު ލިބުމަށް އެދުންވެރިވެވަޑައިގަންނަވާ ހާލުގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަޙީކުރެއްވެވިއެވެ.

(قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي …) (1)

ތަފްސީރީ ތަރުޖަމާއީ: “އަދި ކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ﷲގެ ދީނަށް ގޮވައިލައްވާ މަގަކީ މިއެވެ. (އެމަގަށް ދަޢުވަތު ދެއްވަނީ) ސާފުވެގެންވާ ފުރިހަމަ އެއްވެސް ޝައްކެއްނެތް ޢިލްމާއި ޔަޤީންކަމާއި އެކުގައެވެ. (އެއީ ދަޢުވަތުދެއްވުމުގައި) ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނަށް ތަބާވީ މީހުންގެ މަގެވެ.” (2)

ޝެއިޚުގެ ބަސްކޮޅު ނިމުނީ.

މިފޮތުގެ މުޤައްދިމާ.

“”بسم الله الرحمن الرحيم.

الحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

ފަހެ ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މުޖުތަމަޢުތަކާއި އަދި އަފުރާދުން އިޞްލާޙުވުން ޤާއިމުވެގެންވަނީ އެކަމުގެ މައްޗަށެވެ. ހަމަކަށަވަރުން ޢިލްމުވެރިން ވަނީ މިބާބުގައި ދިގުއެތައް ފޮތްތަކަކާއި އަދި ޚުލާޞާފޮތްތަކެއް ތަޞްނީފުކުރައްވާފައެވެ. މި ޝިޢާރުގެ މުހިންމުކަމުގެ ސަބަބުން،(الأَمْرُ بِالْمَعْرُوْفِ وَ النَّهِيْ عَنِ الْمُنْكَرِ أَصْلٌ مِنْ أُصُوْلِ الدِّيْنِ) “ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ އިސްލާމްދީނުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ” މިނަމުގައި އަޅުގަނޑު ކުޑަ ރިސާލާއެއް އެކުލަވާލީމެވެ.

މީގެ ސަބަބުން މަންފާކޮށްދެއްވުން އެދި ﷲގެ ކިބައިން ދަންނަވަމެވެ. އަދި ހުރިހާ މީސްތަކުންނަށް އެބައިމީހުންގެ ބަހުގަޔާއި އަދި ޢަމަލުގައި އިޚުލާޞްތެރިކަންދެއްވުން އެދިވެސް ދަންނަވަމެވެ. وصلى الله وسلم على نبينا محمد وعلى آله و صحبه أجمعين.”

                      ޑރ. ޢަބްދުލްމުޙުސިން ބިން މުޙައްމަދު އަލްޤާސިމް.

                          މަސްޖިދުއް ނަބަވީގެ އިމާމު އަދި ޚަޠީބު.” (2)

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ.

____________
(1)سورة يوسف: 108

(2) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.