[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިއަޅުކަމުން ފައިދާނުވާ ކަމަށް ޤަބޫލުކުރުމަކީ ވަހުމެކެވެ.

zikraހެޔޮކަންކަމަށް އަމުރުކުރުމުންނާއި އަދި ނުބައިކަންކަން މަނާކުރުމުން ފައިދާނުވާކަމަށް (ޤަބޫލުކުރުމަކީ) ވަހުމެކެވެ.

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.

“ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުން މިއަޅުކަމުގެ މައްޗަށް މުސްލިމުން ތެދުވެ އެކަމުގެ މަތީގައި ޤާއިމުވުމަކީ ވާޖިބުވެގެންވާކަމެކެވެ. އެއީ އެކަމަށް މީހަކު އިޖާބަ ނުދިންކަމުގައި ވިޔަސްމެއެވެ. ސަބަބަކީ އެކަން އަދާކުރުމަކީ ﷲއަށް ކުރެވޭ އަޅުކަމެކެވެ. އަދި އެއީ ފާފައިގެ އަހުލުވެރިންނަށް ﷲގެ ކުރިމަތީގައި އޮތް އުޒުރުތަކެއް މެއެވެ. އެހެނީ ހަމަކަށަވަރުން ގިނަގިނައިން ތަކުރާރުކޮށް ފާފަކުރާ މީހުންނަށް ނަޞީޙަތްދިނުމުން އެމީހުންގެ ހިތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ހުޅުއްވައިދެއްވާހުއްޓެވެ.

ރަސޫލު ބޭކަލުން އެބޭކަލުން ދަޢުވަތު ދެއްވި ޤައުމުތަކުގެ ތެރެއިން އެއްވެސް މީހަކު އިޖާބަ ނުދެއްވުމަކުން އެބޭކަލުން އެމަތިވެރި އަޅުކަމާއި ދެކޮޅު ނަހައްދަވައެވެ. (ހުއްޓަވާނުލައްވައެވެ.) އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “މުކައްލިފުގެ މައްޗަށް ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުން އެކަމުން ފައިދާކުރާކަން ނުވަތަ ނޫންކަން އެނގުމަކުން ނުކެނޑެއެވެ. ނުވަތަ އާންމުގޮތެއްގައި އޭނާގެ ބަހުން އެއްވެސް އަޘަރެއް ނުކުރާކަން އެނގުމަކުން (އެއަޅުކަން އަދާކުރުމުގެ ވާޖިބުކަން ) ކެނޑިގެން ނުދެއެވެ. ނަމަވެސް އޭނާގެ މައްޗަށް އަމުރުކުރުމާއި އަދި ނަހީކުރުން ވާޖިބުވެގެންވެއެވެ. ހަމަކަށަވަރުން ހަނދާންކޮށްދިނުމުން މުއުމިނުންނަށް ފައިދާކުރެއެވެ.”

ހެޔޮކަންކަމަށް އަމުރުކުރުމާއި އަދިނުބައިކަންކަން މަނާކުރުން އެކަމުން ފައިދާނުކުރުމަކުން ނުކެނޑެއެވެ. ނަމަވެސް އެކަން އަދާކުރުން (އަޅުގަނޑުމެންގެ) މައްޗަށްވެއެވެ. އަދި ހިދާޔަތްދެއްކެވުންވަނީ ﷲގެ ޙަޟްރަތުންނެވެ. އަދި އެކަން ފޯރުކޮށްދިނުމުގައި އުޒުރުލިބުމާއި އަދި އިންޒާރުވެއެވެ. އަދި ޙުއްޖަތް ޤާއިމުވުން އެކަމުންވެއެވެ. އަދި އެ(އަޅުކަމުގެ) ޝިިޢާރު އުފުލުންވެސް (ހާމަވުންވެސް މަތިވެރިކުރުންވެސް) ވެއެވެ.”

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ.

____________
މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.