ހެޔޮކަންކަމަށް އަމުރުކުރުމަށް ބޭނުންޖެހިފައިވާ ޖެހުން.
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.
“ކޮންމެމީހަކުވެސް އެމީހެއްގެ ޙަޔާތުގައި ކުށްތަކާއި ގޯސްތަކަށް (އެމީހެއްގެ) ނަފުސު ހުށައެޅެއެވެ. އަދި ﷲގެ ޙަޟްރަތަށް ދިޔުމަށް އަދި އެއިލާހު ރުއްސަވާހާލު މަރުވުމަށް ބޭނުންވާ މީހާއަށް، އޭނާއަށް އޭނާގެ ކަތިފިޔަވަޅުތައް ރަނގަޅުކޮށްދީ އޭނާގެ ކަންތައްތައް އިސްލާޙުކޮށްދޭ މީހުންެގެ ކިބައިން ހިތެއްނުފުރޭހުއްޓެވެ. (އެބަހީ އޭނާގެ ކުށްތަށް ގިނަމީހުންގެ ރަނގަޅުކޮށްދިނުމަށް އޭނާ އެދޭނެއެވެ.)
ފަހެ ފާފަތައް އެ ހިތުގެ މައްޗަށް ގިނަވެ، އޭގެ މައްޗަށް (ހިތް) އާދަވެ، އެކަން ގިނަގިނައިން ފެނުން އާދަވެއްޖެނަމަ، އޭގެ ހައިބަތު(ބިރުވެތިކަން) ހިތުން ގެއްލިގެންދާނެއެވެ. އަދި ހިތުން އޭގެ ނޫރުކެނޑި އަދި ޙަލްޤުތަކުންނަށް ލިބިފަައިވާ ޙައްޤުގެ މަގުގެ މައްޗަށްވާ ހިދާޔަތާއި އިރުޝާދުގައިވާ ފުރިހަމަވެގެންވާ އުފާވެރިކަން ބީވެގެން ހިނގައިދާނެއެވެ.”
ޞާލިޙުމީހުން ފާފަކުރާމީހުންނަށް ގެއްލުންދެއެވެ.
ފާފަކުރާ މީހަކު ފެނި އެޔާމެދުގައި ހަނުހިމޭންވެއްޖެނަމަ ފަހެ އޭނާ ފާފަކުރި މީހާއަށް ގެއްލުންދީފިއެވެ. އެއީ ފާފަކުރިމީހާގެ ފާފައަށް އޭނާއަށް އިޤުރާރުވެވުނީއެވެ. އަދި ފާފަކުރީމީހާއަށް (އެކަމުގެ) ސަބަބުން އޭނާގެ ހިތުގައި އެކަން ޒީނަތްތެރިވެގެން ދިޔައީއެވެ. އަދި އޭނާގެ ފާފަ ކުޑަކަމަކަށް ވެގެންދިޔައީއެވެ. ފާފައަކަށް ހަނުހިމޭންވުމަކީ ހިތްތަކަށް އެކަން ޒީނަތްތެރިކޮށްދިނުމެވެ. ނުބައި ކަމަކަށް ހަނުހިމޭންވެއްޖެނަމަ، އެކަމުގެ މައްޗަށް އެއީ ޙަރާމްކަމެއްނޫންކަމަށް ހީކޮށް ޖީލުތަކަށް އެކަން މަޑުމަޑުން ފެތުރެއެވެ. އެބައިމީހުންނަށް އެގެއްލުން ބިންވަޅުނަގައިދީ ފައްޓައިދިން ފަރާތަކީ (އެތަޞައްވަރުދިން ފަރާތަކީ) އެ ނުބައިކަމަށް ހަނުހިމޭންވި (އެކަން މަނާނުކުރި) މީހާއެވެ.”
وصلى الله وسلم على نبينا محمد و آله و صحبه أجمعين.
މިފޮތުގެ އިތުރުބައިތައް ބައްލަވާ.
____________
މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.