[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުރުތައްދުވުން

DSC_0287الرّدّة (މުރުތައްދުވުން) އަދި އޭގެ ބައިތަކާއި އޭގެ ޙުކުމްތައް

ބަހުގެ އަޞްލަށް ބަލާއިރު الرّدّة އަކީ އެނބުރި ރުޖޫޢަވުމެވެ. އައުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ﴾ [المائدة 21]

މާނައީ: “ކަލޭމެން ކަލޭމެންގެ ފުރަގަހަށް އަލުންވެސް އެނބުރި ރުޖޫޢަނުވާށެވެ.” މިއެވެ.
ފިޤުހުވެރިންގެ އިޞްޠިލާޙުގައި ރިއްދާގެ މާނައަކީ އިސްލާމްވުމަށްފަހު ކާފިރުވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ [البقرة 217]

މާނައީ: “ކަލޭމެންކުރެ އެމީހެއްގެ ދީނުން މުރުތައްދުވެއްޖެ މީހާ (ދަންނައެވެ.) ދެން އޭނާ އެޙާލުގައި މަރުވެއްޖެއްޔާ އޭނާއަކީ ކާފިރެކެވެ. ފަހެ އެފަދަ މީހުންގެ ހެޔޮ ޢަމަލުތައް ދުނިޔެއާއި އާޚިރަތުގައިވެސް ބާޠިލުވީއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާންގައެވެ.” މިއެވެ.

މުރުތައްދުވުމުގެ ވައްތަރުތައް

އިސްލާމްދީން ގެއްލޭ ކަންތަކުގެ ތެރެއިން ކަމަކަށް އަރައިގަތުމުން މުރުތައްދުވީއެވެ. އެކަން ޙާޞިލުވީއެވެ. ދެންފަހެ އިސްލާމްދީން ގެއްލޭ ކަންތައްތައް ވަރަށްވެސް ގިނައެވެ. އެކަންތައްތައް އެންމެފަހުން ނިމެނީ ހަތަރު ބާވަތަކަށެވެ.
1- މުރުތައްދުވުމުގެ ފުރަތަމަ ބާވަތަކީ: ބުނާ ބަހުގެ ގޮތުން މުރުތައްދުވުމެވެ. އޭގެ މިސާލަކީ ﷲ ތަޢާލާއަށް ނުވަތަ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނުވަތަ އެކަލާނގެ މަލާއިކަތުންނަށް ނުވަތަ އެކަލާނގެ ރަސޫލުބޭކަލުންކުރެ ބޭކަލަކަށް ހުތުރު އެއްޗެހި ގޮވުމެވެ. ނުވަތަ ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރުން ނުވަތަ ނަބީކަމަށް ދަޢުވާކުރުން ނުވަތަ ނަބީކަމަށް ދަޢުވާކުރާ މީހާގެ ބަސްތެދުކުރުން ނުވަތަ ﷲ ނޫން ފަރާތަކަށް ގޮވާ ދުޢާކުރުން ނުވަތަ އެކަލާނގެ ނޫން ފަރާތަކަށް ކުޅަދާނަވެގެން ނުވާ ކަންކަމުގައި އެކަލާނގެ ނޫން ފަރާތަކުން ޙިމާޔަތާއި ވާގިއެދުން އަދި ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރުމާ އަދި މި ނޫންވެސް މިފަދަ މިފަދަ ކަންކަމެވެ. (ޣައިބުގެ ޢިލްމަކީ ނުފެންނަ ކަންތައްތަކުގެ ޢިލްމެވެ. އެއީ ﷲ އަށް ހަމައެކަނި ޚާއްޞަ ޢިލްމެކެވެ.)
2- މުރުތައްދުވުމުގެ ދެވަނަ ބާވަތަކީ: ކުރާ ކަންތައްތަކުން މުރުތައްދުވުމެވެ. އޭގެ މިސާލަކީ ބުދަށް ނުވަތަ ގަހަށް ނުވަތަ ހިލައަށް ނުވަތަ ގަބުރަށް ސަޖިދަކުރުމެވެ. އަދި އެތަކެތީގެ ނަމުގައި ތަކެތި ކަތިލައި ޤުރުބާންކުރުމެވެ. އަދި ހަޑިހުތުރު ތަންތާ މުޞްޙަފު (ޤުރުއާން) ބޭއްވުން، ސިޙުރުހެދުން، ސިޙުރު އުނގެނި ސިޙުރު އުނގަންނައިދިނުން އަދި ޙަލާލުކަމެއްކަމުގައި އިޢުތިޤާދުކުރާ ޙާލު ﷲ ބާވައިލެއްވިގޮތް ނޫން ގޮތްގޮތަށް ޙުކުމްކުރުމާއި، އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ.
3- މުރުތައްދުވުމުގެ ތިންވަނަ ބާވަތަކީ: އިޢްތިޤާދު ކުރުމުގެ ގޮތުން މުރުތައްދުވުމެވެ. މިސާލަކަށް ﷲ ތަޢާލާ އަށް ޝަރީކަކު ވާކަމުގައި އިޢުތިޤާދު ކުރުމެވެ. ނުވަތަ ރޮށި ޙަރާމް ކަމުގައި އިޢުތިޤާދު ކުރުން ނުވަތަ ނަމާދު ވާޖިބް ނޫންކަމަށް އިޢުތިޤާދު ކުރުން އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. (އިސްވެދިޔަ ބާވަތުގެ ކަންކަމުގެ ތެރެއިން ޙަލާލު ކަންތައް ޙަރާމް ކަންތައް ޙަރާމް ކަމަށް ވާޖިބު ކަންތައް ވާޖިބުކަމަށް قَطْعى ގޮތެއްގައި ވަނީ ކަނޑައެޅިގެން އިޖުމާޢުވެފައެވެ. އެފަދަ ކަންތައްތައް ނޭގޭ ކަންތައްތައް ކަމުގާ ބެލެވޭނެ ގޮތެއްނެތެވެ.)
4- މުރުތައްދުވުމުގެ ހަތަރުވަނަ ބާވަތަކީ: އިސްވެދިޔަ ބާވަތުގެ ކަންކަމުގެ ތެރެއިން ކަމަކާއިމެދު ޝައްކުވުމުން މުރުތައްދުވުމެވެ. މިސާލަކަށް: ޝިރްކު ޙަރާމް ކަމާއި މެދު ނުވަތަ ޒިނޭ ޙަރާމް ކަމާމެދު ނުވަތަ ރާ ޙަރާމް ކަމާއިމެދު ނުވަތަ ރޮށި ޙަލާލު ކަމާއި މެދު މިބާވަތުގެ ކަންކަމާއިމެދު ޝައްކުވުމެވެ. ނުވަތަ ނަބިއްޔުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބީކަމާއި މެދު ނުވަތަ އެހެން ނަބީބޭކަލެއްގެ ނަބީކަމާއި މެދު ނުވަތަ އެބޭކަލުން ތެދުވެރިކަމާއިމެދު ނުވަތަ އިސްލާމްދީނާމެދު ނުވަތަ މިޒަމާނަށް އިސްލާމް ދީން ޞުލްޙަވެގެން ވުމާއި މެދު މިބާވަތުގެ ކަންކަމަށް ޝައްކުވުމެވެ. މިއީވެސް މުރުތައްދުވާ ކަންކަމެވެ.
(ނުނިމޭ)