[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ‘ކްރިސްމަސް’ ފާހަގަކުރުމުގައި ބައިވެރިވުމަކީ ހުއްދަކަމެއްނޫން

ސުވާލު: ނަޞާރާއިންގެ ޢީދުތަކުގެ ތެރެއިން ޢީދެއްކަމުގައިވާ، ޑިސެމްބަރ ފަހުކޮޅުގައި އަންނަ ‘ކްރިސްމަސް’ ގައި  މުސްލިމުންނަށް ނަޞާރާއިންނާއެކު ބައިވެރިވުން ހުއްދަވާނެ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން ޢިލްމަށް ނިސްބަތްވާ ބައެއްމީހުން ނަޞާރާއިންގެ ޢީދުގައި އެބައިމީހުންނާ ބައިވެރިވެއެވެ. އަދި އެއީ ހުއްދަކަމެއްކަމުގައި އެބައިމީހުން ބުނެއެވެ. ފަހެ އެއީ ތެދެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ އެފަދަ މީހުން އެކަން ހުއްދަކުރުމަށް ދަލީލެއްވޭ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

 

 

ޖަވާބު: ނަޞާރާއިންގެ ޢީދުތަކުގައި އެބައިމީހުންނާ ބައިވެރިވުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އެކަމުގައި ޢިލްމަށް ނިސްބަތްވާ ބަޔަކު ބައިވެރިވި ނަމަވެސްއެވެ. އޭގެ ސަބަބުން އެމީހުން ޢީދުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވާނެއެވެ. އެއީ ފާފައެއްކުރުމަށް ވެވޭ އެހީއެކެވެ.

ﷲ ތަޢާލާ ވަޙިކުރެއްވިއެވެ.

﴿ وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ﴾ [ سورة المائدة ٢]

މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ. އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ.”

وبالله التوفيق. وصلى الله على نبينا محمد، وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بن عبد الله بن باز

عبد الرزاق عفيفي

عبد الله بن غديان

عبد الله بن قعود

_______________________________________________________

فتاوى اللجنة الدائمة (2 / 76 – 77)