[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އުނގެނޭ ކުއްޖާގެ ނަފްސުގައި ބަހައްޓަންޖެހޭ އަދަބުތައް

ilm

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

1. ޢިލްމު އުނގެނުމުގައި ﷲއަށް އިޚްލާޞްތެރިވުން.

2. ސަލަފުއްޞާލިޙުންގެ މަގަށް ތަބާވުން.

3. ﷲއަށް ބިރުވެތިވުން.

އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ. ((أَصْلُ العِلْمِ خَشْيَةُ الله تَعَالَى)) (ޢިލްމުގެ އަޞްލަކީ ﷲއަށް ބިރުވެތިވުމެވެ.)

4. އަމިއްލަ ނަފްސު މުޙާސަބާކުރުން.

5. މަޑުމޮޅިވުމާއި، ބޮޑައިވެރިކަމާއި ކިބުރުވެރިކަމުން އެއްކިބާވުން.

6. ޒުހުދުވެރިވުން.

7. މުރުއްވަތްތެރިކަމަށް ފަރުވާތެރިވުން.

އެގޮތުން ރިވެތި އަޚްލާޤުތަކުން ޞިފަ ލިބިގަތުމާއި، ހިނިތުންވުމާއި، ސަލާމްކުރުން ފެތުރުމާއި، މީސްތަކުންގެ ފަރާތުން ދިމާވާ އުނދަގޫތައް ތަޙައްމަލުކުރުމާއި، މީސްތަކުންގެ މެދުގައި ޤަދަރު ހިފެހެއްޓުން ހިމެނެއެވެ.

8. ހެދުން އެޅުން ފަދަ ކަންކަމުގައި ރިވެތިވުން.

9. ކެރެންޖެހޭ ކަންކަމުގައި ކެރުން.

އެގޮތުން ހިތްވަރުކުރުމާއި، ރިވެތި އަޚްލާޤުގެ މީހަކަށް ވުމާއި، ހެޔޮކަންކަމުގައި ކުރިއެރުން ހިމެނެއެވެ. އަދި މިކަންކަން ގެއްލުވާލާފަދަ ކަންކަމުން ދުރުހެލިވުން ހުއްޓެވެ. އެގޮތުން ނުކެރުމާއި، ކެތްތެރިކަން ކުޑަވުމާއި، ރިވެތި އަޚްލާޤުން ޞިފަ ލިބިނުގަތުންވެއެވެ. މިކަންކަމަކީ ޢިލްމުގެ މަގު ބަންދުކޮށްލާ، ޙައްޤުބަސްބުނުމުން އެއްކިބާ ކުރުވާނެ ކަންކަމެވެ.

10. ބޭކާރުވާހަކަ ދައްކާ މަޖްލިސްތަކުން ދުރުހެލިވުން.

11. ރިވެތިކޮށް ބަސްބުނުން. (ރިވެތިބަހުން ވާހަކަދެއްކުން).

ރިވެތިކޮށް ބަސްބުނުމަކީ މީސްތަކުންގެ ނަފްސުތަކަށް އޭގެ އަސަރުކުރުވާނެ ކަމެކެވެ. މީސްތަކުންގެ މެދުގައި ޤަދަރު އުފުލި، ތިމާގެ ދައްކާ ވާހަކަތައް ޤަބޫލުކުރާނެ ކަމެކެވެ.

12. ވިސްނާފިކުރުކުރުން.

 އެގޮތުން އުނގެނޭ ޢިލްމާމެދުގައާއި، ޢިލްމު އުނގެނުމުގައި ކުރިއަށް ދެވޭނެގޮތްތަކާމެދު ވިސްނާފިކުރުކުރުންވެއެވެ.

13. ޘާބިތުވެ ހުރުން.

ޢިލްމު އުނގެނުމުގައި އެއްގޮތެއްގައި ޘާބިތުވެ ހުރުމަކީ މުހިންމު ކަމެކެވެ. ޘާބިތުކަމެއް ނެތްކަމުގައިވާނަމަ ޢިލްމު އުނގެނުމަށް ހުރަސްއެޅޭނެކަން ދަތުން ހުއްޓެވެ.

* ޢިލްމު އުނގެނޭ މަޖްލިސްތަކުގައި ކުޅިވަރުކުޅުމާއި، ސަކަރާތްޖެހުމާއި، ބޭކާރު ކަންތައްތައް ކުރުމުން ދުރިހެލިވުން ކިޔަވާކުއްޖާގެ މައްޗަށްވެއެވެ. އެގޮތުން ގިނައިން ހުނުމާއި، ކަރުކެހުމާއި، ވާހަކަދެއްކުން ގިނަކުރުމުން ދުރުހެލިވާން ޖެހެއެވެ. ކިޔެވުމުގެ އަދަބުތައް ނުގެއްލޭނެގޮތުގެ މަތީން ބައެއްފަހަރު މަޖާކޮށްލުމަކީ މައްސަލައެއް ނޫނެވެ.

عَنِ الأَحْنَفِ بْنِ قَيْسٍ قَالَ : قَالَ عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ : ” يَا أَحْنَفُ مَنْ مَزَحَ اسْتُخِفَّ بِهِ , وَمَنْ أَكْثَرَ مِنْ شَيْءٍ عُرِفَ بِهِ , وَمَنْ كَثُرَ كَلامُهُ كَثُرَ سَقْطُهُ , وَمَنْ كَثُرَ سَقْطُهُ قَلَّ حَيَاؤُهُ , وَمَنْ قَلَّ حَيَاؤُهُ مَاتَ قَلْبُهُ ” .  

މާނައީ: “އޭ އަޙްނަފެވެ! މަޖާކުރާމީހާ، އޭނާ ނިކަމެތިވާ ގޮތުގައި އެހެންމީހުން އޭނާއާ މުއާމަލާތުކުރެވޭނެއެވެ. އަދި މީހަކު ކަމެއް އަބަދުކުރާކަމުގައިވާނަމަ އެމީހަކު ފާހަގަވާނީ އެކަންކުރާމީހާގެ ގޮތުގައެވެ. އަދި ވާހަކަ ގިނަކުރާމީހާގެ ވާހަކާގައި ގިނައިން އުނިކަން ހުންނާނެއެވެ. އަދި (އެމީހާގެ ވާހަކާގައި) އުނިކަންހުރުން ގިނަކަމުގައިވާނަމަ ލަދުވަތިކަން ދަށްވާނެއެވެ. އަދި ލަދުވެތިކަން ދަށްމީހާގެ ހިތް މަރުވާނެއެވެ.”

______________________

މަރުޖިޢު:

حلية طالب العلم:فضيلة الشيخ بكر بن عبدالله أبو زيد – رحمه لله –