[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔަހޫދީންގެ ލަނޑުދަނޑިތައް

ޔަހޫދީންގެ ލަނޑުދަނޑިތައް ވަރަށް ގިނައެވެ. މިބައިމީހުންގެ އެންމެ ބޮޑު ލަނޑުދަނޑިޔަކީ، މުޅި ދުނިޔޭގެ ވެރިކަން، ފަލަސްޠީނުގެ ބިމުގައި މިބައިމީހުން އުފައްދާފައިވާ ‘އިޒްރޭލު’ ގެ ބާރުގެ ދަށަށްގެނައުމެވެ. މިބައިމީހުން ދަޢުވާކުރާގޮތުގައި އިޒްރޭލުގެ ބޮޑުމިނަކީ އިރުމަތިން ޢިރާޤުން ފެށިގެން ހުޅަނގުން މިޞްރާހަމައަށެވެ. އެބަހީ ފުރާތުކޯރުން ފެށިގެން ނީލަކޯރަށެވެ. އަދި އުތުރުން ޝާމްކަރައިން ދެކުނަށް މަދީނާއާހަމައަށެވެ.

މިބައިމީހުންގެ މުހިއްމު ލަނޑުދަނޑިތަކަކީ:

 1. އިޒްރޭލުގެ ވެރިކަން ފުޅާކުރުން: މިބައިގެތެރޭގައި އިޒްރޭލުގެ މައިމަރުކަޒުކަމުގައި ‘އަވްރު ޝަލީމް’ (ބައިތުލް މަޤްދިސް) ހެދުން ހިމެނެއެވެ.
 2. ދުނިޔޭގެ އެކިޤައުމުތަކުގެ ބާރު އިޒްރޭލުގެ ބާރުގެ ދަށަށް ގެނައުން: މިބައިމީހުން ޤަބޫލުކުރާގޮތުގައި މިބައިމީހުންނަކީ ﷲ ޚިޔާރުކުރައްވާފައިވާ ބައެކެވެ. އެހެންމީހުން ޖެހޭނީ މިބައިމީހުންނަށް ޚިދުމަތްކޮށްދޭށެވެ. މިބައިމީހުން މިދެކޭ ހުވަފެން ޙަޤީޤަތަކަށްވާނެކަމަކީ އެހެން ޤައުމުތަކުގެ ބާރު މިބައިމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ.
 3. މުސްލިމުން ނައްތައިލުން: މިބައިމީހުންގެ އެންމެ ބޮޑު ދުޝްމަނަކީ މުސްލިމުންކަން މިބައިމީހުން ދަނެއެވެ. މުސްލިމުން ނައްތާލައިގެން މެނުވީ މިބައިމީހުން ހިތްހަމަނުޖެހޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. [ وَلا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنْ اسْتَطَاعُوا] [1]  މާނައީ: “އަދި އެބައިމީހުންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފަރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެބައިމީހުން ފިލައިނުދާނެއެވެ.”
 4. ދުނިޔޭގެ ޤައުމުތައް ފަސާދަކުރުން: މިކަންކުރުމަށްޓަކައި ރަލާއި، ޒިނޭއާއި، ރިބާއާއި، ޚިޔާނަތް ފަދަ މުޖުތަމަޢުގެ ސުލްޙަމަސަލަސްކަން ގެއްލުވާލާފަދަ ތަފާތު މުންކަރާތްތައް އެޤައުމުތަކުގައި ފަތުރައެވެ.

މިބައިމީހުންގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ތަފާތު މަގުތައް ޚިޔާރުކުރެއެވެ. ކަންތައްތައް ވަކި އިންތިޒާމަކުން ފުރިހަމައަށް ރާވައި، ދިރާސާކޮށް ހަދައެވެ. މިގޮތުން މިބައިމީހުން ބޭނުންކުރާ ވަޞީލަތްތަކުގެ ތެރޭގައި:

 • ދުނިޔޭގެ ޤައުމުތަކުގެ ވެރިކަމުގެ ތެރޭގަޔާއި، އެއްޤައުމު އަނެއް ޤައުމާ ދެމެދު ފިތުނައިގެ އަލިފާން ރޯކުރުން.
 • ރިޝްވަތާއި، ވަޒީފާއާއި، ބިރުދެއްކުމާއި، އަދި އެހެނިހެން މާލީއެހީ ދީގެން ޤައުމުތަކުގެ ވެރިންނާއި ވަޒީރުން ޔަހޫދީންގެ ބާރުގެ ދަށަށްގެނައުން.
 • ޤައުމުތަކުގެ އެތެރޭގައި ދާޚިލީ ހަނގުރާމަތައް ހިންގުމާއި، ޓެރެރިޒަމްގެ ޢަމަލުތައް ހިންގުން: މިބައިމީހުން އެކުލަވާލައިފައިވާ ޕްރޮޓޮކޯލްތަކުގައި މިކަންކަމުގެ މުހިއްމުކަން ބަޔާންކޮށްފައިވެއެވެ.
 • ޤައުމުތަކުގެ އެތެރޭގައި ގަޑުބަޑު އުފެއްދުން: މިކަމުގެ ސަބަބުން ޤައުމުތަކުގެ ވެރިކަމުގެ ދާއިރާގައި ރެނދުލައި، ފަސޭހަކަމާއެކު އެޤައުމެއް މިބައިމީހުންގެ ކިޔަމަންތެރިކަމުގެ ދަށަށްގެނައުމަށް ފަސޭހަވެގެންދާނެއެވެ.
 • މުސްލިމުންގެ ތެރޭގައި އޮންނަ ‘އަލްވަލާ ވަލްބަރާ’ ގެ ބައި ނެތިކޮށްލުން: ‘އަލްވަލާ ވަލްބަރާ’ އަކީ އިސްލާމްދީނުގައި އޮންނަ އެކުވެރިވުމާއި ރުޅިވެރިވުމާބެހޭ ޢަޤީދާގެ ބައެކެވެ. މިބައި މުސްލިމުންގެ ހިތްތަކުން ފޮހެލުމަކީ މުސްލިމުންގެ ހިތްތަކަށް، އިންސާނުންގެ ޙައްޤުތަކުގެ ނަމުގައާއި ދީންތައް އެކުވެރިކުރުމުގެ ނަމުގައި ފަސޭހަކަމާއެކު ވަދެގަނެވޭނެކަމެކެވެ.
 • ޚަބަރުފަތުރާ ވަޞީލަތްތައް މިބައިމީހުންގެ ބާރުގެ ދަށަށް ގެނައުން: މިފަދަ ވަޞީލަތްތަކަކީ އެވަޞީލަތްތަކުގެ ޒަރިއްޔާއިން މިބައިމީހުންގެ ޕްރޮޕެގަންޑާ ފެތުރުމަށް ވަރަށް ބޮޑަށް ވާގިވެރިވެދޭ ތަކެއްޗެވެ. މިފަދަ ވަޞީލަތްތަކުގެ ޒަރިއްޔާއިން ޚަބަރުތަކާއި، ސިޔާސަތާއި، ތަފާތު ފިކުރީ ވާހަކަތައް މިބައިމީހުން ބޭނުންގޮތަކަށް ކޮށާމަށައިގެން ގެނެސްދެވޭނެއެވެ. މިހާރުގެ ޙާލަތަށް ބަލާލިނަމަވެސް މަޝްހޫރު ޚަބަރުފަތުރާ ގިނަ ޗެނަލްތަކުގެ ވެރިންނަކީ މިބައިމީހުންނެވެ.
 • ދުނިޔޭގެ އިޤްތިޞާދަށް އަތްގަދަކުރުން: މިގޮތުން މިބައިމީހުން ގިނަގުނަ ވިޔަފާރީގެ މުއައްސަސާތަކާއި، ކޮމްޕެނީތަކާއި، ބެންކުތައް އެކި ޤައުމުތަކުގައި ހަދައިއުޅެއެވެ.
 • ދުނިޔޭގެ ޤައުމުތަކުގެ ސިއްރުތައް ހޯދުމަށްޓަކައި ތަފާތު ޖަސޫސީ އިދާރާތަކާއި، ގުރޫޕްތައް އުފެއްދުން: މިފަދަ މުއައްސަސާތަކާއި ގުރޫޕުތަކުން ޤައުމުތަކުގެ ސިއްރުތައް ހޯދުމަށްޓަކައި ބުރަމަސައްކަތްތަކެއް ކުރެއެވެ. މިގޮތުން އިޒްރޭލުގެ ޖާސޫސީ އިދާރާ ‘މޮސާދު’ އަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޖާސޫސީ އިދާރާއެވެ.
____________________________________

[1]  سورة البقرة: 217